logo
Bank of Maldives

Bank of Maldives

ކުޅިވަރު

ޔަމާލުގެ މޮޅުކުޅުމާއެކު ޑާބީމެޗު ކާޟިޔާޞުކޮށް ލީގުގައި ނުވަޕޮއިންޓްގެ ބޮޑު ފަރަގެއް

އަބްދުﷲ ޣާނިމް
12 އޭޕްރީލު 2026 - 03:12
ޔަމާލުގެ މޮޅުކުޅުމާއެކު ޑާބީމެޗު ކާޟިޔާޞުކޮށް ލީގުގައި ނުވަޕޮއިންޓްގެ ބޮޑު ފަރަގެއް

ލަލީގާގައި ހޮނިހިރު ދުވަހު ކުޅުނު ފޯރިގަދަ މެޗުގައި ފެރާން ޓޮރޭޒް އާއި ލަމީން ޔަމާލްގެ މޮޅު ކުޅުމާއެކު، ބާސެލޯނާއިން 4-1 ގެ ނަތީޖާއަކުން އެސްޕަންޔޯލް ބަލިކޮށްފިއެވެ. މި މޮޅާއެކު ބާސެލޯނާއިން ވަނީ ވާދަވެރި ރިއަލް މެޑްރިޑަށްވުރެ ނުވަ ޕޮއިންޓު އިތުރަށް ހޯދައި، ތާވަލުގެ އެއްވަނައިގައި ލީޑު ފުޅާކޮށްފައެވެ.

މެޗުގެ ފުރަތަމަ ލަނޑު ނުވަވަނަ މިނެޓުގައި ކާމިޔާބުކުރީ ފެރާން ޓޮރޭޒްއެވެ. މިއީ ޔަމާލް ނަގައިދިން ކޯނަރަކުން އޭނާ ބޮލުން ޖަހައި ކާމިޔާބުކުރި ލަނޑެކެވެ. އޭގެ 15 މިނެޓު ފަހުން، ޔަމާލް ދިން މޮޅު ބޯޅައަކުން ފެރާން ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައި ބާސެލޯނާއަށް ލީޑު ފުޅާކޮށްދީފައެވެ. މީގެ އިތުރުން ޔަމާލް ފޮނުވާލި ހިލޭ ޖެހުމެއް ގޯލުގެ މަތީ ދާގަނޑަށް އަމާޒުވިއިރު، އެރިކް ގާސިއާ ފޮނުވާލި ބާރު ހަމަލާއެއް އެސްޕަންޔޯލްގެ ކީޕަރު މާކޯ ޑްމިޓްރޮވިޗް ވަނީ ދިފާއުކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދެވަނަ ހާފުގައި އެސްޕަންޔޯލުން ކުޅުން ރަނގަޅުކޮށް، 56 ވަނަ މިނެޓުގައި ޕޯލް ލޮޒާނޯ ވަނީ ލަނޑެއް ޖަހައި ފަރަގު ކުޑަކޮށްފައެވެ. ނަމަވެސް މެޗުގެ ފަހުކޮޅު ބާސެލޯނާއިން ވަނީ އިތުރު ދެ ލަނޑު ޖަހާފައެވެ. އެގޮތުން 87 ވަނަ މިނެޓުގައި ޔަމާލް ލަނޑެއް ޖެހިއިރު، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި މާކަސް ރަޝްފޯޑް ވަނީ ފްރެންކީ ޑި ޔޮންގްގެ އެހީތެރިކަމާއެކު ޓީމުގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ.

މި މެޗަކީ ޒުވާން ކުޅުންތެރިޔާ ލަމީން ޔަމާލްއަށް ތާރީޚީ މެޗެކެވެ. އޭނާ ވެފައިވަނީ ލަލީގާގައި 100 މެޗު ހަމަކުރި އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ. ޔަމާލް މި ޝަރަފު ހޯދީ 18 އަހަރާއި 272 ދުވަހުގައެވެ. މީގެ ކުރިން މި ރެކޯޑް އޮތީ ރައުލް ގޮންޒަލޭޒް އަތުގައެވެ.

ބާސެލޯނާގެ ކޯޗު ހަންސީ ފްލިކްވެސް ވަނީ މި މެޗާއެކު ތާރީޚުން ޖާގަ ހޯދާފައެވެ. އޭނާ ވެފައިވަނީ 'ޑާބީ ބާސެލޯނީ' ގައި ކުޅުނު ފުރަތަމަ ހަތަރު މެޗުންވެސް މޮޅުވި ދެވަނަ ކޯޗަށެވެ. މީގެ ކުރިން މި ކާމިޔާބީ ހޯދާފައިވަނީ 1958 އާއި 1960 އާ ދެމެދު ހެލީނިއޯ ހެރޭރާއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޔަމާލުގެ މޮޅުކުޅުމާއެކު ޑާބީމެޗު ކާޟިޔާޞުކޮށް ލީގުގައި ނުވަޕޮއިންޓްގެ ބޮޑު ފަރަގެއްކުޅިވަރު | ގަޑިއިރެއް ކުރިންނެގްރެއިރާ ރިޝްވަތުގެ ތުހުމަތުކުރެވިފައިވާ ބާސާ ޗެންޕިއަންސްލީގުން ކެޓުމުގެ ބިރާއެކު ރެފްރީންގެ މައްސަލަހިފައިގެން ޔުއެފާއަށްކުޅިވަރު | 2 ދުވަސް ކުރިންބާސެލޯނާގެ އަމިއްލަ ދަނޑުގައި އެތްލެޓިކޯއަތުން ހިތިގޮތަކަށް ބަލިވެ ޗެންޕިއަންސް ލީގުން ކެޓުމުގެ ބިރުހީވެއްޖެކުޅިވަރު | 3 ދުވަސް ކުރިންބާސާމެޗުގައި ރަތް ކާޑު ނުދެއްކުމަކީ ހެދުނު ގޯހެއް ކަމަށް ސްޕެއިންގެ ރެފްރީންގެ ކޮމިޓީން އެއްބަސްވެއްޖެކުޅިވަރު | 4 ދުވަސް ކުރިން