logo
E-Platinum
ކުޅިވަރު

ޔޫރަޕު ބިރުގަންނަވަން އައި މެޑްރިޑްއަށް ލަދުވެތި ސީޒަނެއް، ބާސާ ތަށި ނެގުމާ ގާތަށް

އަބްދުﷲ ޣާނިމް
11 މޭ 2025 - 18:14
ބާސާގެ ކުޅުންތެރިންމެޗަށްފަހު އުފާ ފާޅުކުރަނީ. ފޮޓޯ: ބާސެލޯނާ
ބާސާގެ ކުޅުންތެރިންމެޗަށްފަހު އުފާ ފާޅުކުރަނީ. ފޮޓޯ: ބާސެލޯނާ

ރެއާލް މެޑްރިޑް ވަރުގަދަކޮށް ފެށި އެލް ކްލެސިކޯ މެޗުގައި ބާސެލޯނާ ފަހަތުން އަރައި 4-3 އިން މޮޅުވެ، ލީގު ޗެމްޕިއަންކަމާ ގާތަށް ޖެހިލައިފި އެވެ. މިއީ ބާސެލޯނާ މި ސީޒަންގައި ރެއާލް މެޑްރިޑްގެ މައްޗަށް ގަދަވި ހަތަރުވަނަ މެޗެވެ. މިއާއެކު މިދިޔަ ސީޒަނުގައި 5 ތަށި ނެގި ރެއާލް މެޑްރިޑް އެމްބާއްޕެ އާއެކު ޔޫރަޕު ސިއްސުވާލާނެ ކަމުގެ އުއްމީދުގައި ނިކުމެ އެންމެ ތައްޓެއްވެސް މިސީޒަނުގައި ކާމިޔާބުކުރެވޭ ގޮތް ވަނީ ނުވެފައެވެ.

ރެއާލް މެޗު ފެށިގެން އައި ގޮތުން ސަޕޯޓަރުންގެ އުންމީދުތައް އުފުލުނެވެ. އެގޮތުން މެޗުގެ ފަސްވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުން ކިލިއަން އެމްބާޕޭ ލީޑު ނަގައިދިން އިރު، ނުވަ މިނިޓު ފަހުން އޭނާ ވަނީ ދެވަނަ ގޯލެއް ޖަހައި ރެއާލްގެ ސަޕޯޓަރުންނަށް އުއްމީދެއް ގެނެސްދީފައެވެ.

ނަމަވެސް ބާސެލޯނާ ވަނީ ފަހަތުން އަރައި ފުރަތަމަ ހާފު ނިމުމުގެ ކުރިން ހަތަރު ގޯލު ޖަހައި ރެއާލް ސިއްސުވާލައިފައެވެ. 19 ވަނަ މިނިޓުގައި އެރިކް ގާސިއާ ފަރަގު ކުޑަ ކޮށްދިން އިރު، 32 ވަނަ މިނިޓުގައި ލަމީން ޔަމާލް ވަނީ ސްކޯ އެއްވަރު ކޮށްދީފައެވެ. ބާސާގެ ފަހު ދެ ލަނޑު 34 ވަނަ މިނިޓާއި 45 ވަނަ މިނިޓުގައި ޖަހައިދިނީ ރަފީނިއާ އެވެ.

މެޗުގެ ދެވަނަ ހާފުގައި އެމްބާޕޭ އޭނާގެ ހެޓްރިކް ފުރިހަމަ ކުރި ނަމަވެސް، ރެއާލަށް މެޗުގެ ނަތީޖާ އަނބުރާ ނުލެވުނެވެ. ދެވަނަ ހާފުގައި ދެޓީމަށްވެސް ލަނޑު ޖަހާނެ ގިނަ ހުސް ފުރުސަތު ތަކެއް ލިބުނުނަމަވެސް އޭގެ ބޭނުންކުރެވޭގޮތެއް ނުވިއެވެ. މި ސީޒަނުގައި ބާސެލޯނާއިން ރެއާލް މެޑްރިޑްގެ މައްޗަށް ވަނީ ލީގުގެ ދެ މެޗާއި، ސްޕެނިޝް ކަޕާއި ސްޕެނިޝް ސުޕަ ކަޕްގެ ފައިނަލުން ވެސް މޮޅުވެފައެވެ.

މި މެޗުގެ ނަތީޖާއާ އެކު ބާސެލޯނާ މިވަނީ އެއްވަނައިގައި ހަތް ޕޮއިންޓްގެ ލީޑެއް ނަގައިފައެވެ. ކޮންމެ ޓީމަކަށް ވެސް ބާކީ ތިން މެޗު އޮތް އިރު، ބާސާ އެއްވަނައިގައި އޮތީ 35 މެޗުން 82 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް ރެއާލަށް ލިބިފައި ވަނީ 75 ޕޮއިންޓެވެ.

މިސީޒަނުގައި މިހާތަނަށް ބާސެލޯނާ ދެތަށި ނަގާފައިވާއިރު، ރެއާލް އަށް މިސީޒަނުގައި ހަމައެކަނި އޮތީ އަންނަ މަހުގެ 14 ގައި ފަށާ ކުލަބު ވޯލްޑްކަޕް އެކަންޏެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިނާކީ ޕެނާ ބާސާގެ އެއްބަސްވުން ނިމުމަކަށް ގެނައުމަށް މަޝްވަރާކުރަންފަށައިިފިކުޅިވަރު | ދުވަހެއް ކުރިންއަންނަ ސީޒަނުން ފެށިގެން ލަލީގާގެ ވީއޭއާރ ޤަވާއިދަށް ބޮޑެތި ބަދަލުތަކެއްކުޅިވަރު | 2 ދުވަސް ކުރިންސްޓެގެން އަތުން ކެޕްޓަން ބޭންޑް އަތުލަން ބާސާއިން ނިންމައިފިކުޅިވަރު | 6 ދުވަސް ކުރިންބާސާގެ ސްކޮޑުން އުނިކުރުމަށް ސްޓެގެން ދެކޮޅުހެދުމާއެކު، ރަޝްފޯޑާއި ގާސިއާ ރެޖިސްޓްރީ ކުރުމުގައި އިތުރު މައްސަލަތަކެއް ކުޅިވަރު | 7 ދުވަސް ކުރިން