logo
Bank of Maldives

Bank of Maldives

ޚަބަރު

ވައިގެ ނުސާފުކަން އިންތިހާއަށް! ދުރުން ފެންނަނީ އެންމެ ދެ ކިލޯމީޓަރު

އިސްމާޢިލް ރާތިޢު
17 ފެބްރުއަރީ 2026 - 05:08
ވައިގެ ނުސާފުކަން އިންތިހާއަށް! ދުރުން ފެންނަނީ އެންމެ ދެ ކިލޯމީޓަރު

ދުންފުހުގެ އަސަރު ގަދަވެ، މާލެ ސަރަހައްދުގައި މިއަދު ދުރު ފެންނަ މިންވަރު އެންމެ ދެ ކިލޯމީޓަރަށް ދަށްވެފައިވާ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

ކުރިއަށް އޮތް ފަސް ދުވަހު ރާއްޖެއަށް ދުންފުހުގެ އަސަރު، ނުރައްކާ މިންވަރަށް ކުރާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން އިންޒާރުދީފައި ވާއިރު، މިއަދު އެންމެ ބޮޑަށް ވައި ނުސާފީ މާލެ ސަރަހައްދަށެވެ. ދެން އެންމެ ބޮޑަށް ވައި ނުސާފީ ރާއްޖޭގެ އުތުރާއި މެދުތެރޭގެ އަތޮޅުތަކަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން މި ހިސާބުތަކަށް ދުރު ފެންނަ މިންވަރަށް ބަލާއިރު، މާލެ ސަރަހައްދަށް ދުރު ފެންނަނީ އެންމެ ދެ ކިލޯމީޓަރެވެ. އުތުރަށް ބަލާއިރު، ހަނިމާދޫއަށް ދުރު ފެންނަނީ ތިން ކިލޯމީޓަރެވެ. މެދު ރާއްޖެތެރެއަށް ބަލާއިރު، ކައްދޫއަށް ދުރު ފެންނަނީ ހަތަރު ކިލޯމީޓަރެވެ. އަދި ދެކުނުން އައްޑޫއަށް ހަތް ކިލޯމީޓަރެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނެފައިވާގޮތުން ކުރިއަށް 2-3 ދުވަހުވެސް މުޅި ރާއްޖެއަށް ވައި ނުސާފުވާނެއެވެ. ކޮންމެއަހަރަކު، އިރުވައި މޫސުމުގައި ކުރިމަތިވާ ދުންފުސްކަމުގެ މައްސަލައަކީ ރާއްޖޭގެ އުތުރުން އިންޑިއާ އަދި ހިމާލިޔާ ސަރަޙައްދުން އަންނަ ފުސްދުމުގެ ސަބަބުން ކުރިމަތިވާ މައްސަލައެކެވެ.

ނަމަވެސް މިވަގުތު ވައިނުސާފު މިންވަރު ހުރީ އާންމު ސިއްޙަތަށް ނުރައްކާވަ މިންވަރުގައެވެ. މިއާއެކު، ސިއްޙީގޮތުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީންވެސް އިލްތިމާސްކޮށްފައި ވެއެވެ. ވަކީން ޚާއްސަކޮށް ތުއްތު ކުދިންނާއި އުމުރުން ދުވަސްވީ މީހުން އަދި ފުއްޕާމޭގެ އެކި ބަލިތަކާއި ބޮޑެތި ބަލިތައް ތަޙައްމަލުކުރާ މީހުން ޚާއްސަ ސަމަލުކަމެއް ދިނުމަށް އެޗްޕީއޭއިން އެދިފައިވެއެވެ.

ވައި ނުސާފުވުމުގެ ސަބަބުން ދިމާވެދާނެ ބައެއް ޞިއްޙީ މައްސަލަތަކަށް ބަލާއިރު، ލޯ، ނޭފަތް، ކަރުތެރެ އަދި ހަންގަނޑު ހިރުވުން، ކެއްސުމާއި ނޭވާލުމަށް އުނދަގޫވުން އަދި ނޭވާހިއްލުން ނުވަތަ ފުއްޕާމޭގެ ބަލިތައް އިތުރަށް ގޯސްވުން ފާހަގަކޮށްލެވެއެވެ.

މިކަމުން ރައްކާތެރިވުމަށް، ބޭރަށް ނިކުމެ އުޅޭ މިންވަރު ވީހާވެސް ބޮޑަށް މަދުކުރުމާއި ބޭރަށް ނިކުންނަ ޙާލަތުގައި މާސްކު ބޭނުންކުރުމަކީ އެންމެ ރައްކާތެރި ގޮތެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވައިގެ ނުސާފުކަން އިންތިހާއަށް! ދުރުން ފެންނަނީ އެންމެ ދެ ކިލޯމީޓަރުޚަބަރު | 2 ގަޑިއިރު ކުރިންާއަނެއްކާވެސް ދުންފުހުގެ އަސަރު ނުރައްކާ މިންވަރަކަށް އިތުރުވެއްޖެޚަބަރު | 19 ދުވަސް ކުރިންކުރިއަށް އޮތް 5 ދުވަހު ބައެއް ސަރަހައްދަށް ނުރައްކާވާ މިންވަރަށް ވައި ނުސާފުވާނެޚަބަރު | މަހެއް ކުރިންރާއްޖޭގެ ބޮޑު ސަރަހައްދަކަށް ނުރައްކާ މިންވަރަކަށް ވައި ނުސާފުވެއްޖެޚަބަރު | މަހެއް ކުރިން