ސްޓެލްކޯގެ ސްކޮލާޝިޕްތަކާއި ގުޅޭ މައުލޫމާތު ދިނުމަށް ސެޝަންތަކެއް ބާއްވަނީ
22 އޭޕްރީލު 2025 - 08:38

ސްޓެލްކޯގެ "މެރިޓް ބޭސްޑް އިންޖިނިއަރިން ސްކޮލާޝިޕް" އަށް ޝައުގުވެރިވާ ފަރާތްތަކަށް ސްކޮލާޝިޕް އެއް ހުޅުވާލައިފިއެވެ.
ސްޓެލްކޯގެ "މެރިޓް ބޭސްޑް އިންޖިނިއަރިން ސްކޮލާޝިޕް" އަށް ޝައުގުވެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން ބާއްވާ ވޯކް-އިން އިންފޮމޭޝަން ސެޝަންއެއް 24 އޭޕްރީލް 2025 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އިން 12:00 ސްޓެލްކޯގެ ޓްރެއިނިންގ ރޫމް (ފަސްވަނަ ފަންގިފިލާ)ގައި އޮންނާނެ ކަމަށް ސްޓެލްކޯ އިން ވަނީ މައުލޫމާތު ދެއްވާފައެވެ.

Ad by Hajj Corporation
މި ސެޝަންގައި މި ސްކޮލާޝިޕްތަކާއި ގުޅޭ ހުރިހާ މައުލޫމާތެއް ދެވިގެންދާނެ ކަން އެ އިދާރާއިން ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން އޮންލައިން އިންފޮމޭޝަން ސެޝަންއެއް 13:00 އިން 14:00 އަށް ބޭއްވުމަށްވެސް ހަމަޖެހިފައިވާކަން އެ އިދާރާއިން ވަނީ ފާހަގަކުރައްވާފައެވެ.
އޮންލައިން ސެޝަންގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެ ސެޝަންއަށް ރަޖިސްޓަރ ވުމަށް އެދި training@stelco.com.mv އީމެއިލް ފޮނުވުމުން މީޓިންގ ލިންކެއް ހިއްސާކުރެވިގެންދާނެއެވެ.


