logoEN
ޚަބަރު

އަނިޔާވެފައި އޮއްވާ ފެނުނު މީހާއަށް ފަރުވާދެމުންދަނިކޮށް ނިޔާވެއްޖެ

އައިޖީއެމްއެޗް

އައިޖީއެމްއެޗް

އާމިނަތު ސަފާއާމިނަތު ސަފާ

27 ނޮވެމްބަރު 2024 - 13:13

ދަރުމަވަންތަ ހޮސްޕިޓަލާއި ދިމާ މޫދުން އަނިޔާތަކަކާއެކު އޮއްވާ ފެނުނު މީހާ ފަރުވާދެމުން ދަނިކޮށް ނިޔާވެއްޖެއެވެ.

މިކަން ހާމަކޮށް ފުލުހުން ބުނީ އަނިޔާވެފައި އޮއްވާ ފެނުނު މީހާއަށް އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް ނިޔާވެފައިވާކަމަށެވެ. އެއީ އުމުރުން 55 އަހަރުގެ މީހެއްކަމަށާއި މި މައްސަލަ ފުލުހުން ތަހުގީގުކުރަމުންދާކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ބުނީ އަނިޔާވެފައި ވަނީ އެމީހާގެ ބޮލަށެވެ.

އެމީހާގެ ބޮލަށް އަނިޔާ ވެފައި ވަނީ އުޅަނދެއްގައި ޖެހިގެންކަމަށް ބެލެވޭކަމަށް ވެސް ފުލުހުން ބުންޏެވެ.

ކޮމެންޓް

871x217_placeholder