logo
Bank of Maldives

Bank of Maldives

ކުޅިވަރު

އިނާކީ ޕެނާ ބާސާގެ އެއްބަސްވުން ނިމުމަކަށް ގެނައުމަށް މަޝްވަރާކުރަންފަށައިިފި

އަބްދުﷲ ޣާނިމް
30 ޖުލައި 2025 - 11:55
އިނާކީ މިސީޒަނުގައި ބާސެލޯނާ ދޫކޮށްލާނެކަމަށް ބެލެވޭ
އިނާކީ މިސީޒަނުގައި ބާސެލޯނާ ދޫކޮށްލާނެކަމަށް ބެލެވޭ

ބާސެލޯނާގެ ގޯލްކީޕަރު އިނާކީ ޕެނާ، ކްލަބާއެކު އޮތް އެއްބަސްވުން ނިމުމަކަށް ގެނައުމަށް މަޝްވަރާކުރަމުންދާ ކަމަށް ވަނީ ހާމަވެެއްޖެއެވެ. ކުރިޔަށް އޮތް ސީޒަނަށް ތައްޔާރުވުމަށް ބާސެލޯނާއިން އިތުރު ކީޕަރެއްގެ ސޮއި ހޯދާފައިވާއިރު، ޕެނާގެ އިތުރުން ބާސެލޯނާގައި ތިން ކީޕަރުން މިހާރު އެބަތިއްބެވެ.

ކްލަބުގެ ފުރަތަމަ ޓީމުގެ ގޯލްކީޕަރުންގެ ގޮތުގައި ޖުއާން ގާސިއާ އަދި ވޯޖެކް ޝްޗެސްނީ ހަމަޖެއްސުމަށް ރޭވިފައިވާއިރު، ތިންވަނަ ގޯލްކީޕަރެއްގެ ގޮތުގައި ޑިއެގޯ ކޮޗެން ބޭއްވުމަށް ވަނީ ނިންމާފައެވެ. ނަމަވެސް، ގާސިއާ އަދި ޝްޗެސްނީގެ ރަޖިސްޓްރޭޝަންގެ މައްސަލަ ހައްލުނުވެ އޮތުމާއެކު، މިވަގުތު ޕެނާއަކީ ޓީމުގައި ރަޖިސްޓަރީ ކުރެވިފައިވާ ހަމައެކަނި ފިޓް ގޯލްކީޕަރެވެ. މީގެ އިތުރުން ޓާ ސްޓެގެން ވެސް އަދިވެސް ހުރީ ބާސެލޯނާގެ ކުޅުންތެރިއެއްގެގޮތުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޕެނާއަށް ވަނީ ފާއިތުވި ސީޒަނުން ފެށިގެން ބާސާއިން އޭނާއަށް ޖާގައެއް ނެތްކަން އެނގިފައެވެ. ހާންސީ ފްލިކްގެ އެކުލަވާލުންތަކުގައި ޖެނުއަރީ މަހުން ފެށިގެން ޕެނާ ހިމެނިފައެއް ނުވެއެވެ. އޭނާގެ އެއްބަސްވުމުގައި އަދި އެއް އަހަރު ދުވަސް ބާކީ އޮތްއިރު، އޭނާގެ މުސާރައަކީ ސެލްޓާ ވީގޯ އަދި ސެވިއްޔާ ފަދަ ކްލަބުތަކަށް ގޮންޖެހުމަކަށްވެފައިވެއެވެ.

ސްޕެއިންގެ ކްލަބުތަކުން ބޭނުންވަނީ ޕެނާ ހިލޭ ޓްރާންސްފަރއެއްގެ ގޮތުގައި ގެނެސް، އެކަށީގެންވާ މުސާރައެއްގައި ފުރަތަމަ ގޯލްކީޕަރެއްގެ ގޮތުގައި ބޭނުންކުރާށެވެ. އަދި ގަލަޓަސަރޭއަށް ބަދަލުވުމަކީވެސް އޭނާއަށް އޮތް އެހެން ފުރުސަތެކެވެ.

މި މައްސަލައިގެ ކުރިއެރުން ލަސްވަމުންދިޔަ ނަމަވެސް، ޕެނާ ވަނީ ބާސާގެ އޭޝިއާ ދަތުރުގައި ބައިވެރިވެ، ޕްރޮފެޝަނަލްކޮށް ތަމްރީނުތަކުގައި ބައިވެރިވަމުންނެވެ. ރަޖިސްޓްރޭޝަންގެ މައްސަލަތައް ހައްލުވުމާއެކު، އޯގަސްޓް މަހުގެ ކުރީކޮޅު އޭނާގެ ޓްރާންސްފަރ ނިމޭނެ ކަމަށް ބެލެވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބާސެލޯނާ ބަނގުރުޓުން ސަލާމަތްވެ، ދުބާއީގައި ރިއަލް އެސްޓޭޓް މާކެޓަށްކުޅިވަރު | 2 ދުވަސް ކުރިންމިހާރު ކުރިޔަށްދާ އިންތިޚާބުގައި ލަޕޯޓާއަށް ނާކާމިޔާބުވެއްޖެނަމަ ފްލިކް ބާސާ ދޫކޮށްލަނީކުޅިވަރު | 2 ދުވަސް ކުރިންއަރައުހޯގެ ގޯލާއެކު ބާސެލޯނާގެ ފޭވަރިޓް މުބާރާތުގެ ސެމީއަށް ދަތުރުކޮށްފިކުޅިވަރު | 8 ދުވަސް ކުރިންޔަމާލްގެ ގޯލާއެކު ބާސާއިން ތާވަލުގެ އެއްވަނައިގައި ލީޑު ފުޅާކޮށްފިކުޅިވަރު | 11 ދުވަސް ކުރިން