logoEN
ޚަބަރު

މާލެ ސަރަހައްދުގައި ކުޑަކުދިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފި

ހުސައިން ވަސީމްހުސައިން ވަސީމް

10 މޭ 2025 - 14:18

ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ގްރޭޓާ މާލޭގެ 7 ސަރަޙައްދެއްގައި ކުޑަކުދިންގެ ހަވީރުތައް މިއަދު ކުލަ ގަދަކޮށް ފަހަގކޮށްފި އެވެ.

ކުޑަކުދިންގެ ހަވީރު ފާހަގަ ކުރުމަށް ހަރަކާތްތައް ކުރިއަށް ގެންގޮސްފައި ވަނީ މާލެ ސަލްޓަން ޕާކާއި ޖުމްހޫރީ މައިދަނާއި ހުޅުމާލޭގެ ދެވަނަ ފިޔަވަހި ހިޔާ ޕާކާއި ހުޅުމާލޭ ސެންޓްރަލް ޕާކާއި ރަސްފަންނާއި ހެންވޭރު ދަނޑުގެ އިތުރުން ވިލިނގިލީގައި ހުންނަ މުޙްޔިއްދީން ސްކޫލުގަ އެވެ.މީގެ ތެރެއިން ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި ހަވީރަށް ރައީސުލްޖުމްހޫރިއްޔާއާއި އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަނީ ބައިވެރިވެވަޑައިގެން ކުޑަކުދިންނާއެކު ވަގުތުކޮޅެއް ހޭދަކުރައްވާފައެވެ.

undefined

ކުޑަކުދިންގެ ހަވީރަށް ޒިޔާރަތްކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެތަނުގައި ހުރި ސްޓޯލްތައް ބައްލަވައިލައްވައިފައެވެ. އަދި މި ހަވީރުގައި ދަރިވަރުންގެ ފަރާތުން ހުށަހަޅައިދިން ސްޓޭޖް ހަރަކާތްތައްވެސް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައްލަވައިލެއްވިއެވެ. މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ހަވީރުގައި ބައިވެރިވި ބައެއް ކުދިންނާއި، އެ ކުދިންގެ ޢާއިލާތަކާ، ބައްދަލުކުރައްވައިފައެވެ.

undefined

ހުރިހާ ސްކޫލަކަށް އެހީތެރިކަން ފޯރުކޮށްދެއްވައިގެން މި އަހަރުގެ ކުޑަކުދީންގެ ދުވަސް މިފަދަ ގޮތަކަށް ފާހަގަކުރުމުގެ މައިގަނޑު މަޤްޞަދަކީ، ދުވަހުގެ ހަރަކާތްތަކުގައި ކުދީންނާއިއެކު އެކުދީންގެ އާއިލާތަކަށްވެސް ބައިވެރިވެވޭ ގޮތަށް ދުވަހުގެ ހަރަކާތްތައް ކުރިއަށް ގެންދެވުމެވެ. މި ހަވީރު އިންތިޒާމު ކުރައްވާފައި ވަނީ، ކުޑަކުދިންނާ ގުޅޭ ޝައުގުވެރި، ތަޢުލީމީ ހަރަކާތްތަކާއި، މަޖާ ކުޅިވަރުތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއިވެސް އެކުގައެވެ.

undefined

ކޮންމެ އަހަރެއްގެވެސް މެއި މަހުގެ 10ވަނަ ދުވަސް، ދިވެހިރާއްޖޭގައި ފާހަގަކުރަނީ ކުޑަކުދިންގެ ދުވަހުގެ ގޮތުގައެވެ. ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނުގެ ރަސްމީ 'އެކްސް' އެކައުންޓުގައިވެސް ޕޯސްޓެއް ޙިއްޞާކުރައްވައިފައެވެ.

ކޮމެންޓް

871x217_placeholder