logo
Bank of Maldives

Bank of Maldives

ޚަބަރު

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ނުރައްކާ މިންވަރަކަށް ވައި ނުސާފުވެއްޖެ

އިސްމާޢިލް ރާތިޢު
7 ޖެނުއަރީ 2026 - 07:29
ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ނުރައްކާ މިންވަރަކަށް ވައި ނުސާފުވެއްޖެ

މުޅި ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މިއަދު, ސިއްހަތަށް ނުރައްކާ މިންވަރަށް ވައި ނުސާފުވެފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެފިއެވެ.

އާންމުކޮށް ކޮންމެ އަހަރެއްގެ ވެސް މި ދުވަސްވަރު އިރުއުތުރުން ވައި ޖެހޭނަމަ, އިންޑިއާ ސަރަހައްދުން އަންނަ ނުސާފު ވަޔާއެކު ރާއްޖޭގެ ޖައްވުވެސް ނުސާފުވުމުގެ ސަބަބުން ސިއްހީ މައްސަލަތައް ކުރިމަތިވުމުގެ އިތުރުން ދުރުފެންނަ މިންވަރު ދަށަށްދެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވައި ސާފު މިންވަރު ބުނެދޭ, އައިކިޔުއެއާ އެޕުން ދައްކާ ގޮތުގައި މިއަދު މާލެ ސަރަހައްދާއި ދ. އަތޮޅުގެ އިތުރުން ލ. އަތޮޅު ހިމެނޭހެން ބޮޑު ސަރަހައްދަކަށް ވައި ވަނީ ސިއްހަތަށް ނުރައްކާ މިންވަރަކަށް ނުސާފުވެފައެވެ. އެއީ "ރެޑް އެލާޓް" ލެވަލްއެވެ.

މީގެ އިތުރުން ރާއްޖޭގެ އެންމެ ދެކުނާއި ފުވައްމުލަކަށް ވައި ހުރީ އޮރެންޖް އެލާޓް ލެވަލްގައެވެ. އޭގެ މާނައަކީ ސިއްހީ ގޮތުން ނާޒުކު މީހުންނަށް ނުރައްކާތެރި މިންވަރަކަށް ވައި ނުސާފެވެ.

އާދައިގެ މިންވަރަކަށް ނުވަތަ "މޮޑަރޭޓް" ލެވަލްއަކަށް ވައި ހުރީ އައްޑު އަތޮޅުގައި އެކަންޏެވެ.

ވައި ނުސާފުވުމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ސިއްހީ އިދާރާތަކުން އަބަދު ވެސް އިލްތިމާސްކުރެއެވެ. އެގޮތުން، ނުރައްކާތެރި ވަރަކަށް ވައި ނުސާފުވުމުން ނާޒުކު ހާލަތުގައިވާ މީހުންނާއި އެހެން މީހުންނަށް ވެސް ނޭވާލާ ނިޒާމުގެ މައްސަލަ ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭއިން ފާހަގަކޮށްފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރޭގައި، ނާޒުކު ހާލަތްތަކުގައިވާ މީހުން ކޮންމެހެން ބޭރަށް ނިކުންނަން ޖެހިގެން ނޫނީ ނުނިކުތުމާއި، ބޭރަށް ނިކުންނަން ޖެހޭ ހާލަތްތަކުގައި މާސްކު އެޅުމާއި، ވައި ނުވަންނަހެން ދޮރުތައް ލައްޕާފައި ބެހެއްޓުމާއި، އެއާ ޕިއުރިފަޔާ ބޭނުންކުރުން ހިމެނެއެވެ.

އެޗްޕީއޭއިން ވަނީ ވައި ނުސާފު ވަގުތުތަކުގައި ނާޒުކު ހާލަތުގައިވާ މީހުން ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތުކުރުން ފަދަ ކަންކަން މަޑުޖައްސާލަން ވެސް އިލްތިމާސްކޮށްފައެވެ.

މޫސުމާބެހޭ ގައުމީ އިދާރާ, މެޓުގެ އޮފިޝަލަކު ކުރިން ވިދާޅުވިގޮތުގައި މިހާރު މިޖެހޭ ގޮތަށް ވައި ޖެހޭއިރު, ފަސޭހައިން ވައި ސާފުވާނީ ވަރަށް ބޯކޮށް ވާރޭ ވެހިގެންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ނުރައްކާ މިންވަރަކަށް ވައި ނުސާފުވެއްޖެޚަބަރު | ދުވަހެއް ކުރިން މާލެ ސަރަހައްދުގައި ވައި ނުސާފުވެ، ރެޑް އެލާޓްގައި!ޚަބަރު | 17 ދުވަސް ކުރިންދުންފަތުގެ ވިޔަފާރިކުރުމުގެ ލައިސަންސް ނެގުމަށް އެޗްޕީއޭއިން ހަނދާންކޮށްދީފިޚަބަރު | 6 މަސް ކުރިންމެނިންގޯކޮކަލް ބަލީގެ ކޮންޓެކްޓް ޓްރޭސިން ހަދައިފިޚަބަރު | 7 މަސް ކުރިން