މެޑަމް، މެކް ފައުންޑޭޝަންގެ މަންދޫބުންނާއެކު ސިއްހީ ދާއިރާއިން މަޝްވަރާކުރައްވައިފި

މެޑަމް ސާޖިދާއަކީ މެކް ފައުންޑޭޝަންގެ "މޯ ދެން އަ މަދަރ" ޕްރޮގްރާމުގެ އެންބެސެޑަރެއްކަން ފާހަގަކުރައްވާ ފިލާ އެރުވުން -- ފޮޓޯ: ރައީސް އޮފީސް

02 މޭ 2025 - 03:49
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، މެކް ފައުންޑޭޝަންގެ މަންދޫބުންނާއެކު ސިއްހީ ދާއިރާއިން މަޝްވަރާކުރައްވައިފިއެވެ.
މި މަޝްވަރާ ކުރިއަށް ގޮސްފައި ވަނީ މެޑަމް ސާޖިދާގެ އަރިހަށް، މެކް ފައުންޑޭޝަންގެ ބޯޑް އޮފް ޓްރަސްޓީސްގެ ޗެއާމަން، އަދި އީ. މެކް ކޭޖީ ގެ އެގްޒެކެޓިވް ބޯޑުގެ ޗެއާމަން، ޕްރޮފެސަރ ޑޮކްޓަރ ފްރޭންކް ސްޓަންގެންބަރގް ހަވަރކެމްޕް އާއި، މެކް ފައުންޑޭޝަންގެ ޗީފް އެގްޒެކެޓިވް އޮފިސަރ ސެނެޓަރ ޑޮކްޓަރ ރަޝާ ކެލެޖް، ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ. މި ބައްދަލުވުން ކުރިއަށްގެންދަވާފައިވަނީ މުލީއާގޭގައެވެ.
މި ބައްދަލުވުމުގައި ޕްރޮފެސަރ ޑޮކްޓަރ ސްޓަންގެންބަރގް ހަވަރކެމްޕް އާއި، ސެނެޓަރ ޑޮކްޓަރ ކެލެޖް ވަނީ، މެކް ފައުންޑޭޝަން މެދުވެރިވެގެން ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާ އިތުރަށް ކުރިއެރުވުމަށް، މެޑަމް ސާޖިދާއެކު ކުރެވިދާނޭ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އެގޮތުން ވަކި ދާއިރާތަކުން ޚާއްޞަވުމަށް ޑޮކްޓަރުން ހޯދަންޖެހޭ ތަމްރީނުގެ ފުރުޞަތުތައް ފަހިކޮށްދިނުމާއި، ސްކޮލަޝިޕްގެ ފުރުޞަތުތަކާ ބެހޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާކުރައްވާފައިވެއެވެ. މި މަޝްވަރާގައި މެޑަމް ސާޖިދާ ވަނީ، ރާއްޖޭގެ ސިއްޙީ ދާއިރާއާ ގުޅުންހުރި މަޢުލޫމާތުތައް ހިއްސާކުރައްވައި ޞިއްޙީ ނިޒާމު ހަރުދަނާކުރެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ އަރިހަށް، މެކް ފައުންޑޭޝަންގެ މަންދޫބުން ޒިޔާރަތްކުރެއްވުމުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް
ބައްދަލުވުން ނިންމަވާލައްވަމުން މެކް ފައުންޑޭޝަނުގެ މަންދޫބުން ވަނީ، ރާއްޖޭގެ ޞިއްޙީ ދާއިރާގެ ޤާބިލުކަން އިތުރުކޮށް، ދަރިމައިވުމާ ގުޅުންހުރި ކުށްހީތައް ނައްތާލައި އަންހެނުން ބާރުވެރިކުރުމަށް މެޑަމް ސާޖިދާ ކުރައްވާ މަސައްކަތްތަކުގެ އަގުވަޒަންކުރައްވާފައެވެ. އަދި އެކަމަނާ އަކީ މެކް ފައުންޑޭޝަންގެ "މޯ ދެން އަ މަދަރ" ޕްރޮގްރާމުގެ އެންބެސެޑަރެއްކަންވެސް ފާހަގަކުރައްވާފައިވެއެވެ. މި ޕްރޮގްރާމަކީ، ދަރިމައިވުމުގެ ޞިއްޙަތާ ގުޅުންހުރި ސިޔާސަތުތައް އެކުލަވާލުމުގައްޔާއި، އެކަމާ ގުޅުންހުރި ފަރުވާގެ ޤާބިލުކަން އިތުރުކުރުމުގައްޔާއި، ދަރިމައިވުމާ ގުޅުންހުރި ކުށްހީތައް ނައްތާލުމުގައްޔާއި، ދަރިމައިވުމުގެ މައްސަލަތަކުން ރައްކާތެރިވުމާއި ދަރިންލިބުމުގައި ފިރިހެނުންނަށް ދިމާވާ މައްސަލަތަކާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި، އެފްރިކާ އަދި އޭޝިޔާގެ ފަރސްޓް ލޭޑީންނާއި އަންހެން އިސްވާރުންނާއެކު ހަރަކާތްތަކެއް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ
މެރކް ފައުންޑޭޝަން އެފްރިކާ އޭޝިއާ ލޫމިނަރީގެ 11 ވަނަ އަހަރީ ކޮންފަރެންސްގެ ޝަރަފުވެރި މެހުމާންގެ ހައިސިއްޔަތުން، މެޑަމް ސާޖިދާ މުޙައްމަދު ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ޓެންޒެނިޔާގެ ދާރުއްސަލާމަށް ވަޑައިގެންފައެވެ. އެ ދަތުރުފުޅުގައި، ފަސްޓް ލޭޑީސްގެ މަތީފަންތީގެ ޕެނަލްގައި އެކަމަނާ ވަނީ ކީނޯޓް ތަޤުރީރެއް ދެއްވާ، މެކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނީޝިއެޓިވް ކޮމިޓީ ބައްދަލުވުމުގައި ވާހަކުފުޅުދައްކަވާފައެވެ.
އިތުރު ލިޔުންތައް

އޯޓިޒަމާ މެދު ދެކޭގޮތް ބަދަލުކޮށް ހޭލުންތެރިވާން ފަސްޓް ލޭޑީ ގޮވާލައްވައިފި
4 މަސް ކުރިން
މަހުރަޖާނުލް ޤުރުއާނިލްކަރީމް 1446ގެ ހުށަހަޅުންތެރީންނަށް ހަނދާނީ ލިޔުން މެޑަމް ސާޖިދާ ހަވާލުކޮށްދެއްވައިފި
3 މަސް ކުރިންއެމްޑީޕީން ދައްކަނީ ދަރިފުޅުގެ ހެދިބޮޑުވުމަށް ނޭދެވޭ އަސަރު ކުރާނޭފަދަ ދޮގު ވާހަކަތައް: މެޑަމް ސާޖިދާ
3 މަސް ކުރިން