logo
ޚަބަރު

ޑެންގީ ހުމާއި އަރިދަފުސް ރޯގާ ޖެހޭ މިންވަރު އިތުރު: އެޗްޕީއޭ

އައިޝަތު އަޙްމަދުއައިޝަތު އަޙްމަދު
16 ސެޕްޓެމްބަރު 2024 - 08:51
އައިޖީއެމްއެޗް
އައިޖީއެމްއެޗް

ރާއްޖޭގެ ގިނަ އަތޮޅުތަކުގައި ޑެންގީ ހުމާއި ވައިރަލް ހުމުގެ އިތުރުން، އަރިދަފުސް ރޯގާ ޖެހޭ މިންވަރު އިތުރުވެފައިވާ ކަމަށް ހެލްތު ޕްރޮޓޭކްޝަން އެޖެންސީ(އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެޗްޕީއޭއިން ވަނީ މިމަހުގެ މަންތުލީ ކޮމިއުނިކޭބަލް ޑިޒީޒް ރިޕޯޓު އާންމުކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ ރިޕޯޓުގައިވާ ގޮތުން އެވްރަޖް އިންސިޑަންޓު ރޭޓާއި، ކޮންމެ 10،000 މީހުންގެ އާބާދީގެ ނިސްބަތުން ބަލިޖެހިފައިވާ މީހުންގެ މިންވަރާ އަޅާ ބަލާއިރު، ޑެންގީ ހުމާއި، ވައިރަލް ހުން، ބޭރަށް ހިންގުމުގެ އިތުރުން އަރިދަފުސް ރޯގާ ވަނީ އިތުރުވެފައެވެ.

އެ ތަފާސް ހިސާބުތަކަށް ބަލާއިރު، މި ބަލިތައް ބޮޑަށް އިތުރުވެފައިވަނީ ބ، ކ، އއ، ފ، ލ، އަދި ޏ އަތޮޅުގައެވެ.

މިއަހަރުގެ އޯގަސްޣު މަހާ އަޅާ ބަލާއިރު އާއްމުކޮށް ރިޕޯޓުކުރެވޭ ބަލިތަކުގެ ތެރެއިން ޑެންގީ ހުން ފިޔަވައި އެހެން ބަލިތައް ވަނީ އިތުރުވެފައެވެ.

އެޗްޕީއޭއިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ވައިރަލް ހުން ޖެހިގެން 12461 ކޭސް ވަނީ ރިޕޯޓުކޮށްފައެވެ. އަދި ޑެންގީ ހުން ޖެހިގެން މިހާތަނަށް 393 ކޭސް ރިޕޯޓުކޮށްފައިވާއިރު، އަރިދަފުސް ރޯގާ ޖެހިގެން 32258 ކޭސް ވަނީ ރިޕޯޓުކޮށްފައެވެ. މީގެ އިތުުރުން ބޭރަށް ހިންގުމާއި ހޮޑުލުމުގެ 5460 ކޭސް ވަނީ ރިޕޯޓުކޮށްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދުންފަތުގެ ވިޔަފާރިކުރުމުގެ ލައިސަންސް ނެގުމަށް އެޗްޕީއޭއިން ހަނދާންކޮށްދީފިޚަބަރު | 2 މަސް ކުރިންމެނިންގޯކޮކަލް ބަލީގެ ކޮންޓެކްޓް ޓްރޭސިން ހަދައިފިޚަބަރު | 3 މަސް ކުރިންރާއްޖެއިން، ނުރައްކާތެރި މެނިންގޯކޮކަލް ބަލީގެ ކޭސްއެއް ފެނިއްޖެޚަބަރު | 3 މަސް ކުރިންވައި ނުސާފު ވަގުތުތަކުގައި ރައްކާތެރިވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި ޚަބަރު | 8 މަސް ކުރިން