ޚަބަރު
އަޙްމަދު ޒަލީފް



ފުރާޅު މައްޗަށް ވެއްޓުނު މީހާ އޮތީ ވެންޓިލޭޓަރުގައި


19 އޭޕްރީލު 2025 - 14:57
މާލެ، ހެންވޭރުގައި ހުންނަ ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތްވާ ފެނުނު މީހާ އަށް ފަރުވާދެމުން ދަނީ އައިސީޔޫގައި ބާއްވައިގެން ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.
ފުލުހުން ބުނީ 21 އަހަރުގެ އެ އަންހެން މީހާ ފުރާޅު މައްޗަށް ވެއްޓިފައިވާ ކަމުގެ މައުލޫމާތު އެދުވަހުގެ ހެނދުނު 7:23 ހާއިރު ލިބިގެން ހޮސްޕިޓަލަށް ގެންދިޔައީ އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއުގެ އެހީތެރިކަމާ އެކު ކަމަށެވެ.
އަންހެން މީހާއަށް ލިބިފައިވާ ޒަހަމްތަކުގެ ތަފްސީލެއް ފުލުހުންގެ އިތުރުން އައިޖީއެމްއެޗް އިން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯއިން ފެންނަ ގޮތުގައި އެ އަންހެން މީހާ ފުރާޅުމައްޗަށް ވެއްޓިފައި ވަނީ އިމާރާތެއްގެ މަތިން ކަމަށް ބެލެވެ އެވެ.
އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
އިތުރު ލިޔުންތައް

ޒަޚަމްތަކަކާއެކު މާލޭގެ ގެސްޓު ހައުސް އިން ފެނުނު މީހާގެ ހާލު ސީރިއަސް
8 މަސް ކުރިން
ލޯންޗް އެކްސިޑެންޓް: ފަރުވާއަށްފަހު 2 މީހުން ފިޔަވައި އެހެން އެންމެން ދޫކޮށްލައިފި
7 މަސް ކުރިން
އައިޖީއެމްއެޗުގައި އައިވީއެފް ހަދަން ފަށަން ތައްޔާރު
7 މަސް ކުރިން