logo
Bank of Maldives

Bank of Maldives

ކުޅިވަރު

ޗެންޕިއަންސް ލީގުން ކެޓުމާއެކު ބާސާގެ ރައީސް އަދި ރަފީނިޔާ ހުރިހާ ރުޅިއެއް ޔުއެފާ އާއި ރެފްރީންނަށް

އަބްދުﷲ ޣާނިމް
15 އޭޕްރީލު 2026 - 13:49
ޗެންޕިއަންސް ލީގުން ކެޓުމާއެކު ބާސާގެ ރައީސް އަދި ރަފީނިޔާ ހުރިހާ ރުޅިއެއް ޔުއެފާ އާއި ރެފްރީންނަށް

ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ބާސެލޯނާ ކެޓުމާ ގުޅިގެން އެ ކްލަބުގެ ރައީސް ޔޮއާން ލަޕޯޓާ ރެފްރީންގެ ނިންމުންތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެއްޖެއެވެ. އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު ދެ ލެގުގައި ވެސް ރެފްރީންގެ ނިންމުންތައް ހުރީ ބާސެލޯނާއަށް ގެއްލުންވާ ގޮތަށް ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

ލަޕޯޓާ ވިދާޅުވީ އިއްޔެގެ މެޗުގައި ދަނޑުމަތީގެ ރެފްރީ އާއި ވީއޭއާރުގެ ނިންމުންތަކަކީ ލަދުވެތި ނިންމުންތަކެއް ކަމަށެވެ. "އިއްޔެގެ ރެފްރީންގެ ނިންމުންތަކަކީ ލަދުވެތި ކަމެއް. އަހަރެމެންނަށް އެ ކުރި ކަންތައްތަކަކީ ކެތްކުރެވޭނެ ކަންތައްތަކެއް ނޫން. ފުރަތަމަ ލެގުގައި ވެސް ސާފު ޕެނަލްޓީއެއް ނުދީ، ރީނދޫ ކާޑެއް ދައްކަންޖެހޭ ފަދަ ކަމެއްގައި އަހަރެމެންގެ ކުޅުންތެރިއަކަށް ރަތް ކާޑު ދައްކާ ފޮނުވާލި،" ލަޕޯޓާ ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޗުގެ ވަކިވަކި ހާދިސާތަކަށް އަލިއަޅުއްވާލައްވަމުން ލަޕޯޓާ ވިދާޅުވީ އެރިކް ގާސިއާ އަކީ އެންމެ ފަހު ކުޅުންތެރިޔާ ނޫން ކަމަށާއި، ކޫންޑޭއަށް އެ ބޯޅައަށް އެރޭނެ ކަމަށެވެ. ރެފްރީ ފުރަތަމަ ދެއްކި ރީނދޫ ކާޑަކީ ރަނގަޅު ނިންމުމެއް ކަމަށާއި ނަމަވެސް ވީއޭއާރުން އެ ނިންމުން ބަދަލުކުރުވީ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ފެރާންގެ ގޯލާއި، އޮލްމޯއަށް ކުރި ފައުލަކީ ޕެނަލްޓީއެއް ކަމަށާއި، ފާމިންގެ މޫނުމަތި ކަފައިގެން ދިޔައިރުވެސް ކާޑެއް ނުދެއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

މި މައްސަލައިގައި ރަސްމީކޮށް ޝަކުވާ ހުށަހެޅުމުން އެކަން ބަލައިނުގަތުމުން ލަޕޯޓާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވީ ބާސެލޯނާއިން މިހާރު މަސައްކަތް ކުރަމުންދަނީ އެ ޝަކުވާ ބަލައިނުގަތް ސަބަބު ހޯދުމަށް ކަމަށާއި، ކްލަބުގެ ނައިބު ރައީސް ޔޫސްޓޭ ވިދާޅުވި ގޮތުގައި އަދި އެއްފަހަރު ޝަކުވާ ހުށަހަޅާނެ ކަމަށެވެ.

ނިންމާލަމުން ލަޕޯޓާ ވިދާޅުވީ ރެފްރީން ބާސެލޯނާއަށް އެހީތެރިވާ ކަމަށް ބުނާ މީހުންނަކީ ލަދުހެއް ނެތް ބައެއް ކަމަށެވެ. "އެމީހުން ޖެހޭނީ މި ޗެމްޕިއަންސް ލީގުގެ މެޗުތަކަށް ބަލާލަން. މިއީ ލަދުވެތި ކަމެއް، އަދި އެއްވެސް މީހަކު މިކަން ގަބޫލެއް ނުކުރާނެ،" ލަޕޯޓާ ވިދާޅުވިއެވެ.
މީގެ އިތުރުން ރޭގެ މެޗު ނިމުމާއެކު ބާސެލޯނާގެ ވައިސް ކެޕްޓަން ރަފީނިޔާ ވަނީ ރޭގެ މެޗަކީ Robberry އެއް ކަމަށް ބުނެ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. ރަފީނިޔާގެ މިވާހަކަތަކާއެކު އޭނޭއާއި މެދު ޔުއެފާއިން ފިޔަވަޅުއަޅާނެކަމަށް ރިޕޯރޓްތައް ލިބެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޗެންޕިއަންސް ލީގުން ކެޓުމާއެކު ބާސާގެ ރައީސް އަދި ރަފީނިޔާ ހުރިހާ ރުޅިއެއް ޔުއެފާ އާއި ރެފްރީންނަށްކުޅިވަރު | 6 ދުވަސް ކުރިންޖެހިޖެހިގެން ތިންފަހަރު ކަޓައިގެންދިޔަ އެންމެ ޒުވާން ކުޅުންތެރިޔާގެ އެވޯޑް ހިފައިގެން ޔަމާލު ބާސާއާއެކު ގެޔަށްކުޅިވަރު | 6 ދުވަސް ކުރިންމިރޭގައި ކުޅޭ މެޗު ފެށުމުގެކުރިން ފްލިކް ޝަކުވާކުރަންފަށައިފި، މިފަހަރު ގޯސްވީ ދަނޑުގެ ވިނަގަނޑުކުޅިވަރު | 7 ދުވަސް ކުރިންޔަމާލުގެ މޮޅުކުޅުމާއެކު ޑާބީމެޗު ކާޟިޔާޞުކޮށް ލީގުގައި ނުވަޕޮއިންޓްގެ ބޮޑު ފަރަގެއްކުޅިވަރު | 9 ދުވަސް ކުރިން