logo
Bank of Maldives

Bank of Maldives

ޚަބަރު

ބަންޑާރަ ގޯތި ދޫކުރުން ހުއްޓުވަދޭން ގާނޫނަށް ބަދަލު ގެނައުމަށް އެދިފައެއް ނުވާނެ: މުއްތަލިބު

އާމިނަތު ޝަފާ
28 އޭޕްރީލު 2025 - 07:44
ބަންޑާރަ ގޯތި ދޫކުރުން ހުއްޓުވަދޭން ގާނޫނަށް ބަދަލު ގެނައުމަށް އެދިފައެއް ނުވާނެ: މުއްތަލިބު

ބަންޑާރަ ގޯތި ދޫކުރަން ހުއްޓުވަދޭން ގާނޫނަށް ބަދަލު ގެނެސްދިނުމަށް މަޖިލީހުގައި އެދިފައިނުވާނެކަމަށް ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

ވަޒީރު މިފަދައިން ވިދާޅުވީ ބަންޑާރަ ގޯތި ދޫކުރުން ހުއްޓުވުމަށް ގާނޫނަށް ބަދަލު ގެނެސްދޭން މިއަދުގެ މަޖިލީހުގައި ވަޒީރު އެދިވަޑައިގެންނެވިކަމަށް ބުނެ ފެތުރެމުންދާ ހަބަރުތަކާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވަޒީރު ވިދާޅުވީ މަޖިލީހުގައި ކުރެވުނު ސުވާލަކާ ގުޅިގެން އެކަމަކީ ރާއްޖެއަށް ޚާއްޞަ ކަމެއް ކަމަށާއި ދާއިމީ ގޮތެއްގައި ކުރިއަށް ގެންދިއުމަށް ދަތިވެދާނެ ކަމެއްކަމަށް ވިދާޅުވެފައިވާނެކަމަށެވެ. އަދި އެއީ މަޖިލިސް ތެރެއިން ޙައްލެއް ހޯދަންޖެހޭ ފަދަ މައްސަލައެއްކަމަށް ވިދާޅުވެފައިވާނެކަމަށް ވަޒީރު ވިދާޅުވިއެވެ. ނަމަވެސް ބަންޑާރަ ގޯތި ދޫކުރަން ހުއްޓުވަދޭން ގާނޫނަށް ބަދަލު ގެނެސްދިނުމަށް މަޖިލީހުގައި އެދިފައިނުވާނެކަމަށް ވިދާޅުވިއެވެ.

ގުޅިފަޅުން ގޯތި ލިބުނު މީހުންގެ ރަޖިސްޓްރީ އަންނަ މަހު ހަވާލުކުރަން ފަށާނެކަމަށާއި ތިލަމާލެ ބްރިޖު މަޝްރޫއަށް ގުޅިފަޅު ބޭނުންކުރަމުންދާތީ ގޯތި ހަވާލުކުރުމުގައި ލަސްތަކެއް އައިސްފައިވާކަމަށް ވަޒީރުވަނީ ވިދާޅުވެފައެވެ.

ގުޅިފަޅުން 7 ސައިޒެއްގެ ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެއްބަސްވުމާ ޚިލާފުވެ، ކުއްޔަށްދޭ ފްލެޓުތައް ދައުލަތަށް ނެގުމުގެ މަސައްކަތް ކުރަނީޚަބަރު | 9 ދުވަސް ކުރިން20 ރަށެއްގެ ފެނާއި ނަރުދަމާ ނުލިބި އެތައް އަހަރެއް، އިހުމާލުވި ފަރާތްތަކަށް ފިޔަވަޅު އެޅެންޖެހޭނެ: މުއްތަލިބްޚަބަރު | 22 ދުވަސް ކުރިންބަންޑާރަ ގޯތި ދޫކުރުން ހުއްޓުވަދޭން ގާނޫނަށް ބަދަލު ގެނައުމަށް އެދިފައެއް ނުވާނެ: މުއްތަލިބު ޚަބަރު | 6 މަސް ކުރިން