logo
Bank of Maldives

Bank of Maldives

ކުޅިވަރު

ރޮކްޒީއިން އަލްޙާއީދާއި ގުޅުވާލައިގެން އެއްލައްކަ ރުފިޔާގެ ވާދެމުމުގެ މުބާރާތެއް

އަބްދުﷲ ޣާނިމް
9 މޭ 2025 - 04:51
އީދާ ގުޅުވައިގެން ބޭއްވި ވާދެމުމުގެ މުބާރާތެއްގެ ތެރެއިން
އީދާ ގުޅުވައިގެން ބޭއްވި ވާދެމުމުގެ މުބާރާތެއްގެ ތެރެއިން

ރޮކްޒީ ނުވަތަ ކުރީގެ ނަމުންނަމަ ގާމަގުން އިސްނަގައިގެން ސްޕޯރޓްސް މިނިސްޓްރީ އާއި އެޗް.ޑީ.ސީ އާއި ގުޅިގެން ކުރިޔަށް އޮތް އަލްޙާއީދުގައި ވާދެމުމުގެ މުބާރާތެއް ބާއްވަން ހަމަޖެހިއްޖެއެވެ. މިފަހަރުގެ މިމުބާރާތް ބާއްވަން ހަމަޖެހިފައިވަނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. އީދަށް ޚާއްސަކޮށްގެން ބާއްވާ މިމުބާރާތް ކުރިޔަށް ގެންދާނީ ކުޑަކުދިންގެ ޙާއްސަ ސްޓޯލްތަކާއި އެކި އުމުރުފުރާ ތަކަށް ބައިވެރިވެވޭ އެކިއެކި ހަރަކާތްތަކާއެކުގައެވެ.

މިމުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މިހާރު ފުރުސަތު ހުޅުވާލެވިފައިވާއިރު، މިމަހުގެ 25 ވަނަ ދުވަހާއި ހަމައަށް ރެޖިސްޓްރީވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެގޮތުން މިމުބާރާތުގައި ބައިވެރިވާން ބޭނުންވާ އަންހެން އަދި ފިރިހެން ޓީމުތަކުން ރޮކްޒީގެ ފޭސްބުކް ޕޭޖު މެދުވެރިކޮށް ގޫގަލް ލިންކް އިން ރެޖިސްޓްރީ ކުރެވޭނެއެވެ. މިމުބާރާތުގައި ބައިވެރިވާ ޓީމުތަކަކީ ރެޖިސްޓްރީ ވެފައިވާ ކުލަބަކަށް/ ޖަމިއްޔާއަކަށް ވާކަށް ނުޖެހޭނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމެއްގައި ހިމެނޭނީ 10 ކުޅުންތެރިންނާއި 4 އޮފިޝަލުންނެވެ.

މިމުބާރާތް އަންނަ ޖޫންމަހުގެ 7 ވަނަ ދުވަހުގައި ފަށަން ހަމަޖެހިފައިވާއިރު، މިމުބާރާތުގައި ބައިވެރިވާ ޓީމުތަކަށް ފައިސާގެ އިނާމްގެ ގޮތުގައި 100،000 ރުފިޔާގެ ފައިސާގެ އިނާމް ވަނީ ހުށަހަޅާފައެވެ.

މިމުބާރާތާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންވާނަމަ މިކަމަށް ޚާއްސަކުރެވިފައިވާ ހޮޓްލައިން ނަންބަރު 9770107 ނުވަތަ އެފަރާތުގެ އީމެއިލް rockzsportsclub@gmail.com އިން ލިބޭނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރޮކްޒީއިން އަލްޙާއީދާއި ގުޅުވާލައިގެން އެއްލައްކަ ރުފިޔާގެ ވާދެމުމުގެ މުބާރާތެއް ކުޅިވަރު | 9 މަސް ކުރިން