logoEN
ޚަބަރު

އަހަރުގެ މިހާތަނަށް ގަވާއިދާ ހިލާފަށް އެތެރެކުރި 4000 އަށްވުރެ ގިނަ ގަސް ހިފެހެއްޓި

އާމިނަތު ސަފާއާމިނަތު ސަފާ

07 މޭ 2025 - 10:06

މިއަހަރުގެ ޖެނުއަރީމަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށް ގަވާއިދާ ހިލާފަށް އެތެރެކުރި 4000 އަށްވުރެ ގިނަ ގަސް ހިފެހެއްޓިފައިވާކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

އެވުޒާރާއިން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ ޖެނުއަރީމަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށް ރާއްޖޭން ބޭރުން، 3،8،69،648(ތިންމިލިއަން އަށްލައްކަ ފަސްދޮޅަސް ނުވަހާސް ހަސަތޭކަ ސާޅިސް އަށެއް) ގަސްގަހާއިގެއްސާއި، ގަހުގެ ބައިތައް ރާއްޖެ އެތެރެކޮށްފައިވެއެވެ.

މި ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މި މުއްދަތުގެ ތެރޭގައި ގަސްގަހާއި ގެއްސާއި ގަހުގެ ބައިތަކުގެ 405 ޝިޕްމެންޓް ވަނީ ރާއްޖެއަށް އެތެރެކޮށްފައެވެ.

މި ތަކެތީގެ ތެރެއިން ގަސްގަހާއިގެހި ރާއްޖެއެތެރެކުރުމަށް އޮންނަ ޤަވާއިދުތަކާއި ޚިލާފަށް 37 ޝިޕްމެންޓް ވަނީ ރާއްޖެއެތެރެކޮށްފައެވެ. އެއީ 4732 ގަސްގަހާގެއްސާއި ގަހުގެ ބައިތަކެވެ.

މިގޮތަށް ޤަވައިދާއި ޚިލާފަށް އެތެރެކުރި ޝިޕްމެންޓެގެ ތެރެއިން 2 ޝިޕްމެންޓެއް ވަނީ ލިޔެކިއުންތައް ހަމަކޮށްފަައެވެ. އެއީ 324 ގަސްގަހާގެއްސާއި ގަހުގެ ބައިތަކެވެ. އަދި ތަކެތި ނައްތާލުމުގެ އުސޫލުގެ ތެރެއިން 35 ޝިޕްމެންޓް ގެ ގަސްގަހާއިގެއްސާއި ގަހުގެ ބައިތައް ވަނީ ނައްތާލެވިފައެވެ. އެއީ 4408 ގަސްގަހާއިގެއްސާއި ގަހުގެ ބައިތަކެވެ.

ރާއްޖެއިން ބޭރުން މިގޮތަށް ގަސްގަހާއިގެއްސާއި ގަހުގެ ބައިތައް އެތެރެކުރާއިރު، ޤަވައިދުތަކާއި އުސޫލުތަކަށް ސަމާލުކަން ދިނުމަށް ވުޒާރާއިން އިލްތިމާސްކުރެއެވެ.

ކޮމެންޓް

871x217_placeholder