logo
Bank of Maldives

Bank of Maldives

ޚަބަރު

ކުނި މެނޭޖްކުރުމުގެ ކޯސްތައް ރަޖިސްޓްރީކުރަން މަޝްވަރާތަކެއް

އާމިނަތު ޝަފާ
16 އޭޕްރީލު 2025 - 06:31
ކުނި މެނޭޖްކުރުމުގެ ކޯސްތައް ރަޖިސްޓްރީކުރަން މަޝްވަރާތަކެއް

މޯލްޑިވިސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމްއެންއެސްޑީއޭ) އަދި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް(ވެމްކޯ)އާއި ދެމެދު ވޭސްޓް މެނޭޖްމަންޓް ދާއިރާ ކުރިއެރުވުމަށް މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ބައްދަލުވުމުގައި، ވޭސްޓް މެނޭޖްމަންޓް ދާއިރާއާއި ގުޅޭ ނޭޝަނަލް ކޮމްޕިޓެންސީ ސްޓޭންޑަރޑްތަށް ކަނޑައެޅުމާއި، މި ދާއިރާއާއި ގުޅޭ އިންސްޓިޓިއުޓްތަށް އެމްއެންއެސްޑީއޭގައި ރަޖިސްޓަރކުރުމާއި ގުޅޭގޮތުން މި ބައްދަލުވުމުގައި ވަނީ މަޝްވަރާކުރެވިފައެވެ. މީގެ އިތުރުން، ވޭސްޓް މެނޭޖްމަންޓް ދާއިރާއާއި ގުޅޭ އިންސްޓިޓިއުޝަން-ބޭސްޑް ޓްރެއިނިންގ (އައިބީޓީ)، ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްތަކުގެ (އެންއޭޕީ)ގެ އިތުރުން ނޭޝަނަލް ޓްރޭޑް ޓެސްޓިންގ ސެޓިފިކޭޝަން (އެންޓީޓީސީ) ފަދަ ޕްރޮގްރާމްތަށް ރަޖިސްޓަރކުރުމާއި ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކުރެވިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މޯލްޑިވިސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމްއެންއެސްޑީއޭ) އަކީ ވޭސްޓް މެނޭޖްމަންޓް ފަދަ ދިވެހިރާއްޖޭގެ ކުރިއެރުމާއި ތަރައްޤީއަށް ބޭނުންވާ، އެކި މަސައްކަތްތެރި ދާއިރާތަކުން ޒުވާނުން ބިނާކުރުމަށް ނޭޝަނަލް ކޮމްޕިޓެންސީ ސްޓޭންޑަރޑްތަށް ކަނޑައަޅައި، ފެންވަރު ރަނގަޅު އެކި އިންސްޓިއުޓްތަކުން ޒުވާނުންނަށް ތަމްރީނު ހޯދުމުގެ ފުރުޞަތު ފުޅާކޮށްދިނުމަށް އަމާޒުކޮށް ސަރުކާރުގެ ފަރާތުން ޤާޢިމުކުރެވިފައިވާ އިދާރާއެކެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުނި މެނޭޖްކުރުމުގެ ކޯސްތައް ރަޖިސްޓްރީކުރަން މަޝްވަރާތަކެއްޚަބަރު | އަހަރެއް ކުރިން