ރާއްޖޭގައި މެޑިކަލް ޓޫރިޒަމަށް ޚާއްޞަ ހޮސްޕިޓަލެއް އަޅަނީ


19 އޭޕްރީލު 2025 - 08:10
ރާއްޖޭގައި މެޑިކަލް ޓުއަރިޒަމަށް ޚާއްސަ ހޮސްޕިޓަލެއް އެޅުމަށް ޕްރޮޕޯސަލްތައް ލިބެމުންދާކަމަށް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ އަހާށޭ ބުނާނަން ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.
ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވީ ރާއްޖެ އަންނަ ބައެއް ފޮރިން އިންވެސްޓަރުން ރާއްޖޭގައި މެޑިކަލް ޓޫރިޒަމަށް ޚާއްސަ ހޮސްޕިޓަލެއް އެޅުމުގެ ޝައުވެރިކަން ފާޅުކުރަމުންދާކަމަށެވެ. އެގޮތުން ބައެއް ފަރާތްތަކުން ޕްރޮޕޯސަލްވެސް ހުށައަޅަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ރިސޯޓެއްގައި ހޮސްޕިޓަލަކާއި ޓްރީޓްމަންޓު ދެވޭނެ ޚިދުމަތާއި އަދި މީހުން ތަމްރީނުދެވޭނެ ކޮލެޖަކާއިއެކު ތަރައްޤީކުރުމަށްވެސް ބައެއް ފަރާތްތަކުން ޕްރޮޕޯސަލް ހުށައަޅަންމުންދާކަމަށާއި، އެހެންކަމުން އުޞޫލުތަކުގެ ތެރެއިން އިކޮނޮމިކް ކައުންސިލަށް ހުށައަޅައިގެން އެކަން ކުރިއަށް ގެންދަވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވީ ފަތުރުވެރިކަން ސިންދަފާތުކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ތެރެއިން ތެރެއިން މެޑިކަލް ޓޫރިޒަމްގެ ދާއިރާ ފުޅާ ދާއިރާއެއްގައި ކުރިއެރުވޭ މަންޒަރު ދެކެން ބޭނުންވާ ކަމަށެވެ.އެމްއެމްޕީއާރުސީ އާއި އޭޑީކޭ ހޮސްޕިޓަލް ގުޅިގެން މަތީ ފެންވަރުގެ ބޭސްފަރުވާގެ ޚިދުމަތް ދޭ މަންޒިލެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓުކުރަންވެސް ދަނީ މަސައްކަތް ކުރަމުންނެވެ.
އެގޮތުން ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށް މެޑިކަލް ޓުއަރިޒަމްގެ ހިއްސާ އިތުރުވެ ފަތުރުވެރިންނަށް ބައިނަލްއަޤްވާމީ ފެންވަރުގެ ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުމަށްވެސް ދަނީ މަސައްކަތް ކުރަމުންނެވެ.
އިތުރު ލިޔުންތައް

ނަފްސާނީ ޞިއްޙަތަކީ ހަމައެކަނި ފަރުދީ ޒިންމާއެއް ނޫން - މިނިސްޓަރ
8 މަސް ކުރިން
ބޯން މެރޯ ޓްރާންސްޕްލާންޓް ހަދަން ފޮނުވާ ތެލެސީމިއާ ކުދިން ސްކްރީންކުރަން ފަށައިފި
7 މަސް ކުރިން
ވިލިމާލޭ ހޮސްޕިޓަލް އައު ހަރުފަތަކަށް، ދަތުގެ ޚިދުމަތް ފަށައިފި
7 މަސް ކުރިން