logoEN
ޚަބަރު

ޖިންސީ ފުރައްސާރައިގެ މައްސަލައިގައި ޕީޖީ އޮފީހުގެ ދެ ޕްރޮސެކިއުޓަރުން ސަސްޕެންޑް ކޮށްފި

ފޮޓޯ: މިހާރު

ފޮޓޯ: މިހާރު

އާމިނަތު ސަފާއާމިނަތު ސަފާ

13 އޭޕްރީލު 2025 - 09:59

ޖިންސީ ފުރައްސާރައެއްގެ މައްސަލައިގައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ދެ ޕްރޮސެކިއުޓަރުން ސަސްޕެންޑް ކޮށްފިއެވެ.

ޕީޖީ އޮފީހުން ބުނީ އެ އޮފީހުގެ މުވައްޒަފުންގެ ސުލޫކީ މައްސަލަތައް ބަލައި ފިޔަވަޅު އަޅާނެ ގޮތުގެ ގަވާއިދުގެ ދަށުން އެ އޮފީހުގައި އެކުލަވާލާފައިވާ ސުލޫކީ މައްސަލަ ބަލާ ކޮމިޓީން ބަލަމުންދާ މައްސަލައަކާ ގުޅިގެން،ދެ ޕްރޮސިކިއުޓަރަކު، މައްސަލަ ބަލައި ނިމެންދެން ސަސްޕެންޑުކުރުމަށް ނިންމާފައިވާކަމަށެވެ.

ސުލޫކީ ކޮމިޓީން ބަލަމުންދާ މައްސަލައަކީ ޖިންސީ ފުރައްސާރަކުރުމާއި، އެ އޮފީހުން ޤަބޫލުކޮށް ހިފަހައްޓަމުންދާ އަޙްލާޤީ މިންގަނޑާ ޚިލާފުވުމުގެ މައްސަލައެއްކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

މި މައްސަލާގައި ދިވެހި ފުލުހުންގެ ޚިދުމަތުން ބަލަންޖެހޭ ބެލުންތަކެއް ހުރުމުން އެ ޚިދުމަތުންވެސް މައްސަލަ ތަޙުޤީޤުކުރަމުން ގެންދާކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

ކޮމެންޓް

871x217_placeholder