logo
ޚަބަރު

ބިމެއް ވިއްކާނެ ކަމަށްބުނެ އެޗްޑީސީގެ ކުރީގެ މުވައްޒަފަކު މީހެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ ނެގި މައްސަލައެއް

ހުސައިން ވަސީމް
21 އޭޕްރީލު 2025 - 13:42
ބިމެއް ވިއްކާނެ ކަމަށްބުނެ އެޗްޑީސީގެ ކުރީގެ މުވައްޒަފަކު މީހެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ ނެގި މައްސަލައެއް

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެ.ޗް.ޑީ.ސީ) ގެ އެސްޓޭޓް އޮފިސަރެއްގެ މަޤާމުގައި ކުރިންހުރި މުވައްޒަފަކު، ހުޅުމާލެ ދެވަނަ ފިޔަވަހިން ބިމެއް ވިއްކާނެކަމަށްބުނެ، އޮޅުވާލައިގެން މީހެއްގެ އަތުން 550,000.00 (ފަސް  ލައްކަ ފަންސާސްހާސް) ރުފިޔާ ނަގާފައިވާ މައްސަލާގައި ދަޢުވާކޮށްދިނުމަށް އެދި އެންޓިކޮރަޕްޝަން ކޮމިޝަނުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

މި މައްސަލާގައި ދަޢުވާކޮށްދިނުމަށްއެދި ފޮނުވާފައިވަނީ، އެޗް.ޑީ.ސީގެ އެސްޓޭޓް އޮފިސަރގެ މަޤާމުގައި ކުރިންހުރި ފުތިޙަ ޝާކިރު ކިޔާ މީހެއްގެ މައްޗަށެވެ.  

Ad by Hajj Corporation

Ad by Hajj Corporation

2022 ވަނަ އަހަރު އެޗް.ޑީ.ސީގެ ނަމުގައި ހުޅުމާލެ ދެވަނަ ފިޔަވަހިން 2,600 (ދެހާސް ހަ ސަތޭކަ) އަކަފޫޓުގެ ބިމެއް ވިއްކާނެކަމަށް ބުނެ، ފުތިޙަ ޝާކިރު، އެޗް.ޑީ.ސީގެ ނަމުގައި ޞައްޙަނޫން ޕޭމަންޓް ސްލިޕްތަކެއް ތައްޔާރުކޮށް، ޖުމްލަ 550,000.00 (ފަސް  ލައްކަ ފަންސާސްހާސް) ރުފިޔާ އަމިއްލަ މީހެއްގެ އަތުން ހޯދާފައިވާކަން އޭސީސީެ ތަޙުޤީޤުން ހޯދިފައިވާ ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.

މި މައްސަލާގައި ދަޢުވާކޮށްދިނުމަށްއެދި ހުށަހަޅާފައިވަނީ، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު މަންފާ ހޯދުމުގެ ކުށުގެ ދަޢުވާއެވެ. އަދި ބިން ވިއްކާނެކަމަށްބުނެ ފުތިޙަ ޝާކިރު ހޯދާފައިވާ 550,000.00 (ފަސް  ލައްކަ ފަންސާސްހާސް) ރުފިޔާ އެ ދަޢުވާގެ ތެރެއިން ހޯދުމަށްވެސް ވަނީ އެދިފަ އެވެ.

Hajj Corpooration

Hajj Corpooration

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

153 މިލިއަނަށް ބިމެއް ގަނެ، ލާޖައްސައިގެން ވެސް ބީއެމްއެލުން ހުޅުމާލެއިން ބިމެއް ހޯދައިފިޚަބަރު | ދުވަހެއް ކުރިންރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރާތީ އެ ސަރަހައްދުގައި ޑައިވް ނުކުރަން އެދިއްޖެޚަބަރު | 5 ދުވަސް ކުރިންޤައުމިއްޔަތު އިންސްޓިޓިއުޓު 6 މަސް ދުވަހުގެތެރޭގައި ނިންމަނީޚަބަރު | 11 ދުވަސް ކުރިންއެސްޓީއޯ ސިޓީ ހޮޓާ އިމާރާތުގައި މީޑިއާ ވިލެޖަކާއި ފަސްތަރީގެ ހޮޓަލެއް ވިޔަފާރި | 12 ދުވަސް ކުރިން