logo
Bank of Maldives

Bank of Maldives

ޚަބަރު

ވައި ނުސާފު ވަގުތުތަކުގައި ރައްކާތެރިވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި

ރަނާ އަޙްމަދު ފަޔާޒް
19 ޖެނުއަރީ 2025 - 09:47
މާލެ ސަރަހައްދުގައި ވައި ނުސާފު ދުވަހެއް -- ފޮޓޯ: މިހާރު
މާލެ ސަރަހައްދުގައި ވައި ނުސާފު ދުވަހެއް -- ފޮޓޯ: މިހާރު

ވައި ނުސާފުވާ ވަގުތުތަކުގައި ރައްކާތެރިކަމުގެ އެންމެހައި ފިޔަވަޅެއް އެޅުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭއިން މިކަމަށް ސަމާލުވުމަށް އަންގައި ނެރުނު ބަޔާނުގައި ވަނީ ވައި ނުސާފުވާ ވަގުތުގައި ރައްކާތެރިވާން ޖެހޭ ކަންތައްތަކުގެ ތެރޭގައި ފުއްޕާމޭގެ ބަލިތަކާއި، ހިތުގެ ބަލި، އެލާޖީ ހުންނަ މީހުން ގެއިން ބޭރުގައި ގިނަ ވަގުތު ހޭދަނުކުރުމާއި، ބޭރަށް ނުކުންނަ ވަގުތު ރައްކާތެރި މާސްކް އެޅުމާއި، ކުޑަކުދިންނާއި ދޮށީ އުމުުރުގެ މީހުންނާއި މާބަނޑު އަންހެނުން ބޭރުގައި ގިނަ ވަގުތު ހޭދަ ނުކުރަން އެދިފައެވެ. މީގެ އިތުރުން ވެސް ގޭ ދޮރުތައް އަބަދު ލައްޕާފައި ބެހެއްޓުމާއިއެކު، ބޭރުގައި ކުޅުމާއި ކަސްރަތު ޕްރޮގްރާމްތައް މިދުވަސްކޮޅަށް މަޑު ޖައްސާލުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހާއްސަކޮށް މިދުވަސް ވަރަކީ ވައި ނުސާފު ދުވަސްވަރަކަށް ވުމުން މި ހުރިހާ ކަމަކަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

އިރުވައި މޫސުން ފެށުމާއެކު އަނެއްކާ ވެސް ވައި ނުސާފުވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.

މޫސުން ބަދަލުވެ ވައި ޖެހޭ މިސްރާބު ބަދަލުވުމުގެ ސަބަބުން ރާއްޖޭގެ ވައި ނުސާފު ވަނީ، އިންޑިއާގައި އުފެދޭ ހިރަފުހާއި ކުނޑިތައް ވަޔާއެކު ރާއްޖެއަށް އައުމުގެ ސަބަބުންކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހޫނުވުމާއި ގުޅިގެން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފިޚަބަރު | 18 ގަޑިއިރު ކުރިންމިދިޔަ މަހު ގައިން ގަޔަށް އަރާ ބަލިތައް ފެތުރުނު މިންވަރު ދަށަށް ހިނގައްޖެޚަބަރު | 8 ދުވަސް ކުރިންވައިގެ ނުސާފުކަން އިންތިހާއަށް! ދުރުން ފެންނަނީ އެންމެ ދެ ކިލޯމީޓަރުޚަބަރު | މަހެއް ކުރިންރޯގާއާއި ބޭރަށް ހިންގުމުގެ ކޭސްތައް މިދިޔަމަހު އިތުރުޚަބަރު | މަހެއް ކުރިން