logo
Bank of Maldives

Bank of Maldives

ޚަބަރު

މޫސުން ލަފާކުރެވޭ ގޮތް: އާންމު ގޮތެއްގައި ރަނގަޅުވާނެ

ޒިދާން މުޙައްމަދު
21 އޭޕްރީލު 2026 - 12:54
Aerial view of Mathikilhi Eco Garden Meedhoo with hut, swamp, and lake, Addu Atoll, Maldives.
Aerial view of Mathikilhi Eco Garden Meedhoo with hut, swamp, and lake, Addu Atoll, Maldives.

ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ ހުރހާ ހިސާބަކަށް ވެސް މޫސުން ރަނގަޅުވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ލަފާކޮށްފިއެވެ.

މެޓް އޮފީހުން ނިމުތުކުރަނީ، ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ވައިއެނބުރޭނީ މަޑުން ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 3 މޭލާއި 10 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށެވެ. އަދި ބައެއް ރަށްތަކަށް ކެރީގެ އަސަރުފޯރި ނަމަވެސް ބޯކޮށް ވާރޭ ނުވެހޭނެ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރާއްޖޭގެ ކަނޑުތައް ވެސް މަޑުވާނެ ކަމަށް އެ އިދާރާއިން ލަފާކުރެއެެވެ. ރާޅުގެ އެންމެ އުސްމިން ހުންނާނީ 3 ފޫޓުގައި ކަމަށްވެސް ނިމުތުކޮށްފައިވެއެވެ.

އައްސިދަ (8 އޭޕްރީލުން 21 އޭޕްރީލަށް)

މިއީ ހުޅަނގު މޫސުމުގެ ފުރަތަމަ ނަކަތް އައްސިދައެވެ. މި ނަކަތުގެ ފެށޭކޮޅު ޢާންމުގޮތެއްގައި ވައިގަދަވެ ވިއްސާރަވާނެއެވެ. ނަމަވެސް ފަހުކޮޅެއްދާއިރު ވާރޭ ވެހޭނީ ވަރަށް މަދުންނެވެ. ފުދޭވަރަކަށް ހޫނުގަދަވާނެއެވެ. ވައި ހުންނާނީ އެވްރެޖްކޮށް ގަޑިއަކު 12.96 ކިލޯމީޓަރުގައެވެ. އެވްރެޖްކޮށް 1.95 އިންޗިއަށް ވާރޭވެހޭނެއެވެ. އަވިދޭނީ އެވުރެޖްކޮށް 116.1 ގަޑިއިރެވެ. މި ނަކަތުގައި މަސްވެރިކަން ދަށްވާނެއެވެ.

ބުރުނު (22 އޭޕްރީލުން 05 މޭއަށް)

މާދަމާއިން ފެށިގެން ކުރިއަށް އޮތީ ހުޅަނގު މޫސުމުގެ ދެވަނަ ނަކަތް ބުރުނުއެވެ. މި ނަކަތް ފެށޭނީ ގަދަވަޔާއި ވިއްސާރައިންނެވެ. ވައިގަދަވުމުގެ ސަބަބުން ކަނޑުތައް ވެސް ވަރަށް ގަދަވާނެއެވެ. ނަމަވެސް ފަހަށް ދާވަރަކަށް ވައިމަޑުވެ އަވިގަދަވެ މޫސުން ރަނގަޅުވާނެއެވެ. މި ނަކަތަކީ ވައި އެނބުރޭ ނަކަތަކަށްވާތީ ވައިޖެހޭނީ އެކިފަހަރު އެކި ދިމާއިންނެވެ. ނަމަވެސް ޢާންމުގޮތެއްގައި ވައިޖެހޭނީ ހުޅަނގުންނެވެ. ވައި ހުންނާނީ ޢާންމުގޮތެއްގައި 18.52 ކިލޯމީޓަރު ބާރުމިނުގައެވެ. ވާރޭ ވެހޭ ނިސްބަތް ހުންނާނީ އެވްރެޖްކޮށް 2.59 އިންޗިއަށެވެ. އަވިދޭނީ އެވްރެޖްކޮށް 115.4 ގަޑިއިރުއެވެ. މި ނަކަތުގައި މަސްވެރިކަން އެހާ ރަނގަޅެއް ނުވާނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މޫސުން ލަފާކުރެވޭ ގޮތް: އާންމު ގޮތެއްގައި ރަނގަޅުވާނެޚަބަރު | 2 ގަޑިއިރު ކުރިންވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވަމުން ދާތީ، ފެން ހިންދުމުގެ މަސައްކަތަށް ސިފައިން ނުކުމެއްޖެޚަބަރު | 5 ދުވަސް ކުރިންމާދަމާ އިން ފެށިގެން މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެޚަބަރު | 6 ދުވަސް ކުރިންއަންގާރަ އަދި ބުދަ ދުވަހު ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ، އެކަމަކު މިއީ އެންމެ ހޫނުގަދަ އެއް މަސްޚަބަރު | 16 ދުވަސް ކުރިން