logo
Bank of Maldives

Bank of Maldives

ކުޅިވަރު

ޖޮރެލް ހާޓޯގެ ސޮއި ހޯދުމަށް އަޔަކްސް އާއެކު ޗެސްލީއިން އެއްބަސްވުމަކަށް އަތުވެއްޖެ

އަބްދުﷲ ޣާނިމް
31 ޖުލައި 2025 - 02:59
ޖޮރެލް ހާޓޯގެ ސޮއި ހޯދުމަށް އަޔަކްސް އާއެކު ޗެސްލީއިން އެއްބަސްވުމަކަށް އަތުވެއްޖެ

ޗެލްސީއަށް ޖޮރެލް ހާޓޯ ގެނައުމަށް 37 މިލިއަން ޕައުންޑަށް އަޔަކްސް އާއެކު އެއްބަސްވުމަކަށް އަތުވެއްޖެއެވެ.

19 އަހަރުގެ ނެދަލޭންޑްސް ޑިފެންޑަރު ޗެލްސީއާއެކު 2032 ވަނަ އަހަރާ ހަމައަށް 7 އަހަރުގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭނާ މިހާރުވަނީ ލަންޑަނަށް ދަތުރުކޮށް މެޑިކަލް ޓެސްޓް ހެދުމުގެ ހުއްދަ ލިބިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހާޓޯއަކީ ލެފްޓް ބެކް އަދި ސެންޓަރު ބެކްގެ ޕޮޒިޝަންގައި ކުޅެން ކުޅަދާނަ ކުޅުންތެރިއެކެވެ. އޭނާ އަޔަކްސްގެ ސީނިއަރ ޓީމަށް ފުރަތަމަ ކުޅުނީ 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހުގައި 16 އަހަރާއި 335 ދުވަސް އުމުރުގައެވެ.

އޭނާ މިހާތަނަށް އަޖެކްސްއަށް 75 މެޗު ކުޅެފައިވާއިރު، 2023 ވަނަ އަހަރުންފެށިގެން ނެދަލޭންޑްސްގެ ސީނިއަރ ޓީމުންވެސް ހާޓޯއަށް ޖާގަލިބެމުންދެްއެވެ. އަޔަކްސްއިން ހާޓޯ ވިއްކާލަން ނިންމީ ވޭތުވެދިޔަ ދެ އަހަރު ޗެމްޕިއަންސް ލީގުގައި ނުކުޅެވުމުގެ ސަބަބުން ދަތިވެފައިވާ މާލީ ހާލަތު ރަނގަޅު ކުރުމަށެވެ.

ޗެލްސީން މި ސަމަރ ޓްރާންސްފަރގައި އިތުރު އެޓޭކިން ކުޅުންތެރިއަކު ގެނައުމަށް މަސައްކަތް ކުރަމުންދާއިރު، އާރްބީ ލައިޕްޒިގްގެ ޒަވީ ސިމޯންސްގެ އޭޖެންޓުންނާއެކު މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި ކްރިސްޓޯފަރ އެންކުންކު އަދި ނިކޮލަސް ޖެކްސަން ފަދަ ކުޅުންތެރިން ވިއްކާލުމަށްވެސް ކްލަބުން ވިސްނަމުންދެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރެކޯޑް އަދަދުތަކާއެކު ޕްރީމިއަރ ލީގު އަދި ލަލީގާގެ ޓްރާންސްފާ މާކެޓް ނިންމާލައިފިކުޅިވަރު | 4 ދުވަސް ކުރިންއާސެނަލް ދޫކޮށް މާޓިނެއްލީ އަލް ހިލާލް އަށްކުޅިވަރު | 4 ދުވަސް ކުރިންވޯލްޑްކަޕްގައި ވިދާލި ޒުވާން މޮރޮކޯގ މިޑްފީލްޑަރ އައްޔޫބް ބުއާޑީ މެންޗެސްޓަރ ސިޓީއަށް ސޮއިކޮށްފިކުޅިވަރު | 10 ދުވަސް ކުރިންޗެލްސީއިން ބޭނުންނުވެގެން އެއްލާލި ޖެކްސަން 65 މިލިޔަން ޕައުންޑަށް ވިލާއަށްކުޅިވަރު | 10 ދުވަސް ކުރިން