14.6 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފި


20 އޭޕްރީލު 2025 - 07:50
މިދިޔަ ހަފްތާގައި މަސްވެރިން ކިރުވި މަހަށް 14.6 މިލިޔަން ރުފިޔާ ދޫކޮށްފައިވާކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ، މިފްކޯގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ ކުރީ ހަފްތާގައި މަސްވެރިންނަށް ދޫކޮށްފައިވާ 12.8 މިލިޔަން ރުފިޔާއާ އަޅާ ބަލާއިރު %14 އިތުރު އަދަދެކެވެ.
މަސްވެރިންނަށް މިދިޔަ ހަފްތާގައި 14.6 މިލިޔަން ރުފިޔާ ދޫކޮށްފައިވާއިރު، އެންމެ ގިނައިން މަސް ކިރުވާފައިވަނީ އޭޕްރީލް 19 ވަނަ ދުވަހުއެވެ. އެދުވަހު 45 ދޯންޏަކަށް ވަނީ 3.8 މިލިޔަން ރުފިޔާ ދޫކޮށްފައެވެ.ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދާ އެއްގޮތަށް މިދިޔަ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުން ފެށިގެން މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ދަނީ ފައިސާ ދޫކުރަމުންނެއެވެ. އެގޮތުން މިހާތަނަށް 470 މިލިޔަނެއްހާ ރުފިޔާ ދޫކޮށްފައިވާކަމަށް މިފްކޯއިން ވިދާޅުވެއެވެ.
މިފްކޯގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ ހަފްތާގައި މަހަށް ނިކުތް ދޯނިތަކުގެ އަދަދުވަނީ އިތުރުވެފައެވެ. އެގޮތުން ކުރީ ހަފްތާގައި 243 ދޯންޏަކުން މިފްކޯއަށް މަސް ކިރުވާފައިވާއިރު، މިދިޔަ ހަފްތާގައި މިފްކޯއަށް މަސް ކިރުވާފައިވަނީ 254 ދޯންޏަކުންނެވެ.