logo
Bank of Maldives

Bank of Maldives

ކުޅިވަރު

ޑޮނަރުމާގެ މުސްތަޤުބަލާމެދު ސުވާލުއުފެދިފައިވާ ދަނޑިވަޅެއްގައި ޕީއެސްޖީއިން ކީޕަރެއްގެ ސޮއިހޯދުމާގާތަށް

އަބްދުﷲ ޣާނިމް
29 ޖުލައި 2025 - 14:42
ޑޮނަރުމާގެ މުސްތަޤުބަލާމެދު ސުވާލުއުފެދިފައިވާ ދަނޑިވަޅެއްގައި ޕީއެސްޖީއިން ކީޕަރެއްގެ ސޮއިހޯދުމާގާތަށް

ޕީއެސްޖީ އިން ޖިއަންލުއިޖި ޑޮނަރުމާގެ މުސްތަގުބަލާމެދު ސުވާލު އުފެދިފައިވާ ދަނޑިވަޅެއްގައި، ލިލްގެ ގޯލްކީޕަރު ލޫކަސް ޝެވަލިއޭގެ ސޮއި ހޯދުމުގެ އެންމެހައި ކަންކަން ނިމިފައިވާކަމަށް ރިޕޯޓްތައް ލިބެންފަށައިފިއެވެ. މި ޑީލްގެ އަގަކީ 40 މިލިއަން ޔޫރޯ (34 މިލިއަން ޕައުންޑް) އެވެ.

23 އަހަރުގެ ޝެވަލިއޭ އާއެކު ފަސް އަހަރުގެ އެއްބަސްވުމަކަށް އައިސްފައިވާކަމަށްވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޝެވަލިއޭ އަކީ 2022 ގައި ޕްރޮފެޝަނަލް ފުޓްބޯޅައަށް ނުކުތް ފަހުން، ފްރާންސްގެ ލީގު 1 ގެ އެންމެ އިތުބާރުހުރި ގޯލްކީޕަރުންގެ ތެރެއިން އެކަކެވެ. މިދިޔަ ސީޒަންގައި ލިލްއާއެކު 48 މެޗު ކުޅެ، 13 މެޗެއްގައި ކްލީން ޝީޓް ހިފަހައްޓާފައިވެއެވެ. އޭނާގެ ބޯލް ޑިސްޓްރިބިއުޝަން ހުނަރަކީ ޕީއެސްޖީގެ ކޯޗު ލުއިސް އެންރިކޭގެ އޭނާ ކުލަބަށް ގެންނަން ނިންމި އެންމެ ބޮޑު ސަބަބެވެ.

ޕީއެސްޖީއިން އައު ކީޕަރެއްގެ ސޮއި ހޯދަނީ ފަސްޓް ޗޮއިސް ގޯލްކީޕަރު ޑޮނަރުމާގެ މުސްތަގުބަލާމެދު ސުވާލު އުފެދިފައިވާ ދަނޑިވަޅެއްގައެވެ. މިދިޔަ ސީޒަންގައި ރަނގަޅު ފޯމެއް ދައްކަމުން އައި ނަމަވެސް، އޭނާގެ ކޮންޓްރެކްޓް އައު ކުރުމުގެ މަޝްވަރާތަކާއި މުސާރައާ ގުޅޭ ގޮތުން ދެފަރާތުން އެއްބަސްވުމަކަށް ނާދެވި، ކޮންޓްރެކްޓް އައުކުރުން މިހާރު ވަނީ މަޑުޖެހިފައެވެ. ޑޮނަރުމާގެ ސޮއި ހޯދުމަށް ޗެލްސީ އާއި ޔުނައިޓެޑް މަސައްކަތް ކުރާކަމަށް އެކިފަރާތްތަކުން ވަނީ ހާމަކޮށްފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަޝްރަފް ހަކީމީއަށް އެފްރިކާގެ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑްކުޅިވަރު | 13 ގަޑިއިރު ކުރިންއެމްބާއްޕޭ އާއި ޕީއެސްޖީ މައްސަލައިގެ ހުކުމް ކޯޓުން އަންނަ ޑިސެމްބަރުގައި ކުރަނީކުޅިވަރު | 3 ދުވަސް ކުރިންރެއާލް މެޑްރިޑުން ރޮޑްރީގޯ ވިއްކާލަނީކުޅިވަރު | 10 ދުވަސް ކުރިންފޮނު އެރުވުމަށްފަހު ދަނޑަށް ނިކުތް ޔަމާލްއާއި ބާސާއަށް، ޕީއެސްޖީގެ ބެންޗުޓީމުން ފިލާވަޅެއް ނަގައިދީފިކުޅިވަރު | 2 މަސް ކުރިން