logo
Bank of Maldives

Bank of Maldives

ޚަބަރު

މެނިންގޯކޮކަލް ބަލީގެ ކޮންޓެކްޓް ޓްރޭސިން ހަދައިފި

މެނިންގޯކޮކަލް ބަލީގެ ކޮންޓެކްޓް ޓްރޭސިން ހަދައިފި

މެނިންގޯކޮކަލް ބަލީގައި ރާއްޖެއިން ޒުވާނަކު ނިޔާވުމާ ގުޅިގެން ހެދި ކޮންޓެކްޓް ޓްރޭސިންގައި، އެ ބަލި ޖެހިފައިވާ އިތުރު މީހަކު ރާއްޖެއިން ފެނިފައިނުވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.

މި މަހު އެ ބަލީގައި ނިޔާވީ އުމުރުން 24 އަހަރުގެ ޒުވާން ފިރިހެނެކެވެ. އޭނާ ނިޔާވީ މެލޭޝިއާ އަށް ކުރި ދަތުރަކަށް ފަހު ރާއްޖެ އައި ތަނާ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ނޭވާލާ ނިޒާމުގެ ޒަރިއްޔާ އިން ފެތުރޭ ގައިންގަޔަށް އަރާ އެބަލީގައި ޒުވާނާ ނިޔާވުމާ ގުޅިގެން އޭރު އެޗްޕީއޭ އިން ވަނީ ކޮންޓެކްޓް ޓްރޭސިން ހަދައިފަ އެވެ. މި ކޮންޓެކްޓް ޓްރޭސިން ހަދަން ފެށީ މި މަހުގެ ހަތް ވަނަ ދުވަހެވެ.

އެޗްޕީއޭގެ އޮފިޝަލަކު މިއަދު ވިދާޅުވީ މަރުވި ޒުވާނާއާ ކޮންޓެކްޓްވި އެއްވެސް މީހެއްގެ ބަލީގެ އަލާމާތްތައް ފެނިފައިނުވާ ކަމަށާއި ބަލި ޖެހިފައިވާ އިތުރު މީހަކު ވެސް ފެނިފައިނުވާ ކަމަށެެވެ.

އެ ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ ހުން އައުމާއި ހަމުގައި ރަތް ބިހިތަކެއް ނެގުމާއި ބޮލުގައި ރިއްސުމެވެ.

ބަލީގައި ބޮޑުވަރުވުމުން ސިކުނޑި އަށް އަސަރު ކުރުން (މެނިންޖައިޓިސް) އަދި މުޅި ހަށިގަނޑަށް އިންފެކްޝަން ފެތުރުން (ސެޕްސިސް) އެކަށީގެންވެ އެވެ.

މެނިންގޯކޮކަލް ބަލި ޖެހިފައިވާ މީހަކާ އެކު، ގިނަ ވަގުތު ވަރަށް ގާތްކޮށް އުޅޭ މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ. ބަލީގެ އަލާމާތްތައް ފެންނާނީ ބަލިޖެހޭތާ އެއް ދުވަހާ 10 ދުވަހާ ދެމެދު އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހޫނުވުމާއި ގުޅިގެން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފިޚަބަރު | މަހެއް ކުރިންމިދިޔަ މަހު ގައިން ގަޔަށް އަރާ ބަލިތައް ފެތުރުނު މިންވަރު ދަށަށް ހިނގައްޖެޚަބަރު | 2 މަސް ކުރިންރޯގާއާއި ބޭރަށް ހިންގުމުގެ ކޭސްތައް މިދިޔަމަހު އިތުރުޚަބަރު | 3 މަސް ކުރިންނިޕާ ވައިރަސް ފެތުރޭތީ ސަމާލުވާން އެޗްޕީއޭ އިން އިލްތިމާސްކޮށްފިޚަބަރު | 3 މަސް ކުރިން