logoEN
ޚަބަރު

އައިޖީއެމްއެޗުގައި އައިވީއެފް ހަދަން ފަށަން ތައްޔާރުވެއްޖެ

މުހައްމަދު މޫސާމުހައްމަދު މޫސާ

27 އޮކްޓޯބަރު 2024 - 07:40

އައިޖީއެމްއެޗުގައި ފާޓިލިޓީ ސެންޓަރު ގާއިމްކޮށް، މި އަހަރުގެ ތެރޭގައި އައިވީއެފް ހަދަން ތައްޔާރުވަމުން އަންނަކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

އައިވީއެފް އަކީ ދަރިމައި ނުވުމުގެ ހިތްދަތިކަން ތަހައްމަލުކުރަމުން އަންނަ ދެމަފިރިން ބޮޑު ހޭދައެއްކޮށް، ބޮޑު ގުރުބާނީއެއް އަދާކުރާ ޚިދުމަތެކެވެ.

މި ޚިދުމަތް ރާއްޖެއިން ހުޅުމާލޭގައި ހުންނަ އަމިއްލަ ހޮސްޕިޓަލެއް ކަމަށްވާ ޓްރީޓޮޕް ހޮސްޕިޓަލުން ލިބެމުން އައި ނަމަވެސް އަދިވެސް ގިނަ ބަޔަކު މި ޚިދުމަތް ހޯދަން ދާން ޖެހިފައި ވަނީ ޤައުމުން ބޭރަށެވެ.

ރައްޔިތުންނަށް މިކަމުގައި ލުއި މަގެއް ކޮށްޓަވައިދެއްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. މި ވަޢުދުފުޅާއި އެއްގޮތަށް ފާޓިލިޓި ސެންޓަރު ތަރައްގީކޮށް، ކުރިއަށް އޮތް މަދު ދުވަސްތަކުގެ ތެރޭގައި ހިދުމަތް ދޭން ފަށާނެ ކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފައެވެ.

ކޮމެންޓް

871x217_placeholder