logoEN
ޚަބަރު

ފްލެޓް ލިސްޓާ ގުޅިގެން ހުށަހެޅިފައިވާ ޝަކުވާތައް ދަނީ ބަލަމުން

އާމިނަތު ސަފާއާމިނަތު ސަފާ

17 އޭޕްރީލު 2025 - 16:08

4000 ފްލެޓް ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓާ ގުޅިގެން ހުށަހެޅުނު ޝަކުވާތައް ބަލަމުން އަންނަކަމަށް ގެނދޮރުވެރިކަމާ ބިމާއި ޢުމްރާނީ ތަރައްޤީއާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.

4000 ފްލެޓްގެ ލިސްޓަށް ޝަކުވާ ހުށައެޅުމަށް ހުޅުވާލި މުއްދަތުގައި 8600 އަށްވުރެ ގިނަ ޝަކުވާ ލިބިފައިވާކަމަށް ވުޒާރާއިން ބުނެއެވެ.

އެގޮތުން، ޕޯޓަލް މެދުވެރިކޮށް ޖުމްލަ 5236 ޝަކުވާ ވަނީ ހުށައަޅާފައެވެ. އީމެއިލް މެދުވެރިކޮށް 2840 ޝަކުވާ ހުށައަޅާފައިވާއިރު، ސިޓީ މެދުވެރިކޮށް 526 ޝަކުވާ ލިބިފައިވާކަމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ. ޝަކުވާ ހުށައެޅުމުގެ މުއްދަތު ފުރަތަމަ ހުޅުވާލީ މަރިޗުމަހުގެ 1 ވަނަ ދުވަހުން ފެށިގެން އެމަހުގެ ނިޔަލަށެވެ. ފަހުން އިތުރު 15 ދުވަސް އިތުރުކޮށްދީ، މި މުއްދަތު އޭޕްރިލް 15 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކުރިއެވެ.

ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ މި ޝަކުވާތަކުގެ ތެރޭގައި 4000 ފްލެޓް ލިސްޓުގައި ހިމެނޭ މީހުން ޕޯޓަލް މެދުވެރިކޮށް ހުށައެޅި ޝަކުވާތަކާއި، އަދި އާއްމުކޮށް ހުޅުވާލި ފުރުޞަތުގައި އީމެއިލުންނާއި ސިޓީގެ ޒަރިއްޔާއިން އާއްމުން ހުށައަޅާފައިވާ ޝަކުވާތައް ހިމެނޭކަމަށެވެ.

އީމެއިލް ޒަރިއްޔާ އިންނާއި ސިޓީ މެދުވެރިކޮށް ހުށައަޅާފައިވާ ޝަކުވާތަކުގެ ތެރެއިން ވުޒާރާއިން ހަމައެކަނި ބަލާނީ ލިސްޓުގައިވާ މީހުންނާއި ގުޅިގެން ތިންވަނަ ފަރާތަކުން ހުށައަޅާފައިވާ ޝަކުވާތައް ކަމަށް ވުޒާރާއިން ވަނީ ބުނެފައެވެ.

މި ސްކީމްގެ އުސޫލުގައިވާގޮތަށް، މެދުނުކެނޑި 15 އަހަރު މާލޭގައި ދިރިއުޅެފައިވާކަން ސާބިތުކޮށްދިނުމަށް، 15 އޮކްޓޯބަރު 2007 އިން ފެށިގެން 15 އޮކްޓޯބަރު 2022 އަށް، އެކަމާ ގުޅޭ ތަފްސީލް ޝަކުވާގައި ހިމަނަންޖެހޭނެއެވެ. ނަމަވެސް ފަހުން ގެނައި ބަދަލުގައި ވަނީ ޙާއްސަ ޙާލަތެއް މެދުވެރިވެގެން 1 އަހަރުގެ މެދުކެނޑުމެއް އައިނަމަވެސް، އެކަން ބަލައިގަތުމަށް ނިންމާފައެވެ.

ކޮމެންޓް

871x217_placeholder