ތެލެސީމިއާ ސެންޓަރުގެ މަސައްކަތް ނިންމުން: ދިވެހި ސިފައިންނަށް ރައީސްގެ ޚާއްސަ ޝުކުރު

21 އޭޕްރީލް 2025: ސިފައިންގެ 133 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެެރިވެވަޑައިގަންނަވަނީ -- ފޮޓޯ: ރައީސް އޮފީސް
.jpg&w=3840&q=75)
08 މޭ 2025 - 06:53
ތެލެސީމިއާ ސެންޓަރު ހުޅުމާލެ އޮރެންޖު ހިޔާ އަށް ބަދަލުކުރުމަށް ސިފައިންނާ ހަވާލުކޮށްގެން ކުރި މަސައްކަތް ސިފައިން ނިންމާލުމާއެކު، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑރ. މުޙައްމަދު މުޢިއްޒު ސިފައިންނަށް ޝުކުރު އަދާކުރައްވާފައިއެވެ.
މާލޭގެ ދަމަނަވެށީގައި ހިންގާ ތެލެސީމިއާ ސެންޓަރު، ހުޅުމާލެ އޮރެންޖު ހިޔާއަށް ބަދަލުކުރުމަށް ނިންމީ ހުސްވި މާރިޗު މަހުގެ 23 ވަނަ ދުވަހު، ރައީސުލްޖުމްހޫރިއްޔާއެވެ. އެގޮތުން އެމަނިކުފާނު އެފަދައިން ނިންމެވީ ދަމަނަވެށީގައި ހިންގާ ސެންޓަރު ގިނަ ދުވަސްވެ ބައުވެ، އެތަނުގެ ޙާލަތު ދަށްވުމުގެ ސަބަބުންނެވެ. އެހެންކަމުން އޮރެންޖު ހިޔާގައި ތެލެސީމިއާ ސެންޓަރު ޤާއިމްކުރުމަށް ސިފައިންނާ ހަވާލުކުރުމަށް ރައީސް އެދުވަހު އެންގެވިއެވެ.
ތެލެސީމިއާ ސެންޓަރު ގާއިމްކުރާ އޮރެންޖް އިމާރާތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވި ޒިޔާރާތުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް
ގާތްގަޑަކަށް އެންމެ ދޮޅު މަސްދުވަހުގެ ތެރޭގައި އެތަނުގެ މަސައްކަތް ނިންމައި،ސިއްޚީ ވުޒާރާއާ މިއަދު ހަވާލުކޮށްފައިވާއިރު، ސިފައިން ވަނީ އެތަން ވަރަށް ޗާލުކޮށް އަދި އެތަން ބޭނުންކުރާ ފަރާތްތަކަށް ހިތްހަމަޖެހޭނެ ފަދައިން ހަދާފައެވެ.
އެގޮތުން އެތަނުގެ މަސައްކަތް ނިންމައި، އެތަން ވުޒާރާއާ ހަވާލުރިކަން އިއުލާންކުރުމުން ރައީސް ވަނީ ދިވެހި ސިފައިންނަށް ޝުކުރު އަދާކުރައްވާފައެވެ.
ހުޅުމާލޭގެ އޮރެންޖު ހިޔާގައި ތެލެސީމިއާ ސެންޓަރު ޤާއިމްކުރުމުގެ މަސައްކަތްކުރުމަށް ރައީސް މުޢިއްޒު އެންގެވިއިރު، އެމަނިކުފާނު ވަނީ މާރިޗު މަހުގެ 23 ވަނަ ދުވަހު މާލޭގެ ތެލެސީމިއާ ސެންޓަރަށް ޒިޔާރަތްކުރައްވައި އެތަނުގެ ތިބި ތެލެސީމިއާ ފަރުވާ ހޯދާ ފަރާތްތަކާއި، އެ ފަރާތްތަކުގެ އާއިލާތަކުގެ އިތުރުން އެތަނުގެ ވެރިންނާ ވެސް ބައްދަލުކުރައްވާފައެވެ.
އިތުރު ލިޔުންތައް

އެލްޖީއޭގެ ސީއީއޯއަކަށް ނިމާލް އައްޔަންކުރައްވައިފި
10 މަސް ކުރިން
ޒުވާނުންގެ ހިއްސާ އިތުރުކޮށްގެން ފަޚުރުވެރި ރާއްޖެއެއް ބިނާކުރެވޭނެ: ރައީސް
9 މަސް ކުރިން
ތަރައްޤީގެ ބިންގަލެއްގެ ގޮތުގައި، ދިރާސާކުރުމަށް ލޯބިކުރާ މުޖުތަމަޢެއް ބިނާކުރާނަން"
9 މަސް ކުރިން