logo
Bank of Maldives

Bank of Maldives

ޚަބަރު

20 ރަށެއްގެ ފެނާއި ނަރުދަމާގެ ޚިދުމަތް ނުލިބި އެތައް އަހަރެއްވެފައިވި މައްސަލަ ބަލައި އިހުމާލުވި ފަރާތްތަކަށް ފިޔަވަޅު އެޅެންޖެހޭ ކަމެއް: މުއްތަލިބް

މުހައްމަދު މޫސާމުހައްމަދު މޫސާ
28 ސެޕްޓެމްބަރު 2025 - 02:25
20 ރަށެއްގެ ފެނާއި ނަރުދަމާ ނުލިބި އެތައް އަހަރެއް، އިހުމާލުވި ފަރާތްތަކަށް ފިޔަވަޅު އެޅެންޖެހޭނެ: މުއްތަލިބް

20 ރަށެއްގެ ރައްޔިތުންނަށް ފެނާއި ނަރުދަމާގެ އަސާސީ ޚިދުމަތް ނުލިބި އެތައް އަހަރެއް ވެގެން ގޮސްފައިވުމަކީ އެކަން ބަލައި އިހުމާލުވި ފަރާތްތަކަށް ފިޔަވަޅު އެޅެންޖެހޭ ކަމެއްކަމަށް ކޮންސްޓްރަކްޝަން އަދި އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މުއްތަލިބު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، 20 ރަށެއްގައި ފެނާއި ނަރުދަމާ އެޅުމަށް ފެނަކައާ ސަރުކާރުން ޙަވާލުކުރި އަގަށްވުރެ ބޮޑުކޮށް ސަބް ކޮންޓްރެކްޓްކޮށްފައި ވަނީ މާލިއްޔަތު ޤަވާޢިދުގެ ދަށުން ނަގަންޖެހޭ ހުއްދަ ނެގުމެއްނެތިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

''މިކަމުގެ ސަބަބުން ފެނަކައަށް އެތައް ސަތޭކަ މިލިއަން ރުފިޔާގެ ގެއްލުންވުމުގެ އިތުރަށް އެ ޕްރޮޖެކްޓްތައް ހިންގުމަށް އިތުރަށް ޚަރަދުކުރަން ޖެހުމާއި އަދި 20 ރަށެއްގެ ރައްޔިތުންނަށް ފެނާއި ނަރުދަމާގެ އަސާސީ ޚިދުމަތް ނުލިބި އެތައް އަހަރެއް ވެގެން ގޮސްފައިވުމަކީ އެކަން ބަލައި އިހުމާލުވި ފަރާތްތަކަށް ފިޔަވަޅު އެޅެންޖެހޭ ކަމެއް.'' މުއްތަލިބު ވިދާޅުވެފަވެއެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން 25 ސެޕްޓެމްބަރު 2023 ގައި ނެރުނު ފެނަކައިގެ ހާއްސަ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން، 2023 ވަނަ އަހަރު ނިމުނުއިރު ފެނަކަ ކޯޕަރޭޝަނުގެ ދަރަނި 379 ޕަސެންޓަށް އިތުރުވެފައިވެއެވެ. މިކަން މިގޮތަށް ދިމާވެފައިވަނީ ކުންފުންޏަށް ލިބުނު އާމްދަނީ ނުވަތަ ދައުލަތުން ޓެރިފްލޮސްގެ ގޮތުގައި ދިން ފައިސާ ނުފުދިގެނެއް ނޫންކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

އޮޑިޓް ރިޕޯޓުން ހާމަވި ގޮތުގައި، 2021 އާއި 2023 އާ ދެމެދު ފެނަކައިން ހިދުމަތާއި ތަކެތި ހޯދަން އެކި ފަރާތްތަކާ ހަވާލުކުރި 2.2 ބިލިއަން ރުފިޔާގެ މަސައްކަތުގެ ތެރެއިން 1.3 ބިލިއަން ރުފިޔާގެ މަސައްކަތް ހަވާލުކޮށްފައިވަނީ ވާދަވެރި ބީލަމަކާ ނުލައި، އުސޫލުން ބޭރުންނެވެ. މީގެ އިތުރުން، އާ އިންޖީނުގެތަކާއި އޮފީސް އިމާރާތްތައް އެޅުމަށް މާކެޓް ރޭޓަށް ވުރެ 767.3 މިލިއަން ރުފިޔާ އިތުރަށް ހަރަދުކޮށްފައިވާކަން ވެސް ފާހަގަކުރެވިފައިވެއެވެ.

އޮޑިޓަރ ޖެނެރަލް ވިދާޅުވެފައިވަނީ މިއީ "މެދުވެރިވި" ހާލަތެއް ނޫން ކަމަށާއި، "ކުރިމަތިކުރި" ހާލަތެއް ކަމަށް ބެލުމުގެ ފުރުސަތު އޮތް ކަމަށެވެ.

 

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެންމެ ނިކަމެތި ޙާލުގައި އުޅޭ ޢާއިލާތަކަށް ބޯހިޔާވަހިކަން ލިބޭ އުސޫލެއް ހަދަނީޚަބަރު | 5 ދުވަސް ކުރިންގޯއްޗާއި ފްލެޓަށް އެދި ބޮޑު ތަރުހީބެއް – 3000 އަށްވުރެ ގިނަ ފޯމުޚަބަރު | މަހެއް ކުރިންކުޅުދުއްފުށި ހައުސިންގ ޔުނިޓުތަކުގެ މަސައްކަތް މިއަހަރު ފަށާނަން: މިނިސްޓަރޚަބަރު | މަހެއް ކުރިންމި ދަޢުރުގައި ރަޖިސްޓްރީ ހަދާ، އިން ވަކިކޮށް ގޯތި ޙަވާލު ކުރާނަން: ވަޒީރު މުއްތަލިބުޚަބަރު | 2 މަސް ކުރިން