logo
Bank of Maldives

Bank of Maldives

ޚަބަރު

އިތުރު 13 ބިދޭސީއަކު އަތުލައިގެންފި

އަޙްމަދު ޒަލީފް
28 އޭޕްރީލު 2025 - 12:07
އިތުރު 13 ބިދޭސީއަކު އަތުލައިގެންފި

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް މާލޭގެ ދެ ސަރަހައްދެއް ބަލައި ފާސްކޮށް 13 ބިދޭސީން އަތުލައިގެންފިއެވެ.

މާލޭގެ އިތުރުން އިމިގްރޭޝަނުން ވަނީ އެ މުއައްސަސާގެ އޮޕަރޭޝަންތައް އަތޮޅުތެރެއަށް ވެސް ފުޅާކޮށްފައެވެ. އެގޮތުން މި މަހު ރ. ދުވާފަރުގައި ހިންގި އޮޕަރޭޝަނެއްގައި ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 51 ބިދޭސީއަކު ވަނީ އަތުލައިގެންފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން ހޯދުމަށް އިމިގްރޭޝަންގެ ޓާސްކް ފޯސްއިން އިއްޔެ ވަނީ ޒިކުރާ މިސްކިތް ސަރަހައްދާއި ބޮނޑިބަތް ޕާކު ސަރަހައްދު ބަލައި ފާސްކޮށްފައެވެ. މި ދެ ސަރަހައްދަކީ ވެސް އާންމުކޮށް ގިނަ ބިދޭސީން އުޅޭ ދެ ސަރަހައްދެވެ. 

IMG_6342.jpeg

އިމިގްރޭޝަނުން ބުނީ ޒިކުރާ މިސްކިތް އަދި ބޮނޑިބަތް ޕާކު ސަރަޙައްދުގައި ހަރަކާތްތެރިވަމުން ދިޔަ ބިދޭސީން މި އޮޕަރޭޝަނުގެ ތެރެއިން ބަލައި ފާސްކޮށްފައި ވާ ކަމަށެވެ. އެގޮތުން، 35 ބިދޭސީއަކު ޗެކުކޮށް އޭގެތެރެއިން 13 މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް އެ މުއައްސަސާއިން މައުލޫމާތު ދެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދިވެހިންނަށް ފުރުސަތު އިތުރުވާނެހެން ބޭރުގެ ވިޔަފާރިތަކަށް ބައެއް ދާއިރާތައް މަނާކޮށްފިޚަބަރު | 17 ދުވަސް ކުރިންބިދޭސީންގެ ފީ ނުދައްކާތީ 8000 އަށްވުރެ ގިނަ ފަރާތްތައް ސަސްޕެންޑްކޮށްފި ޚަބަރު | 2 މަސް ކުރިންޤަވާއިދާ ޚިލާފުވި 25 ބިދޭސީއަކު އަތުލައިގެންފި ޚަބަރު | 3 މަސް ކުރިންމިދިޔަ މަހުގެ ނިޔަލަށް 7600 އަށް ވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްފިޚަބަރު | 4 މަސް ކުރިން