logo
Bank of Maldives

Bank of Maldives

ޚަބަރު

ކުރިއަށް އޮތް 5 ދުވަހު ބައެއް ސަރަހައްދަށް ނުރައްކާވާ މިންވަރަށް ވައި ނުސާފުވާނެ

މުޙައްމަދު އަފްރާޙް
20 ޖެނުއަރީ 2026 - 07:59
ކުރިއަށް އޮތް 5 ދުވަހު ބައެއް ސަރަހައްދަށް ނުރައްކާވާ މިންވަރަށް ވައި ނުސާފުވާނެ

ކުރިއަށް އޮތް 5 ދުވަހު ބައެއް ސަރަހައްދަށް ވައި ނުސާފުވާނެ ކަމުގައި މެޓް އޮފީހުން ބުނެފިއެވެ.

މެޓް އޮފީހުން ބުނީ ކުރިއަށް އޮތް 5 ދުވަހު ރާއްޖޭގެ އުތުރާއި މާލެ ސަރަހައްދުގެ ރަށްތަކަށް ނުރައްކާ މިންވަރަކަށް ވައި ނުސާފުވާނެ ކަމަށެވެ. އަދި މިއަދުވެސް ރާއްޖޭގެ އެކި ސަރަހައްދަށް ވަރަށް ބޮޑަށް ވައި ނުސާފުވާނެ ކަމަށް ލަފާކޮށްފައި ވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އައިކިއުއެއަރއިން ދައްކާފައިވާ ގޮތުގައި، މިއަދު މާލޭގެ ވައިގެ ކޮލިޓީ އުޅެނީ 111 ގައެވެ. އަދި މާލޭގެ ވައިގައި ހިރަފުހާއި ދުމާއި ކުނޑި އުޅެނީ ކޮންމެ ކިއުބިކް މީޓަރަކަށް 39.8 މައިކްރޯގްރާމުގައެވެ. އެއީ ސިއްހަތާ ބެހޭ ޖަމިއްޔާއިން ކަނޑައަޅާފައިވާ ވަރަށް ވުރެ، ވައިގައި ހިރަފުސް 8 ގުނަ އިތުރު އަދަދެކެވެ.

މާލޭގެ ވައިގެ ކޮލިޓީ މިހާރު އުޅެނީ 111ގައެވެ. އަދި 101އާއި 150އާ ދެމެދު ވައިގެ ކޮލިޓީ ހުންނަނަމަ، ނާޒުކު ހާލަތުގައިވާ ފަރާތްތަކަށާއި އެހެން މީހުންނަށް ނޭވާލާ ނިޒާމުގައި މައްސަލަ ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް އެޗްޕީއޭ ވަނީ މީގެކުރީން ވެސް ހާމަކޮށްފައެވެ.

ވައިގެ ނުސާފު މިންވަރު ސިއްޙަތަށް ނުރައްކާވާ މިންވަރެއްގައި މިހާރުހުރިއިރު، ހާއްސަކޮށް ނޭވާލާ ނިޒާމާއި، ފުއްޕާމޭގެ ސިއްހީ އެކި މައްސަލަތައް ހުންނަ މީހުންނާއި، އެކި ބަލިތައް ތަހައްމަލު ކުރާ މީހުން އަދި ތުއްތު ކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި މާބަނޑު މީހުންނަށް ނުރައްކާ ބޮޑެވެ.

އެހެންކަމުން ކޮންމެހެން ނިކުންނަން ޖެހިއްޖެ ހާލަތެއްގައި މެނުވީ ބޭރަށް ނުނިކުތުމަށާއި، ނިކުންނައިރުވެސް އެން.95 މާސްކް ބޭނުން ކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުރިއަށް އޮތް 5 ދުވަހު ބައެއް ސަރަހައްދަށް ނުރައްކާވާ މިންވަރަށް ވައި ނުސާފުވާނެޚަބަރު | ގަޑިއިރެއް ކުރިންދުންފުހުގެ އަސަރު ދަނީ ދަށްވަމުންޚަބަރު | 9 ދުވަސް ކުރިންކަނޑުދަތުރު ކުރަށްވާ ފަރާތްތަކުން މޫސުމަށް ސަމާލުވޭ: މެޓްޚަބަރު | 13 ދުވަސް ކުރިންރާއްޖޭގެ ބޮޑު ސަރަހައްދަކަށް ނުރައްކާ މިންވަރަކަށް ވައި ނުސާފުވެއްޖެޚަބަރު | 13 ދުވަސް ކުރިން