logoEN
ޚަބަރު

ބީއެމްއެލް ވިސާކާޑުން ވިޔަފާރިކޮށްގެން މެލޭޝިއާ ދަތުރެއް ލިބޭ ޕްރޮމޯޝަނެއް

އާމިނަތު ސަފާއާމިނަތު ސަފާ

07 މޭ 2025 - 12:09

ބީއެމްއެލް ވިސާކާޑުން ވިޔަފާރިކޮށްގެން 4 އާއިލާއަކަށް މެލޭޝިއާ ދަތުރު ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ބޭންކް އޮފް މޯލްޑިވްސް އިން ދޫކޮށްފައިވާ ވިސާކާޑުން ވިޔަފާރިކޮށްގެން ބީއެމްއެލް ޕީއޯއެސް މެޝިން މެދުވެރިކޮށް ފައިސާދައްކައިގެން އާއިލާއާއެކު މެލޭޝިއާއަށް ދަތުރެއް ލިބޭ ޕްރޮމޯޝަނެއް ފަށާފައިވާއިރު މި ޕްރޮމޯޝަނުގެ މުއްދަތުގައި ހަތަރު އާއިލާއެއް ހޮވާނެއެވެ.

މި ދަތުރުގައި ލިބޭ އިނާމަކީ މީހުންގެ ދެކޮޅު ޓިކެޓް، 4 ދުވަހުގެ ހުރުން ،4 ދަތުރުގައި ބޭނުންކުރުމަށް 500 ޑޮލަރެވެ.

ޕްރޮމޯޝަނުގެ މުއްދަތުގައި ޖުމްލަ 5،000 ރުފިޔާގެ ވިޔަފާރި ކުރުމުން މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެއެވެ. މި ޕްރޮމޯޝަން ކުރިއަށް ދާނީ 4 ޖޫންގެ ނިޔަލަށްކަމަށް ބީއެމްއެލްއިން މައުލޫމާތުދެއެވެ.

ކޮމެންޓް

871x217_placeholder