logo
E-Platinum
ޚަބަރު

ޣައްޒާގެ ސްކޫލްތައް ބަންދުކުރަން ނިންމި ނިންމުން ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

އާމިނަތު ޝަފާ
13 އޭޕްރީލު 2025 - 14:03
ޣައްޒާގެ ސްކޫލްތައް ބަންދުކުރަން ނިންމި ނިންމުން  ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

ފަލަސްތީނުގެ ރެފިއުޖީންނަށް އެހީވާ "ޔުނިއިޓެޑް ނޭޝަންސް ރިލީފް އެންޑް ވަރކްސް އެޖެންސީ" އަންރުވާއިން އިރުމަތީ ޤުދުސްގައި ހިންގަމުން އަންނަ ސްކޫލްތައް ބަންދުކުރަން ޔަހޫދީންގެ ނިންމި ނިންމުން ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.

އަންރުވާގެ އެހީގައި ހިންގާ 6 ސްކޫލެއް ބަންދުކުރަން ޔަހޫދީން އަމުރުކޮށްފައިވާއިރު ޝޫފަތު ރެފިއުޖީ ކޭމްޕުގައި ހުންނަ ސްކޫލަކާއި ސިލްވާން، ވާދީ އަލް ޖޯޒް އަދި ސޫރް ބަޙްރު ސަރަހައްދުތަކުގައި ހުރި ސްކޫލްތައް މިހާރުވަނީ އިންޒާރާ ގުޅިގެން ބަންދުކޮށްފައެވެ.

މިކަން ކުށްވެރިކޮށް ނެރުނު ބަޔާނުގައި ދިވެހި ސަރުކާރުން ބުނީ ތަޢުލީމު ހޯދުމަކީ އިންސާނީ ޙައްޤެއްކަމަށާއި، މިއީ ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކާއި އިންސާނިއްޔަތުގެ ޤާނޫނުތަކުން ކަށަވަރުކޮށްދީފައިވާ ޙައްޤެއް ކަމަށެވެ. އަދި އިސްރާއީލުން މިފަދަ ފިޔަވަޅުތައް އަޅަމުންދަނީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފަށްކަމަށާއި، މިއީ ފަލަސްޠީނު ގެ ތުއްތުކުދިންގެ ތަޢުލީމު ސިޔާސީކުރުން ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މި ފިޔަވަޅުތައް އަނބުރާ ގެންދިއުމަށާއި، ސްކޫލްތަކަކީ ރައްކާތެރި، ހަނގުރާމައާއި މަޖުބޫރުކުރުވުމުން އެއްކިބާވެފައިވާ ތަންތަނަށް ހެދުމަށް ގޮވާލައި ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ސަރުކާރުންވަނީ އިސްރާއީލުން ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފަށް ކުރަމުންދާ ކަންތައްތަކާ ގުޅިގެން ޔަހޫދީން ޒިންމާދާރުކުރުވުމަށް އަމަލީ ފިޔަވަޅުތަކެއް އެޅުމަށް ގޮވާލާފައެވެ.

1967ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކާ އެއްގޮތްވާ ގޮތުގެމަތިން، ފަލަސްޠީނުގެ ވެރިރަށަކީ އިރުމަތީ ޤުދުސް ކަމުގައި ކަނޑައަޅައި، ފަލަސްޠީނުގެ ސިޔާދަތީ މިނިވަން ދައުލަތެއް ޤާއިމުކުރުމަށް ރާއްޖެއިން ތާއީދުކުރާކަން ހާމަކޮށް ޔަހޫދީންގެ މި ނިންމުމުގެ ސަބަބުން އެތައް ހާސް ކުދިންގެ މުސްތަޤުބަލަށް ނޭދެވޭ އަސަރުކުރާނެ ކަމަށާއި، މިކަމުގެ ސަބަބުން ހިފާފައިވާ ފަލަސްޠީނު ސަރަޙައްދުތަކަށް ދިމާވެފައިވާ އިންސާނީ ހާލަތު އިތުރަށް ގޯސްވެގެންދާނެ ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިސްލާމީ ގައުމުތަކުގެ މުހިންމު މައްސަލަތަކާއި މެދު މަޝްވަރާކުރާ، އޯއައިސީގެ ބައްދަލުވުމުގައި ހާއިޖީ ވަޒީރު ބައިވެރިވެވަޑައިގެންފި ޚަބަރު | މަހެއް ކުރިންރާއްޖެއިން އދ. ގެ އާންމު މަޖިލީހުގެ 80 ވަނަ ސެޝަންގެ ނައިބު ރައީސްކަން ކާމިޔާބުކޮށްފިޚަބަރު | 2 މަސް ކުރިންބޭރުގެ ޑިޕްލޮމެޓުންގެ ވަފުދަށް ޔަހޫދީން ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި ޚަބަރު | 2 މަސް ކުރިންޑަބްލިއުއެޗްއޯއިން ރާއްޖެއަށް އާ މަންދޫބެއް ކަނޑައަޅައިފި ޚަބަރު | 2 މަސް ކުރިން