logo
Bank of Maldives

Bank of Maldives

ޚަބަރު

ައަމާޒަކީ ދައުލަތް ދަންނަ ބަޔަކަށް މަސްވެރިން ހެދުން - މިނިސްޓަރ

އަޙްމަދު ޒަލީފް
28 އޭޕްރީލު 2025 - 08:50
ައަމާޒަކީ ދައުލަތް ދަންނަ ބަޔަކަށް މަސްވެރިން ހެދުން - މިނިސްޓަރ

ބީއެމްއެލްއިން މަސްވެރިންނަށް މާލީ އެހީތެރިކަން ލިބޭނެ އިންތިޒާމްތައް ހަމަޖެހިގެންދިއުމުން މަސްވެރިންނަކީ ދައުލަތް ދަންނަ ބަޔަކަށް ވެގެންދާނެކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މަސްވެރިންގެ ދަފްތަރު އެކުލަވާލުމަށް އެ ވުޒާރާއިން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ޝިޔާމް ވިދާޅުވީ، ދަފްތަރު އެކުލަވާލުމަށް އެވުޒާރާގެ މުވައްޒަފުން ރާއްޖޭގެ އަތޮޅުތަކަށް ދަތުރުކޮށްފައިވާކަމަށާއި، މިހާތަނަށް ކުރެވުނު މަސައްކަތުން މަސްވެރިކަމުގައި ހަރަކާތްތެރިވާ %95 އިންސައްތަ އުޅަނދު ދަފްތަރުކުރެވިފައިވާކަމަށެވެ.

ވަޒީރު ވިދާޅުވީ، މަސްވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ ފަރާތްތަކަށް އެންމެ ބޮޑު ގޮންޖެހުމަކަށް ވެފައިވަނީ ބޭންކުތަކުން ލޯނުތައް ނުވަތަ ފައިނޭންސިންގ ހޯދުންކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި މިކަން ހައްލުކުރުމަށް ވޭތުވެދިޔަ ދުވަސްތަކުގައި ކުރެވުނު މަސައްކަތުގެ ތެރެއިން މަސްވެރިކަމުގެ ޤައުމީ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް މާލީ އެހީތެރިކަން ލިބޭނެ އިންތިޒާމްތައް މިއަދުވަނީ ހަމަޖެހިގެން ގޮސްފައިކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިކަމުގެ ސަބަބުން މަސްވެރިންނަކީ ސަރުކާރު ދަންނަ ބައެއްކަން ކަށަވަރުވެގެންދިޔައީކަމަށް ވަޒީރު ވިދާޅުވިއެވެ. 

އެމަނިކުފާނު މިހެން ވިދާޅުވީ، މަސްވެރިކަމުގެ ޤައުމީ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް މާލީ އެހީތެރިކަން ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް އެވުޒާރާއާއި ބީއެމްއެލްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. 

މުޢައްސަސާތަކާއި، ބޭންކުތަކުންނާއި ފައިނޭންޝަލް އިންސްޓިޓިއުޝަންތަކުން ލިބިދޭ މާލީ އެހީތެރިކަން ނިޒާމީގޮތެއްގައި މަސްވެރިންނަށް ހޯދާދެއްވުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ އެންމެ ބޮޑު އެއް މަސައްކަތަކީ މަސްވެރިން ދަފުތަރުކުރުމުގެ މަސައްކަތެވެ. އެގޮތުން މިމަސައްކަތުގެ ތެރެއިން މިދިޔަ އަހަރުގެ ފެބްރުއަރީ މަހު މަސްވެރިންގެ ޤައުމީ ދަފްތަރެއް ވަނީ އިފްތިތާހުކޮށްފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެކުއަކަލްޗާއަށް ފަޅު ރަށް ކުއްޔަށް ދޫކުރަން ހުޅުވާލައިފިޚަބަރު | މަހެއް ކުރިންޒުވާނުން މަސްވެރިކަމަށް ޝައުގުވެރިކުރުވަން އެލަވަންސާއެކު ތަމްރީނެއް ފަށަނީޚަބަރު | މަހެއް ކުރިންމަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ސަޢޫދީއާއެކު މަޝްވަރާކޮށްފިޚަބަރު | 2 މަސް ކުރިންމަސްވެރިކަމުގެ ދާއިރާއިން އިންވެސްޓްމަންޓް އިތުރުކުރުމަށް އެމެރިކާއާއެކު މަޝްވަރާކޮށްފިޚަބަރު | 2 މަސް ކުރިން