logo
Bank of Maldives

Bank of Maldives

ޚަބަރު

ކުރިއަށް އޮތް ތިން ދުވަހުވެސް ވިއްސާރަކުރާނެ: މެޓް

ޒިދާން މުޙައްމަދު
25 އޭޕްރީލު 2026 - 10:13
ކުރިއަށް އޮތް ތިން ދުވަހުވެސް ވިއްސާރަކުރާނެ: މެޓް

ކުރިއަށް އޮތް 3 ދުވަހުވެސް ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ވިއްސާރައާއެކު ގުގުރުންވެސް އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ލަފާކޮށްފިއެވެ.

މެޓް އޮފީހުން ނިމުތުކުރަނީ، ކުރިއަށް އޮތް 72 ގަޑިއިރުގެ ތެރޭގައި ވައިއެނބުރޭނީ މަޑުން ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 3 މޭލާއި 10 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށެވެ. އަދި ބައެއް ރަށްތަކަށް ކެރީގެ އަސަރުފޯރި ނަމަވެސް ބޯކޮށް ވާރޭ ނުވެހޭނެ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރާއްޖޭގެ ކަނޑުތައް ވެސް މަޑުވާނެ ކަމަށް އެ އިދާރާއިން ލަފާކުރެއެެވެ. ރާޅުގެ އެންމެ އުސްމިން ހުންނާނީ 3 ފޫޓުގައި ކަމަށްވެސް ނިމުތުކޮށްފައިވެއެވެ.

ނަކަތުން މިއީ ހުޅަނގު މޫސުމުގެ ދެވަނަ ނަކަތް ބުރުނުއެވެ. މި ނަކަތް ފެށޭނީ ގަދަވަޔާއި ވިއްސާރައިންނެވެ. ވައިގަދަވުމުގެ ސަބަބުން ކަނޑުތައް ވެސް ވަރަށް ގަދަވާނެއެވެ. ނަމަވެސް ފަހަށް ދާވަރަކަށް ވައިމަޑުވެ އަވިގަދަވެ މޫސުން ރަނގަޅުވާނެއެވެ.

މި ނަކަތަކީ ވައި އެނބުރޭ ނަކަތަކަށްވާތީ ވައިޖެހޭނީ އެކިފަހަރު އެކި ދިމާއިންނެވެ. ނަމަވެސް ޢާންމުގޮތެއްގައި ވައިޖެހޭނީ ހުޅަނގުންނެވެ. ވައި ހުންނާނީ ޢާންމުގޮތެއްގައި 18.52 ކިލޯމީޓަރު ބާރުމިނުގައެވެ. ވާރޭ ވެހޭ ނިސްބަތް ހުންނާނީ އެވްރެޖްކޮށް 2.59 އިންޗިއަށެވެ.

އަވިދޭނީ އެވްރެޖްކޮށް 115.4 ގަޑިއިރުއެވެ. މި ނަކަތުގައި މަސްވެރިކަން އެހާ ރަނގަޅެއް ނުވާނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުރިއަށް އޮތް ތިން ދުވަހުވެސް ވިއްސާރަކުރާނެ: މެޓްޚަބަރު | 2 ގަޑިއިރު ކުރިންއެކިހިސާބަށް ކެރީގެ އަސަރުފޯރައި ގުގުރުން އެކަށީގެންވޭ: މެޓްޚަބަރު | ދުވަހެއް ކުރިންކެރީގެ އަސަރު ފޯރިޔަސް ވަޔާއި ކަނޑު މަޑުވާނެ: މެޓްޚަބަރު | 6 ދުވަސް ކުރިންބައެއް ރަށްތަކަށް ކެރީގެ އަސަރުފޯރައި ގުގުރުން އެކަށީގެންވޭ: މެޓްޚަބަރު | 7 ދުވަސް ކުރިން