ބެކްޓީރިއާއަށް ޕޮސިޓިވްވި 5 ކުދިން ފަރުވާއަށް ބޭރަށް ފޮނުވަނީ!


02 މޭ 2025 - 05:22
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ ނިއުބޯން އިންޓެންސިވް ކެއަރ ޔުނިޓް (އެންއައިސީޔޫ) އިން ފެނުނު މަލްޓި ޑްރަގް ރެސިސްޓެންޓް އޯގަނިޒަމްސް (އެމްޑީއާރުއޯ) ކިޔާ ނުރައްކާތެރި ބެކްޓީރިއާއަށް ޕޮސިޓިވްވި 5 ކުއްޖަކު ފަރުވާއަށް ރާއްޖޭން ބޭރަށް ފޮނުވުމުގެ އިންތިޒާމު ހަމަޖައްސަމުން އަންނަ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.
އައިޖީއެމްއެޗުން ބުނީ އެންމެ ފުރަތަމަ އެ ބެކްޓީރިއާގެ ކޭސް އެއް ފެނުނީ މިދިޔަ މާޗުމަހުގެ 27ވަނަ ދުވަހު 28 ހަފުތާއަށް ވުރެ ކުރިން އުފަންވެގެން އެންއައިސީޔޫގައި ފަރުވާ ދެމުން ދިޔަ ކުއްޖެއްގެ ހަށިގަނޑުން ނެގުނު ސާމްޕަލަކުންކަމަށެވެ. މި ކޭސް އަށް ފަހު ނެގުނު އިތުރު ސާމްޕަލްތަކުން އިތުރު 4 ކުއްޖެއްގެ ގައިން މި ބެކްޓީރިއާ ފެނިވާކަމަށާއި އެކުދިންނަކީވެސް ވެންޓިލޭޓަރުގައި ފަރުވާދެމުންދިޔަ ކުދިންކަމަށް އައިޖީއެމްއެޗުން މައުލޫމާތުދެއެވެ.
ޖަރާސީމު އިތުރަށް ފެތުރުނަ ނުދިނުމަށް މި ހުރިހާ ކުދިން އައިސޮލޭޓުކޮށް އިންފެކްޝަން ކޮންޓްރޯލްކުރުމުގެ ފިޔަވަޅުތަކާއެކު ގާތުން ބަލަމުންދާކަމަށާއި އަވަހަށް އެޅިގެންދިޔަ ފިޔަވަޅުތަކުން އިންފެކްޝަން ފެތުރުން ހުއްޓުވިފައިވާކަމަށް ހޮސްޕިޓަލުން މައުލޫމާތުދެއެވެ.
މިދިޔަ މަހު 15ގެ ފަހުން އިތުރު ކޭސްއެއް ރިޕޯޓުކޮށްފައި ނުވާ ކަމަށާއި ބެކްޓީރިއާއަށް ޕޮސިޓިވްވި ފަސް ކުދިންނަށް ފަރުވާ ދެނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި އެކުގައި ކަމަށާއި އިތުރު ފަރުވާ ބޭނުންވާ ކުދިން ރާއްޖޭން ބޭރަށް ފޮނުވުމުގެ އިންތިޒާމުތައް ހަމަޖައްސަމުން އަންނަކަން ހޮސްޕިޓަލުން ވަނީ ފާހަގަކޮށްފައެވެ.
ހޮސްޕިޓަލުން އިތުރަށް މައުލޫމާތުދޭ ގޮތުގައި މާޗްމަހުގެ 27 އިން ފެށިގެން ޖުމްލަ 84 ނިއޯނޭޓަލް ކުދިންނަށް އެންއައިސީޔޫގައި ފަރުވާ ދެވި މިވަގުތު އެންއައިސީޔޫގައި 10 ކުދިންނަށް ދަނީ ފަރުވާ ދެމުންނެވެ.
ހޮސްޕިޓަލުން އިތުރަށް ބުނީ ހުރިހާ ބަލިމީހުންނާއި މުވައްޒަފުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިތުރު ރައްކާތެރިކަމުގެ ފިޔަވަޅުތައް ދަނީ އަޅަމުން ކަމަށެވެ.
އިތުރު ލިޔުންތައް

ޒަޚަމްތަކަކާއެކު މާލޭގެ ގެސްޓު ހައުސް އިން ފެނުނު މީހާގެ ހާލު ސީރިއަސް
8 މަސް ކުރިން
ލޯންޗް އެކްސިޑެންޓް: ފަރުވާއަށްފަހު 2 މީހުން ފިޔަވައި އެހެން އެންމެން ދޫކޮށްލައިފި
7 މަސް ކުރިން
އައިޖީއެމްއެޗުގައި އައިވީއެފް ހަދަން ފަށަން ތައްޔާރު
7 މަސް ކުރިން