logoEN
ޚަބަރު

ލޯންޗް އެކްސިޑެންޓް: ފަރުވާއަށްފަހު 2 މީހުން ފިޔަވައި އެހެން އެންމެން ދޫކޮށްލައިފި

ފެރިދޫ ޓުއާސް ގެ ސެނޯރާ ލޯންޗު-ފޮޓޯ މެންދުރު އޮންލައިން

ފެރިދޫ ޓުއާސް ގެ ސެނޯރާ ލޯންޗު-ފޮޓޯ މެންދުރު އޮންލައިން

އާމިނަތު ސަފާއާމިނަތު ސަފާ

26 އޮކްޓޯބަރު 2024 - 04:50

ދެ ލޯންޗެއް ޖެހި ރޭހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި މީހުންގެ ތެރެއިން 2 މީހަކު ފިޔަވާ އެހެން އެންމެން ފަރުވާއަށްފަހު ދޫކޮށްލައިފިއެވެ.

މެންދުރު އޮންލައިންއަށް މައުލޫމާތު ދެމުން އައިޖީއެމްއެޗްއިން ބުނީ ހާދިސާއާ ގުޅިގެން ފަރުވާއަށް 20 މީހަކު އައިޖީއެމްއެޗްއަށް ގެންދިޔަކަމަށާއި 2 މީހަކަށް އެމަޖެންސިގައި ފަރުވާ ދެމުންދާކަމަށެވެ. އަދި ބަކީ ތިބި އެންމެން ދޫކޮށްލާފައިވާކަމަށް އައިޖީއެމްއެޗްއިން މައުލޫމަތުދިނެވެ.

ރޭ އެކްސިޑެންޓުވީ ފެރިދޫގައި ދަތުރުފަތުރުގެ ޙިދުމަތް ދެމުން އަންނަ ފެރިދޫ ޓުއާސް ގެ ސެނޯރާ ނަމަކަށް ކިޔާ ލޯންޗަކާއި ގްރޭންޑް ޕާކް ކޮށްދިއްޕަރު ރިސޯޓުގެ ލޯންޗެކެެވެ.

ގްރޭންޑް ޕާކް ކޮށްދިއްޕަރު ރިސޯޓުގެ ލޯންޗުގައި އެ ހާދިސާ ހިނގިއިރު ހުރި މުވައްޒަފަކު މެންދުރު ޓީވީ އަށް މައުލޫމާތު ދެމުން ބުނީ އަނެއް ލޯންޗު އައީ އެމީހުން ތިބި ލޯންޗުގެ ވާތްފަޅިން ކަމަށާއި އެ ލޯންޗު ފެނުނު އިރު އޮތީ ވަރަށް ކައިރީގައި ކަމަށެވެ. އަދި ފެރިދޫ ޓުއާސް ގެ ލޯންޗު މަސައްކަތް ކޮށްފައިވަނީ އެމީހުންގެ ވާތްފަޅިން ކުރިކަނޑަން ކަމަށް ވެސް ގްރޭންޑް ޕާކް ކޮށްދިއްޕަރުގެ މުވައްޒަފު ވަނީ ބުނެފައެވެ.

undefinedގްރޭންޑް ޕާކް ކޮށްދިއްޕަރު ރިސޯޓުގެ ލޯންޗު ފޮޓޯ--/ މެންދުރު އޮންލައިން

މި ހާދިސާގައި ދެ ލޯންޗަށް ވެސް ވަނީ ބޮޑެތި ގެއްލުންތައް ލިބިފައެވެ. އެގޮތުން ފެރިދޫ ޓުއާސްގެ ލޯންުޗުގެ ކުރީކޮޅު ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. އަދި ގްރޭންޑް ޕާކް ކޮށްދިއްޕަރުގެ ލޯންޗުގެ ވާތްފަޅިން މެދަށް ވަނީ ބޮޑެތި ގެއްލުންތައް ލިބިފައެވެ،

މިހާދިސާ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުންގެ އިދާރާއިން ވަނީ ބުނެފައެވެ.

ކޮމެންޓް

871x217_placeholder