logo
Bank of Maldives

Bank of Maldives

ކުޅިވަރު

ބާސާގެ ސްކޮޑުން އުނިކުރުމަށް ސްޓެގެން ދެކޮޅުހެދުމާއެކު، ރަޝްފޯޑާއި ގާސިއާ ރެޖިސްޓްރީ ކުރުމުގައި އިތުރު މައްސަލަތަކެއް

އަބްދުﷲ ޣާނިމް
24 ޖުލައި 2025 - 18:16
ޓާ ސްޓަގަން
ޓާ ސްޓަގަން

ބާސެލޯނާގެ މެޑިކަލް ޓީމުން ބުނާ ގޮތުގައި ބުރަކަށީގެ އޮޕަރޭޝަނަށްފަހު ކީޕަރު ސްޓެގެން 4-5 މަސް ދުވަހުގެ މުއްދަތެއް ނަގާނެ ކަމަށް ބުނި ނަމަވެސް، ލަ ލީގާ ސްކޮޑުން އުނިކުރުމަށް މާކް-އަންދްރޭ ޓެރް ސްޓެގެން ދެކޮޅުހަދާ ކަމަށް ރިޕޯޓުކޮށްފިއެވެ.

ސްޓެގެން 4 މަހަށްވުރެ ގިނަ ދުވަހު ނުކުޅެވޭ ކަމަށްވާނަމަ، އެއީ ދިގު މުއްދަތުގެ އިންޖަރީއެއްގެ ގޮތުގައި ބެލެވޭނެއެވެ. އަދި މިހާލަތުގައި ކްލަބަށް އޭނާގެ މުސާރައިގެ 80 އިންސައްތަ ބޭނުންކޮށްގެން ޖޮއާން ގާސިއާއި ރަޝްފޯޑު ފަދަ އައު ކުޅުންތެރިން ރަޖިސްޓަރީ ކުރެވޭނެއެވެ. އަދި ކުލަބުން މިދެކުޅުންތެރިން ރެޖިސްޓްރީ ކުރުމުގައި ސްޓެގެންގެ މުސާރައިން އުނިވާބަޔަށް ވަރަށް ބޮޑަށް ބަރޯސާވުމަށް ޕްލޭންކުރެވިފައިވާކަމަށް ރިޕޯޓްތައް ލިބެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ނަމަވެސް، ޓެރް ސްޓެގެން ބުނެފައިވަނީ އޭނާއަށް ރަނގަޅުވާން 3 މަސް ދުވަހުގެ މުއްދަތެއް ނަގާނެ ކަމަށެވެ. މިއީ އޭނާ ސްކޮޑުން އުނިކުރުމަށް ބޭނުންނުވާކަން ދޭހަކޮށްދޭ ކަމެކެވެ. ކުޅުންތެރިންގެ އަނިޔާއާއި ގުޅޭ ޚަބަރު ގިނަފަހަރަށް އާންމުކުރަނީ ކުލަބުންނެވެ. އެހެންކަމުން ކުލަބުން ނިންމައިގެންތިބީ ސްޓެގެންގެ އަނިޔާ 4 މަސްދުވަސް ހޭދަވާނެކަމަށް ބަލައި، ލަލީގާގެ ގަވާއިދު ބުނާގޮތުން ކުޅުންތެރިޔާގެ އަނިޔާއަކީ ދިގު މުއްދަތުގެ އަނިޔާއެއްކަމަށް ނިންމައި، ސްޓެގެންގެ ނަން ރެޖިސްޓްރީއިން އުނިކޮށް އޭނާގެ މުސާރައިން ހުސްވާބައި، ރެޖިސްޓްރީ ކުރުމަށް ބޭނުންކުރުމަށެވެ. ނަމަވެސް މިފަހަރު ކުލަބުން 4 މަސްދުވަސް އިޢުލާން ކުރުމުގެ ކުރިން ސްޓެގެން ވަނީ އޭނާގެ އަނިޔާގެ މުއްދަތަކީ ތިން މަސްކަމުގައި މީޑިޔާތަކަށް ހާމަކޮށްފައެވެ. އެހެންކަމުން މިމައްސަލައިގައި ބާސެލޯނާގެ މެނޭޖްމަންޓުންވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ.

ޖަރުމަނު ގޯލްކީޕަރާއި ކްލަބާ ދެމެދު މި މައްސަލައިގައި ދެބަސްވުން އުފެދިފައިވާއިރު، މިވަގުތު ބާސެލޯނާގެ ލަ ލީގާ ސްކޮޑުގައި ހިމެނޭ ހަމައެކަނި ގޯލްކީޕަރަކީ އިނާކީ ޕެނާއެވެ. މިހާރުގައި އޮތްގޮތުން ލީގުގައި ކުޅެވޭނީވެސް ހަމައެކަނި އޭނާއަށެވެ. މިދިޔަ ސީޒަނުގައި ބާސެލޯނާގެ ގޯލުބެލެހެއްޓި ސިޒެސްނީ ކޮންޓްރެކްޓް އައުކުރިނަމަވެސް އޭނާވެސް އަދި ރެޖިސްޓްރީކުރެވޭގޮތެއް ނުވެއެވެ.

މި މައްސަލައިގައި ކްލަބާއި ޓެރް ސްޓެގެން ދެމެދު އެއްބަސްވުމަކަށް އާދެވޭނީ ކިހިނެއްތޯއާއި، މިކަމުގެ ސަބަބުން ކްލަބުގެ ކުރިއަށް އޮތް މުބާރާތްތަކަށް ކުރާނެ އަސަރާ މެދު ގިނަ ސަޕޯޓަރުންނެއް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ބާސެލޯނާއި މާލީ ދަތިތަކުން އަރައިގަންނަން ކޭމްޕް ނޫއަށް މި އަހަރުގެ އޯގަސްޓްގައި ބަދަލުވުމަށް ޕްލޭން ކުރެވުފައިވީނަމަވެސް، މިހާރު މިއަހަރުގެ ޑިސެމްބަރު މަހާއިހަމައަށްވެސް ކޭޕްނޫއަށް ބަދަލުވެވޭނެކަމުގެ މާބޮޑު އުއްމީދެއްނެތެވެ. އެހެންކަމުން މި ޓްރާންސްފާގައި ސޮއި ކުރާ ކުޅުންތެރިން ލަލީގާގައި ރެޖިސްޓްރީ ކުރުމަށް ބާސެލޯނާއަށް ވަނީ ބޮޑެތި ދަތިތަކާ ކުރިމަތިވެފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބާސެލޯނާގެ ލެޖެންޑުންކަމަށްވާ ބުސްކެޓް އަދި ޖޯޑީ އަލްބާ ފުޓްބޯޅައިން ރިޓަޔާކޮށްފިކުޅިވަރު | ދުވަހެއް ކުރިންމިޔަރުގެ ހެޓްރިކާއެކު ބާސެލޯނާ އެއްވަނައިގައި ބޮޑު ލީޑެއް ނަގައިފިކުޅިވަރު | 2 ދުވަސް ކުރިންފަހަތުން އަރައި އެތްލެޓިކޯ ބަލިކުރުމަށްފަހު ބާސެލޯނާ ތާވަލުގެ އެއްވަނައިގައި ލީޑު ފުޅާކޮށްފިކުޅިވަރު | 6 ދުވަސް ކުރިންލަމީން ޔަމާލްގެ މޮޅުކުލުމާއެކު ބާސެލޯނާ ތާވަލުގެ އެއްވަނައަށްކުޅިވަރު | 9 ދުވަސް ކުރިން