logo
Bank of Maldives

Bank of Maldives

ކުޅިވަރު

ފަހަތުން އަރައި އެތްލެޓިކޯ ބަލިކުރުމަށްފަހު ބާސެލޯނާ ތާވަލުގެ އެއްވަނައިގައި ލީޑު ފުޅާކޮށްފި

އަބްދުﷲ ޣާނިމް
3 ޑިސެމްބަރު 2025 - 05:06
ފަހަތުން އަރައި އެތްލެޓިކޯ ބަލިކުރުމަށްފަހު ބާސެލޯނާ ތާވަލުގެ އެއްވަނައިގައި ލީޑު ފުޅާކޮށްފި

ސްޕެނިޝް ލަލީގާގައި ރޭ އެތްލެޓިކޯ މެޑްރިޑް އާއި ދެކޮޅަށް ބާސާއިން ކުޅުނު މެޗުގައި އެތްލެޓިކޯ މެޑްރިޑުން ގޯލެއް ޖަހާފައިވަނިކޮށް ފަހަތުން އަރައި ތިން ގޯލު ޖަހައި، އެޓީމު ބަލިކުރުމަށްފަހު ތާވަލުގެ އެއްވަނައިގައި ލީޑު ފުޅާކޮށްފިއެވެ. މިމެޗު 3-1 ގެ ނަތީޖާއަކުން ބާސާ މޮޅުވެ، ލީގު ތާވަލުގެ އެއްވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ވަނީ ހޯދައިފި އެވެ.

ބާސެލޯނާގެ ސްޕޮޓިފައި ނޯ ކޭމްޕްގައި ސާޅީސް ފަސް ހާހަށްވުރެ ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ ފެށުގެ 19 ވަނަ މިނިޓުގައި އެތްލެޓިކޯގެ އެލެކްސް ބައޭނާ ވަނީ ލަނޑެއް ޖަހައި އެ ޓީމަށް ކުރި ހޯދައިދީފަ އެވެ. ނަމަވެސް، އެތްލެޓިކޯގެ ލީޑު ދެމިގެން ދިޔައީ އިރުކޮޅަކު އެވެ. މެޗުގެ 26 ވަނަ މިނިޓުގައި ބާސެލޯނާގެ ކެޕްޓަން ރަފީނިއާ ވަނީ ގޯލެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 1-1 އަށް ހަމަހަމަކޮށްފަ އެވެ. މީގެ ފަހުން ވެސް ބާސެލޯނާގެ ހަމަލާތައް ގިނަވެ، މެޗުގެ 65 ވަނަ މިނިޓުގައި ޑެނީ އޮލްމޯ ވަނީ ބާސެލޯނާއަށް ފުރަތަމަ ފަހަރަށް ލީޑު ނަގައިދީފަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ކުޅުމުގައި ބާސެލޯނާއަށް ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ފެރާން ޓޮރޭޒް އެވެ. އޭނާގެ މި ލަނޑާއެކު މެޗުގެ ނަތީޖާ 3-1 އަށް ބަދަލުވެ، ބާސެލޯނާގެ ކާމިޔާބީ ކަށަވަރުވިއެވެ. މިމެޗުގައި އެތްލެޓިކޯއަށްވެސް ލަނޑުޖަހާނެ ހުސް ފުރުސަތުތަލެއް ފަހުވެގެންދިޔަނަމަވެސް އެޓީމަށް ވަނީ މި ފުރުސަތުތަކުގެ ބޭނުން ނުކުރެވިފައެވެ.

މި ނަތީޖާ އާއިއެކު ބާސެލޯނާ އަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 15 މެޗުން ޖުމްލަ 37 ޕޮއިންޓު ލިބިފަ އެވެ. މިއީ ދެވަނައިގައި އޮތް ރެއާލް މެޑްރިޑަށް ވުރެ ހަތަރު ޕޮއިންޓުގެ ލީޑެކެވެ. ރެއާލް މެޑްރިޑް ވަނީ އެއް މެޗު މަދުން ކުޅެގެން 33 ޕޮއިންޓު ހޯދާފަ އެވެ. މި މެޗުން ބަލިވި އެތްލެޓިކޯ މެޑްރިޑް އޮތީ 15 މެޗުން 31 ޕޮއިންޓާއެކު ތާވަލުގެ ހަތަރުވަނައިގަ އެވެ. ލީގުގައި އެއްމެޗު މަދުން ކުލެފައިވާ ރެއާލް މެޑްރިޑް މިރޭ ނިކުންނާނީ އެތްލެޓިކް ބިލްބާއޯ އާއި ދެކޮޅަށެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަހަތުން އަރައި އެތްލެޓިކޯ ބަލިކުރުމަށްފަހު ބާސެލޯނާ ތާވަލުގެ އެއްވަނައިގައި ލީޑު ފުޅާކޮށްފިކުޅިވަރު | ގަޑިއިރެއް ކުރިންލަމީން ޔަމާލްގެ މޮޅުކުލުމާއެކު ބާސެލޯނާ ތާވަލުގެ އެއްވަނައަށްކުޅިވަރު | 4 ދުވަސް ކުރިންޕެރޭޒްއަށް ބާސެލޯނާގެ ރައީސްގެ ވަރުގަދަ ރައްދެއް، އަސްލު އެއްވަނައިގައި އޮންނަންޖެހޭނީ އަހަރެމެންކުޅިވަރު | 4 ދުވަސް ކުރިންކޭމްޕްނޫއަށް އެނބުރިއައި މެޗުގައި ބާސެލޯނާއިން ފެންވަރު ދައްކާލައި ތާވަލުގެ އެއްވަނައަށްކުޅިވަރު | 11 ދުވަސް ކުރިން