logoEN
ޚަބަރު

އޮޑިދޯނި ފަހަރު ބަނުމަށް ލުއިލޯނު ދިނުމަށް ވަނީ ނިންމާފައި: ރައީސް

އޮޑިދޯނި ފަހަރު ބަނުމަށް ލުއިލޯނު ދިނުމަށް ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، އޮޑިދޯނިފަހަރު ބަނުން ނުވަތަ ބޯޓް ބިލްޑިންގ ދާއިރާއަށް ޚާއްސަކޮށްގެން ލޯނު ފެސިލިޓީއެއް ތައާރަފްކުރުމަށްޓަކައި ބޭނުންވާ އެއްބަސްވުން ޑްރާފްޓްކުރެވި، ބޭންކާއިއެކު އެއްބަސްވުން ފައިނަލައިޒް ކުރުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީން ކުރިއަށް ގެންދަވާކަމަށެވެ. އަދި މިއީ ދިވެހީންނަށް މަސައްކަތުގެ ދާއިރާއިން ހުރި ފުރުސަތުތައް ފުޅާކުރުމަށް އިސްކަންދީގެން، ދިވެހީންނަށް ހާއްސަ ވަކި ދާއިރާތަކެއް ކަނޑައަޅައި ފަށާފައިވާ ތިން އަހަރުގެ މުއްދަތުގެ މަޝްރޫއެއްގެ ތެރޭގައި ހިމެނޭ ކަމެއްކަން ފާހަގަ ކުރެއްވިއެވެ.

މި ދާއިރާތަކުގެ ތެރޭގައި އޮޑިދޯނިފަހަރު ބަނުމުގެ އިތުރުން، މާވަޑާމުގެ ދާއިރާއާއި، ހެއަރ ޑްރެސަރ އެންޑް ބިއުޓީޝަން، ރިޒޯޓު މިއުޒީޝަނުންނާއި ބޭންޑުތައް، ކަސްޓަމަރ ސަރވިސްއާއި، ހައުސްކީޕިންގ، ފްރަންޓު އޮފީސް އަދި އެޗްއާރު މެނޭޖަރގެ އިތުރުން، ޑައިވިންގ އިންސްޓްރަކްޓަރުންނާއި ޓުއަރ ގައިޑުން ހިމެނެއެވެ. މިއީ ގައުމީ އުފެއްދުންތެރިކަން އިތުރުކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ މުހިންމު ކަމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮމެންޓް

871x217_placeholder