logo
E-Platinum
ކުޅިވަރު

ރެއާލް މޮޅުވެ، ލީގުގެ ވާދަވެރިކަން ބޮޑުވެއްޖެ

އަބްދުﷲ ޣާނިމް
5 މޭ 2025 - 03:22
ރޭގެ މެޗުގެ ތެރެއިން. ފޮޓޯ: ރެއާލް މެޑްރިޑް
ރޭގެ މެޗުގެ ތެރެއިން. ފޮޓޯ: ރެއާލް މެޑްރިޑް

ސްޕެނިޝް ލަލީގާގައި ރޭ ސެލްޓަވީގޯ އާއި ދެކޮޅަށް ރެއާލް މެޑްރިޑް ކުޅުނު މެޗު 3-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، އެއްވަނައިގައި އޮތް ބާސެލޯނާ އާއި ދެމެދުވާ ފަރަގު ކުޑަކޮށްފިއެވެ. މި މޮޅުވުމާއެކު ރެއާލް މެޑްރިޑް މިހާރު އޮތީ 34 މެޗުން 75 ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގައެވެ. ބާސެލޯނާ އޮތީ 79 ޕޮއިންޓާއެކީގައެވެ.

މެޑްރިޑްގެ ސެންޓިއާގޯ ބަރނަބިއު ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ރެއާލްގެ އާދާ ގުލާ 33 ވަނަ މިނިޓުގައި ފުރަތަމަ ލަނޑު ޖެހިއެވެ. އޭގެ ފަހުން ކިލިއަން އެމްބާޕޭ ދެ ލަނޑު ޖަހައި، ރެއާލް މެޑްރިޑްގެ ލީޑު 3-0 އަށް ބޮޑުކުރިއެވެ. އެމްބާޕޭގެ ފުރަތަމަ ލަނޑު އައީ ޖޫޑް ބެލިންހަމްގެ އެސިސްޓަކުންނެވެ.

ނަމަވެސް ދެވަނަ ހާފުގައި ސެލްޓަވީގޯގެ ކުޅުން ރަނގަޅުވެ، ހަވީ ރޮޑްރިގޭޒް އާއި ވިލިއޮޓް ސްވެޑްބަރގް ޖެހި ދެ ލަނޑާއެކު މެޗުގެ ވާދަވެރިކަން އިތުރުވިއެވެ. މީގެ އިތުރުން ސެލްޓަވީގޯގެ ޕަބްލޯ ދުރާންއަށް މެޗުގެ ނަތީޖާ އެއްވަރުކުރުމުގެ ފުރުސަތެއްވެސް ލިބުނެވެ. ނަމަވެސް އޭނާގެ ހަމަލާ ރެއާލް މެޑްރިޑްގެ ކީޕަރު ޓިބާ ކޯޓުއާ ހުއްޓުވާލިއެވެ.

ލީގުގައިމިދެޓީމަށްވެސް ބަކީ އޮތީ ހަތަރު މެޗެވެ. ދެޓީމުގެ ވާދަވެރިކަން އިތުރުވެފައިވާ މިދަނޑިވަޅުގައި އަންނަ ހަފުތާގައި މި ދެ ޓީމު ބައްދަލުކުރާނެއެވެ. މެޗަކީ ލީގުގެ ނަތީޖާއަށް ވަރަށް ބޮޑު އަސަރެއް ކުރާނެ މެޗެކެވެ.

 

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރެއާލްގެ 10 ނަންބަރު ޖޯޒީ އެމްބާއްޕެއަށް ދީފައިވާކަން ކަށަވަރުކޮށްދީފިކުޅިވަރު | 4 ދުވަސް ކުރިންސްޕެއިން ރެފްރީ ފެޑެރޭޝަނަށް ބޮޑެތި ބަދަލުތަކެއް، އޭއައި ގެ ވެރިޔަކަށް މެޑްރިޑްގެ ވަފާތެރި ސަޕޯޓަރެއްކުޅިވަރު | 6 ދުވަސް ކުރިންރެއާލް މެޑްރިޑްގެ ޓްރާންސްފަރ ބުލީގެ ޝިކާރައަކަށްވެފައިވާ ލިވަޕޫލުން ބަދަލުހިފަން ނިކުންނަނީކުޅިވަރު | 8 ދުވަސް ކުރިންކޯޓުއާ މެޑްރިޑްގެ ކޮންޓްރެކްޓް އައުކުރުމަށް އެއްބަސްވެއްޖެ ކުޅިވަރު | 9 ދުވަސް ކުރިން