logo
MPL

MPL

ކުޅިވަރު

ޖެހިޖެހިގެން ތިންފަހަރު ކަޓައިގެންދިޔަ އެންމެ ޒުވާން ކުޅުންތެރިޔާގެ އެވޯޑް ހިފައިގެން ޔަމާލު ބާސާއާއެކު ގެޔަށް

އަބްދުﷲ ޣާނިމް
15 އޭޕްރީލު 2026 - 03:15
ޖެހިޖެހިގެން ތިންފަހަރު ކަޓައިގެންދިޔަ އެންމެ ޒުވާން ކުޅުންތެރިޔާގެ އެވޯޑް ހިފައިގެން ޔަމާލު ބާސާއާއެކު ގެޔަށް

ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ދެވަނަ ލެގުގައި ބާސެލޯނާގެ މައްޗަށް ކުރި ހޯދައި، އެގްރިގޭޓް 3-2 ގެ ނަތީޖާއަކުން އެތުލެޓިކޯ މެޑްރިޑް މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ. އަންގާރަ ދުވަހުގެ ރޭ ކުޅުނު މި މެޗު ބާސެލޯނާ އިން 2-1 އިން ކާމިޔާބު ކުރި ނަމަވެސް، ފުރަތަމަ ލެގުގައި އެތުލެޓިކޯ އިން ހޯދާފައިވާ 2-0 ގެ ކުރިއެރުމާއެކު އެޓީމަށް ވަނީ ކުރި ލިބިފައެވެ.

މެޗުގެ ވަރަށް ކުރީކޮޅު ބާސެލޯނާ އިން ވަނީ ލަނޑެއް ޖަހައި އުންމީދު އާކޮށްފައެވެ. ފެރާން ޓޮރޭޒް ތަނަވަސްކޮށްދިން ފުރުސަތަކުން ލަމީން ޔަމާލް ވަނީ މެޗުގެ 4 ވަނަ މިނެޓުގައި ލަނޑު ޖަހައި ބާސެލޯނާ އަށް ލީޑު ނަގައިދީފައެވެ. މިއީ 2018 ވަނަ އަހަރު ލިއޮނަލް މެސީ ޗެލްސީ ކޮޅަށް ޖެހި ލަނޑަށް ފަހު، ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް ބުރުގައި ބާސެލޯނާ އިން ޖެހި އެންމެ އަވަސް ލަނޑެވެ. މީގެ އިތުރުން ޔަމާލް ވެފައިވަނީ މި މުބާރާތުގެ ތާރީޚުގައި 20 ގޯލް ކޮންޓްރިބިއުޝަން ހަމަކުރި އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ބާސެލޯނާ އިން މެޗުގެ 24 ވަނަ މިނެޓުގައި ދެވަނަ ލަނޑެއް ޖަހައި އެގްރިގޭޓް ނަތީޖާ ހަމަހަމަ ކުރިއެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފެރާން ޓޮރޭޒްއެވެ. ނަމަވެސް، މެޗުގެ 31 ވަނަ މިނެޓުގައި އެތުލެޓިކޯގެ މާކޯސް ލޮރެންޓޭ ތަނަވަސްކޮށްދިން ފުރުސަތަކުން އަޑެމޯލާ ލުކްމަން ވަނީ އެޓީމަށް މުހިންމު ލަނޑެއް ކާމިޔާބުކޮށްދީ އަލުން އެގްރިގޭޓް ލީޑު ހޯދައިދީފައެވެ.

މެޗުގެ ފަހުކޮޅު ބާސެލޯނާ އަށް މައްސަލަތައް ކުރިމަތިވީ 79 ވަނަ މިނެޓުގައި އެރިކް ގާސިއާ އަށް ދެއްކި ރަތް ކާޑާއެކުގައެވެ. ބަދަލު ކުޅުންތެރިޔާ އެލެކްސެންޑަރ ސޯލޮތް އަށް ކުރި ފައުލަކާ ގުޅިގެން ވީއޭއާރު ބެލުމަށްފަހު ގާސިއާ އަށް ރަތް ކާޑު ދެއްކުމުން ބާސެލޯނާ އިން މެޗު ނިންމާލަން ޖެހުނީ 10 ކުޅުންތެރިންނާއެކުގައެވެ. މިއީ ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް ބުރެއްގެ ދެ ލެގުގައި ވެސް ބާސެލޯނާގެ ކުޅުންތެރިއަކަށް ރަތް ކާޑު ދެއްކި ފުރަތަމަ ފަހަރެވެ.

މެޗުގެ ފަހު ވަގުތުކޮޅު ނަތީޖާ ހަމަހަމަކޮށް މެޗު އިތުރު ވަގުތަށް ގެންދަން ރޮނާލްޑް އަރައުހޯ އަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް، އޭނާ ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ މަތިން ބޭރަށެވެ. ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް ވަނީ ގާސިއާ އަށް ދެއްކި ރަތް ކާޑަކީ މެޗުގެ ނަތީޖާ ބަދަލުވެގެންދިޔަ މައިގަނޑު ސަބަބު ކަމަށް ބުނެ ނުރުހުން ފާޅުކޮށްފައެވެ.
މި ބައްޔާއެކު ބާސެލޯނާ ޖެހިޖެހިގެން 11 އަހަރު ޗެންޕިއަންސް ލީގު ތަށްޓެއް ނުލިބި މުބާރާތުން ކަޓާފައިޥާއިރު، އެންމެ ޒުވާންކަމުގެ ގިނަ އެވޯޑްތަކެއް ހޯދާފައިވާ ޔަމާލް ވަނީ ޖެހިޖެހިގެން ތިންއަހަރު ޗެންޕިއަންސް ލީގުން ކެޓި އެންމެ ޒުވާން ކުޅުންތެރިޔާގެ އެވޯޑްވެސް ހޯދާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަލް އަހްލީ ބަލިކޮށް ބާސެލޯނާއިން ހުއާން ގާމްޕާ ޓްރޮފީ ކާމިޔާބުކޮށްފިކުޅިވަރު | 3 ދުވަސް ކުރިންޖޮއާއޯ ކަންސެލޯ ތިންވަނަ ފަހަރަށް އެނބުރި ބާސެލޯނާއަށްކުޅިވަރު | 7 ދުވަސް ކުރިންޗެންޕިއަންސް ލީގު ކާމިޔާބުކުރުމަށް ފެރާން ޓޮރޭސް ބާސެލޯނާ ދޫކޮށް ޕީއެސްޖީއަށްކުޅިވަރު | 8 ދުވަސް ކުރިންދާއިމީކޮށް ސޮއިކުރާނެކަމުގެ ފޮނިހުވަފެންތަކާއެކު ބާސާއަށްދިޔަ ރަޝްފޯޑު އުނބަށްޖަހައި އެނބުރި ޔުނައިޓެޑްއަށްކުޅިވަރު | 14 ދުވަސް ކުރިން