logo
E-Platinum
ކުޅިވަރު

ޒަކާ އެނބުރި ޕްރީމިއަރ ލީގަށް

އަބްދުﷲ ޣާނިމް
30 ޖުލައި 2025 - 12:23
ޒަކާ ސަންޑަރލޭންޑް އާއެކު ސޮއިކުރަނީ
ޒަކާ ސަންޑަރލޭންޑް އާއެކު ސޮއިކުރަނީ

ބަޔަރ ލެވަކޫސަންގެ މިޑްފީލްޑަރ ގްރެނިޓް ޒަކާ އެނބުރި ޕްރީމިއަރ ލީގަށް އައިސްފިއެވެ. އެގޮތުން ޒަކާ ވަނީ މިއަހަރު ލީގަށް ޕްރޮމޯޓުވި ސަންޑަލޭންޑާ އެކު 3 އަހަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ސަންޑަލޭންޑަށް ބަދަލުވުމަށްފަހު ޒަކާ ބުނެފައިވަނީ މި ކްލަބަށް ބަދަލުވެވުނު ކަމީ ވަރަށް ފަޚުރުވެރި ކަމެއް ކަމަށެވެ. އަދި ކްލަބާ އެކު ވާހަކަ ދެއްކުމަށްފަހު ކްލަބުގެ ހިތްވަރާއި، މެންޓަލިޓީ އަދި ކުޅުންތެރިންނާއި މުވައްޒަފުންގެ ފެންވަރު ފެނި ހިތްހަމަޖެހުނު ކަމަށެވެ.

"މިއީ އަހަރެން ބޭނުންވި ގޮތް. އަދި ވަރަށް ރަނގަޅު އިހުސާސެއް ކުރެވޭ. މި ކްލަބު ހުންނަންވާ ހިސާބަށް އަނބުރާ އައިސްފިން. އަދި އަމިއްލަ ތާރީޚެއް ލިޔަން މިތާ ތިބެން ބޭނުން،" ޒަކާ ބުނެފައިވެއެވެ.

އިތުރަށް ޒަކާ ބުނެފައިވަނީ އޭނާގެ ތަޖުރިބާއާއި ހުނަރުން ޓީމަށް އެހީތެރިވެދޭން ތައްޔާރަށް ހުރި ކަމަށެވެ. އަދި ދަނޑުގައި އެކުވެރިކަން ހޯދުމަކީ މައްސަލައަކަށް ނުވާނެ ކަމަށް އޭނާ ޤަބޫލުކުރާ ކަމަށެވެ.

ސްވިޒަލޭންޑްގެ މި މިޑްފީލްޑަރަކީ ޕްރީމިއަރ ލީގުގެ އާސެނަލްގައި ގިނަ ދުވަސްތަކެއް ހޭދަކުރުމަށްފަހު މީގެ ދެއަހަރުކުރިން ބަޔަރ ލެވަކޫސަންއަށް ބަދަލުވި ކުޅުންތެރިއެކެވެ. އޭނާގެ ތަޖުރިބާއާއި ހުނަރު ސަންޑަލޭންޑްގެ މިޑްފީލްޑް ވަރުގަދަ ކުރުމަށް މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ބެލެވެއެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޖޮރެލް ހާޓޯގެ ސޮއި ހޯދުމަށް އަޔަކްސް އާއެކު ޗެސްލީއިން އެއްބަސްވުމަކަށް އަތުވެއްޖެކުޅިވަރު | 10 ގަޑިއިރު ކުރިންޒަކާ އެނބުރި ޕްރީމިއަރ ލީގަށްކުޅިވަރު | ދުވަހެއް ކުރިންއިނާކީ ޕެނާ ބާސާގެ އެއްބަސްވުން ނިމުމަކަށް ގެނައުމަށް މަޝްވަރާކުރަންފަށައިިފިކުޅިވަރު | ދުވަހެއް ކުރިންޑޮނަރުމާގެ މުސްތަޤުބަލާމެދު ސުވާލުއުފެދިފައިވާ ދަނޑިވަޅެއްގައި ޕީއެސްޖީއިން ކީޕަރެއްގެ ސޮއިހޯދުމާގާތަށްކުޅިވަރު | 2 ދުވަސް ކުރިން