logoEN
ޚަބަރު

މަސްވެރިންނަށް މިހާތަނަށް 1.59 ބިލިއަން ރުފިޔާ ދޫކުރެވިއްޖެ : ރައީސް

2023 ވަނަ އަހަރުގެ ޤައުމީ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވާހަކަފުޅުދައްކަވަމުން -- ފޮޓޯ: ރައީސް އޮފީސް

2023 ވަނަ އަހަރުގެ ޤައުމީ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވާހަކަފުޅުދައްކަވަމުން -- ފޮޓޯ: ރައީސް އޮފީސް

މަސްވެރިންނަށް މިހާތަނަށް 1.59 ބިލިއަން ރުފިޔާ ދޫކުރެވިއްޖެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވައި މިއަދު ރައޫސުލްޖުމްހޫރިއްޔާގެ ވިދާޅުވީ، މި ސަރުކާރުން ހަވާލުވި އިރު މަސްވެރިނަށް 250 މިލިއަން ރުފިޔާ ނުދައްކާ އޮތްކަމަށެވެ. މިކަމުގެ ސަބަބުން ޤަވައިދުން މަސްވެރިންނަށް ފައިސާ ދިނުމުގައި ލަސްތަކެއް އޭރު ހުރިނަމަވެސް ބޭންކް އޮފް މޯލްޑިވްސް، މިފްކޯ އަދި ފިނޭންސް މިނިސްޓްރީ އާއެކު ހެދުނު އެއްބަސްވުމުގެ ސަބަބުން ހުސްވި އަހަރުގެ ޑިސެމްބަރު މަހު 10 ވަނަ ދުވަހުން ފެށިގެން، މިއަދާއި ހަމައަށް އެންމެ ދުވަހެއްވެސް މެދުނުކެޑި ބަރާބަރަށް 48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް ފައިސާ ދެމުން އަންނަކަން އެމަނކިުފާނު ވަނީ ފާހަކަކުރައްވައިފައެވެ.

48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް ފައިސާ ދޭންފެށިފަހުން މިހާތަނަށް 488 މިލިއަން ރުފިޔާއަށް ވުރެ ގިނަ ފައިސާ ދޫކޮށްފައިވާކަމަށް ރައީސް ވަނީ ފާހަގަކުރައްވައިފައެވެ. އަދި މިހާތަނަށް ތެލުގެ އަދި އެހެނިހެން ސަބްސިޑީތަކާއެކު ޖުމްލަކޮށް މަސްވެރިންނަށް މިހާތަނަށް 1.59 ބިލިއަން ރުފިޔާ ދޫކުރެވިފައިވާކަމަށް އެމަނިކުފާނު ވަނީ ފާހަގަކުރައްވައިފައެވެ.

ކުރިއަށް އޮތްތަނުގައިވެސް މަސްވެރިންނަށް ބަރާބަރަށް ދުވަހުން ދުވަހަށް ފައިސާ ދޫކުރަމުން ގެންދަވާނެ ކަމަށް ވެސް ރައީސް ވިދާޅުވެފައެވެ.

ކޮމެންޓް

871x217_placeholder