logoEN
ޚަބަރު

މީ ތަރައްގީގެ އަހަރު މިއަހަރު އެކަނިވެސް ދެ ހާހަށްވުރެ ގިނަ މަޝްރޫއު ކުރިއަށްދާނެ-ޝިޔާމް

ހުސައިން ވަސީމްހުސައިން ވަސީމް

22 އޭޕްރީލު 2025 - 17:48

އެމްޑީޕީން ވެރިކަމެއް ކުރުމަށް ފަހު ދެން ވެރިކަމަށް އަންނަ ބަޔަކަށް ވެރިކަމެއް ފަށަން އެހާ އުނދަގޫ ވާނެ ކަމަށާ އެ އުނދަގުލާ އެކުވެސް މި އަހަރު ރާއްޖޭގެ އެކިކަންކޮޅުތަކުގައި 2،000 އަށް ވުރެ ގިނަ މަޝްރޫއުތައް ކުރިއަށްދާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

މިރޭ ބޭއްވި ޕީއެންސީ ހަރުގެ ޖަލްސާގައި ޝިޔާމް ވިދާޅުވީ އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް 19 ވަނަ ރައްޔިތުންގެ މަޖިީހުން ތަރައްގީގެ އެއްވެސް މަޝްރޫއެއް ކުރިއަށް ގެންދަން އެއްވެސް ފުރުސަތެއް ނުދިން ކަމަށެވެ. ސަރުކާރުގެ ފުރަތަމަ އަހަރު ތަހައްމަލް ކުރަން ޖެހުނީ މަލީ ގޮތުންވެސް އުނދަގޫ ހާލަތެއްގައި ކަމަށާ އެމްޑީޕީގެ ވެރިކަން ނިންމާލީ 120ބިލިއަން ޑޮލަރަށްވުރެ ބޮޑު އަދަދަކުން ގައުމު ބަނގުރޫޓޫކޮށްލާފައި ކަމަށް ޝިޔާމް ވިދާޅުވި އެވެ. ފައިސާ ޗާޕު ނުކޮށް ތަރައްގީގެ އެއްވެސް މަޝްރޫއެއް ކުރިއަށް ނުގެންދެވޭނެ ކަމަށް އެމްޑީޕީން އޭރު ބުނަމުން ގެންދިޔަ ނަމަވެސް ރައީސް މުއިއްޒުގެ ތަނަވަސް ވިސްނުންފުޅާ އެކީ މިވެރިކަން މިހާ ހިސާބަށް އައި އިރު އެންމެ ރުފިޔާ ފޮއްޗެއްވެސް ޗާޕުކޮށްފައިނުވާނެ ކަމަށް ޝީޔާމް ވިދާޅުވި އެވެ. ސަރުކާރު މުވައްޒަފުންނަށް މުސާރަދީ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ކުރިއަށް ގެންދަނީ ފައިސާ ޗާޕު ނުކޮށް ކަމަށް ޝިޔާމް ވިދާޅުވި އެވެ.

120 ބިލިއަނަށްވުރެ ބޮޑު އަދަދުން ގައުމު ދަރަނިވެރިކޮށްފަ އެމްޑީޕީން ވެރިކަން ދޫކޮށްލީމަވެސް އެބޭފުޅުން ވިދާޅުވީ ފައިސާ ޗާޕު ނުކޮށެއް ވެރިކަމެއް ނުހިންގޭނެ ކަމަށް ތަރައްގީގެ މަޝްރޫއުތަކެއް ކުރިއަށް ނުގެންދެވޭނެ ކަމަށް، އެކަމަކު ރައީސް މުއިއްޒުގެ ތަނަވަސް ވިސްނުންފުޅާ އެކީގަ މި ވެރިކަން މިހާ ހިސާބަށް އައިއިރު އެންމެ ރުފިޔާ ފޮއްޗެއްވެސް އަދި ޗާޕެއް ނުކުރޭ ބަރާބަރަށް މުސާރަ އެބަދޭ ތަރައްގީގެ މަޝްރޫއުތައް އެބަ ކުރިއަށް ދޭ

މިއަދު ބޭއްވި ހާއްސަ ކެބިނެޓް ބައްދަލުވުމަށް އަލިއަޅުއްވާލައްވަމުން ޝިޔާމް ވިދާޅުވީ މިއަދު ރައީސް މުއިއްޒު ވަޒީރުންނާ އަދި ސަރުކާރު ކުންފުނިތަކުގެ އެމްޑީ އިންނާ އެކު ބެއްވި ބައްދަލުވުމުގައި ކުރިއަށްދިޔައީ އެމްޑީޕީ ސަރުކާރުން ފަށާފައި ކުރިއަށް ނުގެންގޮސް ހުރި މަޝްރޫއުތައް ހިންގާނެ ގޮތާ މިހާރު ފަށަފައި ހުރި މަޝްރޫއުތަކުގެ އަދާހަމަ ރައީސް މުއިއްޒު ހޯއްދަވާ އެ މަޝްރޫއުތައް ދުވަހަށް ނިންމުމަށް ތަރުތީބުކޮށް އެކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި ކަމަށް ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ ރައީސް މުއިއްޒުއަކީ ވައުދެއް ވެވަޑައިގެންފިއްޔާ އެ ވައުދެއް ފުއްދަވާނެ ބޭފުޅެއް ކަމަށެވެ. އަދި ވައުދު ފުއްދަވަނީ ރައްޔިތުންގެ ގާތަށް ސީދާ އެމަނިކުފާނު ވަޑައިގެން ރައްޔިތުންގެ މަޝްވަރާ އާއި ހިޔާލު ހޯއްދަވައިގެން ކަމަށެވެ.

އަބަދުވެސް އަޅުގަނޑު ދަންނަވަމުން މިދަނީ ރައީސް މުއިއްޒު އަކީ ވައުދުވެފަ ވައުދު ފޮރުވާފަ ބަހައްޓަވާނެ ބޭފުޅެއް ނޫނޭ އަޅުގަނޑުމެންނަށް މި އިނގޭ އެއްޗަކީ މި އަހަރަކީ ރައީސް މުއިއްޒުގެ ސަރުކާރުގެ އެންމެ ގިނަ މަޝްރޫއުތައް އެއްފަހަރާ ހިނގާނެ އަހަރުކަން މިއަދުވެސް ރައީސް ބުނެދިން ދެ ހާހަށްވުރެ ގިނަ މަޝްރޫއު މިއަހަރު އެކަނިވެސް ކުރިއަށްދާނެ ކަން ޔަގީން މީނޫންތޯ ރައްޔިތުން އިންތިހާބު ކުރާ ވެރީންގެ ކިބައިން ރައްޔިތުން އުންމީދު ރުރާނެ ކަންތައްތަކަކީ ރައްޔިތުންނާ ބަރާބަރަށް ބައްދަލުކުރާ ވެރިއަކު ނެތް މި ނޫނިއްޔާ އެހެންވެރިން އުޅުއްވަނީ އިންތިހާބު ވީމާ ރައްޔިތުންނަށް ފިލައިގެން

އެމްޑީޕީގެ ވެރިކަން ނިމިގެން ދިޔަ އިރު ރާއްޖޭގެ މާލިއްޔާގައި ތިން މަހު ކާނެ އެއްޗެއް ގަންނާނެ ފައިސާވެސް ނެތް ކަމަށާ 100 މިލިއަން ޑޮލަރަށް ވުރެ ދަށަށް ޖަހައިގެން ދިޔަ އިގްތިސޯދު މިއަދު ރައީސް މުއިއްޒު ނަގާ ކޮޅަށް ޖައްސަވައިފި ކަމަށް ޝިޔާމް ވިދާޅުވި އެވެ. އިގްތިސޯދު ކޮޅަށް ޖެއްސެވުމަށް ރައީސް ނެންގެވީ އުނދަގޫ ފިޔަވަޅުތަކެއް ނަމަވެސް އެކަމުގެ ފޮނިމީރުކަން މިއަދު ރައްޔިތުންނަށް ލިބެމުންދާ ކަމަށް ޝިޔާމް ވިދާޅުވި އެވެ.

ކޮމެންޓް

871x217_placeholder