logo
Bank of Maldives

Bank of Maldives

ޚަބަރު

ހޫނު ދުވަސްވަރެއްކަމަށްވާތީ ކަރަންޓް ބޭނުންކުރުމުގައި ސަމާލުވުމަށް އެދިއްޖެ

އަޙްމަދު ޒަލީފް
19 އޭޕްރީލު 2025 - 10:43
ހޫނު ދުވަސްވަރެއްކަމަށްވާތީ ކަރަންޓް ބޭނުންކުރުމުގައި ސަމާލުވުމަށް އެދިއްޖެ

މިއީ ހޫނުގަދަ ދުވަސްވަރަކަށް ވާތީ ކޮންމެހެން ބޭނުންވާ ވަރަށް ވުރެ އިތުރަށް ކަރަންޓް ހަރަދުނުކޮށް، ކަރަންޓް އިގުތިސާދުކުރަން ސްޓެލްކޯއިން އިލްތިމާސްކޮށްފި އެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ މިއަދު އެކްސްގައި ޕޯސްޓުކުރައްވަމުން ވިދާޅުވީ، އިހްސާސް ކުރެވޭ ހޫނުމިން މައްޗަށް ދާތީ، ކަރަންޓު ބޭނުންކުރުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަކީ މުހިންމު ކަމެއް ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފަހުމީ ވިދާޅުވީ މިއަހަރުގެ އެންމެ ގިނައިން ކަރަންޓު ބޭނުންކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ. ބުރާސްފަތި ދުވަހު 15:00 ގައި 114 މެގަވޮޓް ކަރަންޓު ބޭނުންކޮށްފައިވާކަމަށާއި، މިއަދުގެ 13:00 ގައި މާލޭގެ ލޯޑް ހުރީ 111 މެގަވޮޓްގައި ކަމަށެވެ. 

އެންމެން މިކަމަށް ސަމާލުވެ، ފަރުދީގޮތުން ކަރަންޓު އިގްތިސާދު ކުރުމަށް ކުރެވެންހުރި މަސައްކަތްތައް ކޮށްދިނުމަކީ މުޖުތަމަޢުއާއި އަމިއްލަ ލާބައާއި މަންފާއަށް ކުރެވޭ ވަރަށް މުހިންމު ކަމެއްކަމަށާއި، ކަރަންޓު ހެޔޮގޮތުގައި ބޭނުންކޮށް، އިސްރާފު ނުކުރުމަށް އަޅުގަނޑުމެން އެންމެން ވެސް މަސައްކަތް ކުރަން ޖެހޭ ކަމަށް ފަހުމީ ވިދާޅުވި އެވެ.

"މިދުވަސްވަރަކީ ރާއްޖެއަށް ހޫނު ދުވަސްވަރަކަށްވުމާއެކު، އިހްސާސްކުރެވޭ ހޫނުމިން މަތިވަމުންދާކަން ވަނީ ފާހަގަކުރެވިފައި. އެހެން ކަމުން އަޅުގަނޑުމެން އެންމެން ވެސް ކަރަންޓު ބޭނުންކުރުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ދެކެން.ހާއްސަކޮށް އޭސީ ފަދަ ތަކެތި ބޭނުންކުރާއިރު، އޭގެ ފިނިކަން 25 ޑިގްރީއަށްވުރެ ދަށް ނުކުރުމަށާއި، ކޮންމެހެން ބޭނުންވާ މިންވަރަށް މެނުވީ ކަރަންޓު ބޭނުން ނުކުރުމަށް އިލްތިމާސް ކުރަން." ފަހުމީ ވިދާޅުވި އެވެ. 

 


Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާލެސިޓީގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓް ކެނޑިދާނެ: ސްޓެލްކޯޚަބަރު | 2 ދުވަސް ކުރިންފިހުނު ސްޓެލްކޯ މުވައްޒަފު އިތުރު ފަރުވާއަށް ބެންކޮކް ހޮސްޕިޓަލަށް ޚަބަރު | 9 ދުވަސް ކުރިންކަރަންޓު މައްސަލަ ރަނގަޅު ކުރުމުގެތެރޭގައި ފިހުނު ސްޓެލްކޯ މުވައްޒަފަށް އޭޑީކޭގައި އިތުރަށް ފަރުވާދެނީޚަބަރު | 13 ދުވަސް ކުރިންމާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑުނު ހުރިހާ ހިސާބަކަށް ކަރަންޓު ދީފިޚަބަރު | 14 ދުވަސް ކުރިން