logoEN
ޚަބަރު

90 ރަށެއްގައި މި އަހަރު ޕްރޮޖެކްޓްތައް ފެށޭނެ: ނާޒިމް

މުހައްމަދު މޫސާމުހައްމަދު މޫސާ

23 އޭޕްރީލު 2025 - 12:02

ސިއްހީ ޚިދުމަތްތައް ރަނގަޅުކުރުމަށްޓަކައި މި އަހަރުގެ ތެރޭގައި 90 ރަށެއްގައި އައު ޕްރޮޖެކްޓްތައް ފެށުމަށް ރޭވިފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ނާޒިމް މިފަދައިން ވިދާޅުވީ މިއަދު ހެލްތު މިނިސްޓްރީގައި ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި، ގދ. ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް އަދި ޅ. ނައިފަރު އަތޮޅު ހޮސްޕިޓަލުގެ ލޭބަރ ރޫމް ކޮމްޕްލެކްސް އަދި އައިސީޔޫ ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރު ނާޒިމް ވިދާޅުވި ގޮތުގައި، މި ފަހުން 10 ރަށެއްގައި ހޮސްޕިޓަލު އަދި 10 ރަށެއްގައި ހެލްތު ސެންޓަރުގެ އާ އިމާރާތުގެ މަސައްކަތް ސަރުކާރުގެ ކުންފުނިތަކާ ހަވާލުކޮށްފައިވެއެވެ. އަދި މިހާރު 19 ހޮސްޕިޓަލާއި 15 ސިއްހީ މަރުކަޒުގެ އާ އިމާރާތް އަދި އެ ތަެ ތަންތަނުގެ ޖާގަ އިތުރުކުރުމަށް 21 މަޝްރޫއެއް ކުރިއަށްދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މި އަހަރުގެ ތެރޭގައި އަޅުގަނޑުމެން 90 ރަށެއްގައި އައު ޕްރޮޖެކްޓްތައް ފަށާނަން. މީގެ ތެރޭގައި 24 ރަށެއްގައި އަލަށް ހޮސްޕިޓަލް އެޅުމުގެ މަސައްކަތްވެސް ހިމެނޭ," މިނިސްޓަރު ނާޒިމް ވިދާޅުވިއެވެ.

މި ޕްރޮޖެކްޓްތަކުގެ ސަބަބުން ރާއްޖޭގެ ގިނަ ރަށްރަށުގައި ސިއްހީ ޚިދުމަތްތައް ފުޅާވެ، ރައްޔިތުންނަށް ލިބޭ ޚިދުމަތުގެ ފެންވަރު މަތިވެގެންދާނެ އެވެ.

މި މަޝްރޫއުތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ސިއްހީ ދާއިރާ ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ބައެކެވެ.

ކޮމެންޓް

871x217_placeholder