logoEN
ދުނިޔެ

އިސްރާއީލުގެ ހަމަލާތައް ޣައްޒާ، ޔަމަން، ސީރިއާ އަދި ލުބުނާނަށް

އާމިނަތު ސަފާއާމިނަތު ސަފާ

06 މޭ 2025 - 07:03

ޣައްޒާ، ޔަމަން، ސީރިއާ އަދި ލުބުނާނަށް އިސްރާއީލުން ވައިގެ ހަމަލާތަކެއް ދީފިއެވެ.

ޣައްޒާއަށް ދިން ހަމަލާތަކުގައި 54 މީހުން ޝަހީދުވެފައިވާއިރު ހިސާރުކޮށްފައި އޮތުމުން ސިއްހީ ސާމާނު އެތެރެކުރުމަށް ހުރަސްއެޅި ޣައްޒާގެ ސިއްހީ ހާލަތުވަނީ އެކީ އެކަށް ހުއްޓުމަކަށް އައިސްފައެވެ. އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އިސްރާއީލުން ހިފާފައިވާ ޣައްޒާގެ އައު ސަރަހައްދުތަކަށް 2 މިލިއަނަށްވުރެ ގިނަ ޔަހޫދީން ބަދަލުކުރާނެކަމަށް ބުނެފައެވެ. ޣައްޒާ ހިސާރުކޮށްފައި އޮންނަތާ މިހާރު 65 ދުވަސް ވަނީ ވެފައިއެވެ.މުޅި ގައްޒާއަށް ބަނޑުހައިހޫނުކަން ފެތުރިފައިވާ މި ދަނޑިވަޅުގައި ޔަހޫދީންވަނީ ހުޅަނގު އައްސޭރީގައި ހުރި ފަލަސްތީނު ރައްޔިތުންގެ ޒައިތޫނި ގަސްތައް ކަނޑާލާފައެވެ. މި ހަނގުރާމައިގައި ޣައްޒާއިން 52،567 މުސްލިމުން ޝަހީދުކޮށްލާފައިވާއިރު 118،610 މީހުން ވަނީ ޒަޚަމްވެފައެވެ.

މި ހަމަލާތައް ޔަހޫދީން ފުޅާކޮށްފައިވާއިރު ޔަމަން، ސީރިއާ އަދި ލުބުނާނަށްވެސް ޔަހޫދީން އަންނަނީ ހަމަލާތައް ދެމުންނެވެ.

އިސްރާއީލާ ގުޅިގެން އެމެރިކާ އިން ވެސް ދަނީ ޔަމަނަށް ބޮން އަޅަމުންނެވެ. މި ފަހުން ޔަމަނަށް މިހާ ވަރުގަދަ ހަމަލާތަކެއް ދެނީ އިސްރާއީލަށް އަމާޒުކޮށް ފޮނުވަމުންދާ މިސައިލް ހަމަލާތަކާ ގުޅިގެންނެވެ. މީގެތެރެއިން ބައެއް މިސައިލްތައް އިސްރާއީލްގެ ބެން ގޫރިއަން އެއާޕޯޓަށް އަމާޒުވެ އެއާޕޯޓުގެ ދަތުރުތައްވެސް ވަނީ މެދުކަނޑާލަންޖެހިފައެވެ.

ކޮމެންޓް

871x217_placeholder