logoEN
ޚަބަރު

މުހައްމަދު މޫސާމުހައްމަދު މޫސާ

20 އޭޕްރީލު 2025 - 02:55

ރާއްޖެއަށް މިދުވަސްވަރަކީ ހޫނުގަދަ ދުވަސްވަރަކަށް ވާތީ ކަރަންޓް އިޤްތިޞާދު ކުރުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން އިލްތިމާސްކޮށްފި އެވެ.

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން ފަހުމީ މިއަދު ވިދާޅުވީ ރާއްޖެއަށް މިއީ ހޫނު ގަދަ ދުވަސްވަރަކަށްވާތީ އިހްސާސްކުރެވޭ ހޫނުމިން މަތިވަމުންދާ ކަމަށެވެ. އެހެންވެ އެންމެންވެސް ކަރަންޓު ބޭނުންކުރުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަކީ ވަރަށް މުހިއްމު ކަމެއް ކަމުގައި އޭނާ ވިދާޅުވި އެވެ.

"ހާއްސަކޮށް އޭސީ ފަދަ ތަކެތި ބޭނުންކުރާއިރު އޭގެ ފިނިކަން 25 ޑިގްރީއަށްވުރެ ދަށް ނުކުރުމަށާއި ކޮންމެހެން ބޭނުންވާ މިންވަރަށް މެނުވީ ކަރަންޓު ބޭނުން ނުކުރުމަށް އިލްތިމާސް ކުރަން،" ފަހްމީ ވިދާޅުވި އެވެ.

ފަހުމީ ދެއްވި މަޢުލޫމާތުގައި، މި އަހަރުގެ މިހާތަނަށް މާލެ ސަރަހައްދުގައި އެންމެ ގިނައިން ކަރަންޓު ބޭނުންކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށް ވިދާޅުވި އެވެ. އެގޮތުން އެ ދުވަހުގެ 15:00 ގައި 114 މެގަވޮޓްގެ ކަރަންޓު ބޭނުންކޮށްފައިވެ އެވެ. އަދި މިއަދުގެ 13:00 ގައި މާލޭގެ ލޯޑް ހުރީ 111 މެގަވޮޓްގައި ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

"އެހެންކަމުން އަޅުގަނޑުމެން އެންމެން މިކަމަށް ސަމާލުވެ، ފަރުދީގޮތުން ކަރަންޓު އިޤްތިޞާދު ކުރުމަށް ކުރެވެންހުރި މަސައްކަތްތައް ކޮށްދިނުމަކީ މުޖުތަމައުއާއި އަމިއްލަ ލާބައާއި މަންފާއަށް ކުރެވޭ ވަރަށް މުހިއްމު ކަމެއް. ކަރަންޓު ހެޔޮގޮތުގައި ބޭނުންކޮށް، އިސްރާފު ނުކުރުމަށް އަޅުގަނޑުމެން އެންމެން ވެސް މަސައްކަތް ކުރަމާ،" ފަހްމީ ވިދާޅުވި އެވެ.

ސްޓެލްކޯއިން މި އިލްތިމާސް ކުރައްވާފައިވަނީ ރާއްޖޭގައި ހޫނުގަދަވެ، ކަރަންޓުގެ ބޭނުން އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ.

މި އިލްތިމާސްއާ ގުޅިގެން ރައްޔިތުން ކަރަންޓު ބޭނުންކުރުމުގައި ޒިންމާދާރުވެ، އިޤްތިޞާދުކުރުމަށް މަސައްކަތްކުރުން މުހިންމެވެ.

ކޮމެންޓް

871x217_placeholder