logo
Bank of Maldives

Bank of Maldives

ކުޅިވަރު

ޔަމާލުގެ ބިޓު ގެއްލުމާއެކު މިފަހަރުގެ ވެލަންޓައިންސް ޑޭ ގެ ހަދިޔާ މެޑްރިޑްގެ ސަޕޯޓަރުންނަށް ދީފި

އަބްދުﷲ ޣާނިމް
17 ފެބްރުއަރީ 2026 - 03:50
ޔަމާލުގެ ބިޓު ގެއްލުމާއެކު މިފަހަރުގެ ވެލަންޓައިންސް ޑޭ ގެ ހަދިޔާ މެޑްރިޑްގެ ސަޕޯޓަރުންނަށް ދީފި

ވެލަންޓައިންސް ޑޭ އާއި ދިމާކޮށް ބާސެލޯނާގެ ޒުވާން ކުޅުންތެރިޔާ ލަމީން ޔަމާލް ޕެނަލްޓީއެއް ގެއްލުވާލައި، ބާސެލޯނާ ބަލިވެ ރެއާލް މެޑްރިޑް ތާވަލުގެ އެއްވަނައަށް އަރައި އެޓީމުގެ ސަޕޯޓަރުން އުފާކޮށްދީފިއެވެ.

10 ކުޅުންތެރިންނާއެކު ކުޅުނު ޖިރޯނާ އަތުން ބާސެލޯނާ ބަލިވީ 2-1 އިންނެވެ. ރޭ ކުޅުނު މި މެޗުގެ 86 ވަނަ މިނެޓުގައި ފްރޭން ބެލްޓްރަން ކާމިޔާބުކުރި ލަނޑާއެކު، ހަންސީ ފްލިކްގެ ޓީމަށް ވަނީ ތަށި ހޯދުމުގެ ރޭހުގައި ބޮޑު ގޮންޖެހުމަކާ ކުރިމަތިލާން ޖެހިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ބާސެލޯނާއަށް ލީޑު ނެގުމަށް ރަން ފުރުސަތެއް ލިބުނެވެ. ޑެލީ ބްލައިންޑް، ޑެނީ އޮލްމޯއަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ ލަމީން ޔަމާލް ފޮނުވާލި ނަމަވެސް، އެ ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. ނަމަވެސް، 59 ވަނަ މިނެޓުގައި ޖޫލްސް ކޫންޑޭ ނަގައިދިން ހުރަހަކުން ޕައު ކުބާސީ ވަނީ ބާސެލޯނާއަށް ކުރި ހޯދައިދީފައެވެ.

ބާސެލޯނާގެ ލީޑު ދެމިއޮތީ އެންމެ ދެ މިނެޓަށެވެ. ވްލަޑިސްލާވް ވަނަޓް ތަނަވަސްކޮށްދިން ފުރުސަތަކުން ތޯމަސް ލެމާ ވަނީ ޖިރޯނާއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. މެޗުގެ ފަހުކޮޅު ޖިރޯނާގެ ކީޕަރު ޕައުލޯ ގަޒާނިގާ އާއި ބާސެލޯނާގެ ކީޕަރު ޖޯން ގާސިއާގެ ފަރާތުން މޮޅު ސޭވްތަކެއް ފެނިގެންދިޔައިރު، ދެ ޓީމުންވެސް ދިޔައީ ލަނޑެއް ޖެހުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ.

މެޗު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް، ބެލްޓްރަން ވަނީ ޖިރޯނާ މޮޅުކޮށްދިން ލަނޑު ޖަހާފައެވެ. މި ލަނޑު ޖެހުމުގެ ކުރިން ކްލައުޑިއޯ އެޗެވޭރީ، ކޫންޑޭއަށް ފައުލް ކުރި ކަމަށް ބާސެލޯނާގެ ކުޅުންތެރިން ޝަކުވާ ކުރި ނަމަވެސް، ވީއޭއާރު ބެލުމަށްފަހު ރެފްރީ ނިންމީ އެއީ ގޯލެއް ކަމަށެވެ. މެޗުގެ ފަހު ވަގުތު ޔަމާލްއަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން ޖިރޯނާގެ ރޮކާއަށް ރަތް ކާޑު ދެއްކި ނަމަވެސް، ބާސެލޯނާއަށް ނަތީޖާ އެއްވަރުކުރެވޭ ގޮތެއް ނުވިއެވެ.

މިވަގުތު މެޑްރިޑް ތާވަލުގެ އެއްވަނައިގައި އޮތީ ބާސެލޯނާއަށްވުރެ ދެޕޮއިންޓް ކުރީގައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޗެންޕިއަންސް ލީގުން ކެޓުމާއެކު ބާސާގެ ރައީސް އަދި ރަފީނިޔާ ހުރިހާ ރުޅިއެއް ޔުއެފާ އާއި ރެފްރީންނަށްކުޅިވަރު | 3 ދުވަސް ކުރިންޖެހިޖެހިގެން ތިންފަހަރު ކަޓައިގެންދިޔަ އެންމެ ޒުވާން ކުޅުންތެރިޔާގެ އެވޯޑް ހިފައިގެން ޔަމާލު ބާސާއާއެކު ގެޔަށްކުޅިވަރު | 3 ދުވަސް ކުރިންމިރޭގައި ކުޅޭ މެޗު ފެށުމުގެކުރިން ފްލިކް ޝަކުވާކުރަންފަށައިފި، މިފަހަރު ގޯސްވީ ދަނޑުގެ ވިނަގަނޑުކުޅިވަރު | 4 ދުވަސް ކުރިންޔަމާލުގެ މޮޅުކުޅުމާއެކު ޑާބީމެޗު ކާޟިޔާޞުކޮށް ލީގުގައި ނުވަޕޮއިންޓްގެ ބޮޑު ފަރަގެއްކުޅިވަރު | 6 ދުވަސް ކުރިން